އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދޭން އެމެރިކާއިން އެއްބަސްވެއްޖެއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ އިގްތިސާދަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާ އިރު އަފްޣާނިސްތާނަށް ވެސް ވަނީ އޭގެ އަސަރު ކޮށްފައެވެ. އަފްޣާނިސްތާނާއި އެމެރިކާއިން ކުރި މަޝްވަރާތަކުގެ ތެރެއިން މިހާރު މިވަނީ އަފްޣާނިސްތާނަށް އެމެރިކާގެ އެހީ ލިބޭގޮތް ވެފައެވެ.

އެހީ ދިންކަމުގައި ވިޔަސް އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުންގެ ސަރުކާރު ބަލައިނުގަންނާނެ ކަމަށް އެމެރިކާއިން ބުނެއެވެ. ތާލިބާނުން އަފްޣާނިސްތާނަށް އަތްގަދަކޮށްފައި ވަނީ އޮގަސްޓް 15 ވަނަ ދުވަހު އެމެރިކާ ސިފައިން އެގައުމުން ފޭބުމާ ގުޅިގެންނެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި މި މަޝްވަރާތައް ކާމިޔާބު ކަމުގައިވީ ނަމަވެސް މި މަޝްވަރާތަކުގެ ސަބަބުން މިހާރު އަފްޣާނިސްތާނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މައްސަލަތަކުން އަރައިގަނެވޭނެއެވެ.

ތާލިބާނުން އަފްޣާނިސްތާނަށް އަރައިގަނެ ވެރިކަމާ ހަވާލުވުމުން އެކަމުގެ އަސަރު އެގައުމުގެ އިގްތިސާދަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ދެހަފްތާ ވަންދެން ބޭންކުތައް ބަންދުކުރަން ޖެހުނު އިރު ބަނޑުހައިހޫނުކަން އިތުރުވެ ރައްޔިތުންނަށް އެމީހުންގެ ގޭގައި ގެންގުޅޭ މުދާތައް ވިއްކަން މަޖުބޫރުވިއެވެ.

ދެގައުމުގެ މަޝްވަރާތަކުގައި ތާލިބާނުން ބުނީ އަފްޣާނިސްތާނުގެ ފަސްގަނޑުގައި ހަކުރު ފިކުރުގެ ފަރާތްތަކަށް އެހެން ގައުމުތަކަށް ހަމަލާދިނުމަށް ފުރުސަތު ނުދޭނޭ ކަމަށެވެ. ތާލިބާނުން ބުނީ އިސްލާމިކް ސްޓޭޓް(އައިއެސް) އަކީ ތާލިބާނުންނާއި ދެކޮޅު ޖަމާއަތެއް ކަމަށެވެ.

ދާދިފަހުންވެސް އައިއެސް އެތައް ހަމަލާއެއް ދީފައިވާކަން ތާލިބާނުން ހާމަކުރި އިރު އެމެރިކާއިންވެސް ބުނީ އައިއެސް އަކީ ނިރުބަވެރި ހަމަލާތައް ދިނުމުގައި އޮތް އެންމެ އިސް ގުރޫޕު ކަމަށެވެ.

ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާން ގޮސްފައި ވަނީ އެގައުމުގައި 21 އަހަރު ވަންދެން ތިބި އެމެރިކާ ސިފައިން ފޭބުމާއި ގުޅިގެންނެވެ.