އަފްޣާނިސްތާނުގެ ސެކަންޑަރީ ސުކޫލުތަކުގައި ކިޔަވާ އަންހެން ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލުމަށް ތާލިބާނުން އިންކާރު ކޮށްފިއެވެ.

އަންހެން ދަރިވަރުންނަށް ކިޔެވުމަށް ފުރުސަތު ދިނުމަށް އިންކާރުކޮށް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ މުއްލާ އާމިރު ހާން މުއްތަގީ ވާހަކަ ދައްކަވާފައިވަނީ ދޯހާ އިންސްޓިޓިއުޓް ފޮ ގްރެޖުއޭޓް ސްޓަޑީޒްގެ ސެންޓާ ފޮ ކޮންފްލިކްޓް އެންޑް ހިއުމެނިޓޭރިއަން ސްޓަޑީޒް އިން ކުރިއަށް ގެންދިޔަ އިވެންޓެއްގައެވެ.

އާމިރު ވިދާޅުވީ، ގައުމުތަކާއެކު ތާލިބާނުން ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށެވެ. މިފަދައިން އޭނާ ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމައުން އަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެން ދަރިވަރުންނަށް ތައުލީމް ހާސިލްކުރުމަށް ފުރުސަތު ދިނުމަށް ގޮވާލާ އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

އާމިރު ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުން ތާލިބާނަށް އެއްބާރުލުންދީ، އެ ޖަމާއަތާއި ގުޅިގެން މަަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އޭނާ ވަނީ އެމެރިކާއިން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ 9 ބިލިއަން ޑޮލަރު ދިނުމަށް ގޮވާލައިފައެވެ. އޭނާ ވިދާޅުވީ ތާލިބާނުންނަށް އަފްޣާނިސްތާނުގެ ފުރިހަމަ ބާރު ލިިބިފައިވާނަމަ ވޭތުވެދިޔަ ހަފްތާތަކުގައި އައިއެސް އިން އެގައުމަށް ދެމުންގެންދިޔަ ހަމަލާތަކުން ދިފާއު ވެވޭނެ ކަމަށެވެ.

ގައުމުތަކާއެކު މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް، އެ ސަރުކާރުން ދަނީ، މަތީ ތައުލީމު ހާސިލު ކުރުމަށް އަންހެން ކުދިންނަށް ހަނިކޮށްފައި ވާ ފުރުސަތަށް ލުއި ދިނުމަށް އިންކާރު ކުރަމުންނެވެ.

އޮގަސްޓު މަހުގެ 15ވަނަ ދުވަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމާއެކު އެ ޖަމާއަތުން ވަނީ އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ތައުލީމް ހާސިލް ކުރުމަށާއި، ވަަޒީފާ އަދާކުރުމަށް ހުރަސް ނާޅާނެ ކަމަށް ބުނެފައެވެ. އެ ޖަމާއަތުން ބުނީ އަންހެން ދަރިވަރުންނަށް ނިވައިވާނެ ފަދަ ހެދުން ލައިގެން ޔުނިވާސިޓީތަކަށް ގޮސް ކިޔެވުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ.

ނަމަވެސް، ވެރިކަމާއި ހަވާލުވުމަށްފަހު ސެކަންޑްރީ ސުކޫލުތަކަށް ކިޔަވަން ދެވޭނީ ހަމަ އެކަނި ފިރިހެން ދަރިވަރުންނަށް ކަމަށާއި، އެ ދަރިވަރުންނަށް ކިޔަވައިދޭން ދެވޭނީ ފިރިހެން ޓީޗަރުންނަށް ކަމަށް ތާލިބާނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ޢިލްމު އުގެނުމުގައި އަންހެން ފިރިހެން ހަމަހަމަ. އެއީ އިސްލާމްދީނުގެ އުސޫލަކީ.

    20
  2. ޒަރީނާ

    ތީތި ވަރަށްކަޑަ .. ބަލައިނުގަންނާނަން!

    16
    1
  3. މުރާދު

    ތާލިބާން ހުރިހާ ކަމެއް ކުރަމުން އެދަނީ އިސްލާމްދީންގައި އަންގަވާފައިވާ ގޮތަށް. އެކަމާ ބަޔަކު ނުރުހުނަސް ކުރާނެ ކަމެއް ނެއް.

    3
    20
    • ޢަބްދުއްލަޠީފު

      ޖާހިލުން ރަގަޅުވާނީ މިކަހަލަ ނާތަހުޒީބު ކަންތަކުގެ ތެރެއަށް ވަދެ އަނގަ ނުގެޅިއްޔާ. މި އުންމަތުގެ ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން ޢާއިޝާ رضي الله عنها އަކީ ވަރައް ޢިލްމުވެރި ބޭކަނބަލެއް. އެކަމަނާގެ އަރިއަހުން ޙަދީޠް ޢިލްމު އުނގެނި ވަޑައިގެންނެވި އެތައްބަޔަކު. އަންހެންކުދިންނަށް ކިޔެވުން ބަންދު ނުކުރާނަމޭބުނެ ޠާލިބާނުން މަކަރު ހަދައިފި. އަހަރުމެންނައް މަކަރު ހަދާ މީހުންނަކީ އަހަރުމެންގެ ތެރެއިން ވާބައެއްނޫން. ބިކުރުވިއްކުމުގެ ވިޔަފާރިއައް މަގުފަހިކުރަން ވެގެން އަންހެންކުދިންގެ ތަޢުލީމަށް ހުރަސް އަޅަނީ. އަރަބި މަހުޖަނުންނައް މިލިޔަނުން އަފްޣާނިސްތާނުގެ ޅަ އަދި އެހާމެރީތި އަންހެންކުދިންގެ ބިކުރު ވިއްކަން ޖަހާމަޅި. އެކަމައް އެމީހުންތިބޭނީ ހެސްގެންފަ. މިކޮމެންޓު ޖަހާލަ ދެއްޗޭ.

  4. މިހާރު

    އަފުގާނިސްތާނުގެ އެތައް ފައިސާއެއް އެމެރިކާއިން ހިފެހެއްޓުމަކީވެސް ބޮޑު އަނިޔާއެއް.

    4
    10
  5. މުޙައްމަދު

    ދީނީ ޓެގް އަޅުވައިގެންތިބި މުނާފިގުން

    16
    3
  6. އަބްދޫ

    އަންހެން ކުދިން ވިޔަސް ތައުލިމުދޭންވާނެ.ސަބަބކީ އެ މައިންގެ ބަޑުން އުފަންވާ ފިރިހެން ދަރިންނަށް ވެސް ތައުލީމުދެވޭނީ އެދަރިންގެ މައިންނަށް ވެސް ތައުލީމު ލިބިފައިވާނަމަ އެހެން ނޫންނަމަ ތައުލީމުގެ އަހުމިއްޔަތުކަން މައިންގެ ހތަކު ނޯންނާނެ. އިސްލާމި އުސޫލުނ ބަލާއިދު އާއިލާ ބިނާކުރުމުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ މަންމައިންގެ އުނގުގަ.

    5
    1
  7. ސަންގު

    މީހަމަ އެއްމެ އިހުގެޖާހިލުން. އަންހެނަސް ފިރިހެނަސް ތައުލީމު އުގައްނައިދޭންވާނެ. މީހާދަ ނުލަފާ ބަޔަކޭ.

  8. ރަން ރީނދޫ

    ހާދަ ދެރައޭ. މި މީހުނަށް ﷲ ތެދުމަގު މިންވަރު ކުރއްވާށި. ޢިލްމީ މަންމަ އިން ނެތި ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ.