މިދިޔަ ހަފްތާގައި އެމެރިކާ ސިފައިން ތިބޭ ސީރިއާގެ ދެކުނުގައި ހުންނަ އަލް-ތަންފްގައި ހުންނަ އަސްކަރީ އައުޓްޕޯސްޓަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އިރާން ކަމަށް އެމެރިކާގެ އޮފިޝަލުން ގަބޫލުކުރެއެވެ.

މިދިޔަ ހޯމަ ދުވަހު އޮފިޝަލުން އެސޯސިއޭޓެޑް ޕްރެސް އަށް މައުލޫމާތު ދެމުން ބުނީ އެމެރިކާއިން ގަބޫލުކުރާ ގޮތުގައި އިރާނުން ވަސީލަތްތައް ފޯރުކޮށްދީ، ހަމަލާދިނުމަށް ހިތްވަރު ދިން ކަމަށާއި، ނަމަވެސް ޑްރޯންތައް އުދުއްސާލީ އީރާނުން ނޫން ކަމަށެވެ.

މީގެ އިތުރުން އޮފިޝަލުން ބުނީ މި ޑްރޯންތަކަކީ އިރާނުގެ ޑްރޯންތަކެއް ކަމަށާއި، އިރާނުން އެ ޑްރޯންތައް ބޭނުންކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ.

އޮފިޝަލުން ބުނީ މި ހަމަލާތަކުގައި ފަސް ޑްރޯން ބޭނުންކޮށްފައިވާ ކަމަށެވެ. އެ ޑްރޯންތައް އަމާާޒުކޮށްފައިވަނީ އަލް-ތަންފްގައި އެމެރިކާގެ ބޭސް ހުންނަ ސަރަހައްދަށާއި، ސީރިއާގެ އިދިކޮޅު ފަރާތްތަކުން އުޅެމުންދާ ސަރަހައްދުތަކަށް ކަމަށެވެ.

އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ސީރިޔާ ސިފައިން ޕެޓްރޯލް ކުރުމަށް ތަމްރީނު ކުރުމަށް އެމެރިކާ އާއި ކޯލިޝަންގެ ފައުޖުތައް ތިބެނީ އަލް ތަންފްގައެވެ. މި ބޭސް ހުންނަނީ ތެހެރާނުން ފެށިގެން ދެކުނު ލުބުނާނާއި އިސްރާއީލާ ދެމެދު އީރާނުގެ މަދަދު ލިބޭ ފައުޖުތަކަށް މުހިންމު ލިންކެއްގެ ގޮތުގައި ބޭނުންކުރާ މަގެއްގައެވެ.

މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މީހަކު މަރުވިކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މި ހަފްތާގައި ބުނެފައިވަނީ، 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމަށް އިރާން އަލުން އަނބުރާ ގެނައުމަށް ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަކީ ނާޒުކު ފައްތަރެއްގައި އޮތް މަސައްކަތްތަކެއް ކަމަށާއި، އެމެރިކާގެ ކެތްތެރިކަން ކޮޅުންލައިގެން ދާކަމަށެވެ.

އީރާނުން މި ހަމަލާ ދީފައިވަނީ، އިރާގުގެ ޖެނެރަލް ގާސިމް ސުލެއިމާނީއާއި، އިރާގުގެ މިލިޓަރީ ލީޑަރު އަބޫ މަހްދީ އަލް މުހަންދިސް އަވަހާރަކޮށްލި ބަޣުދާދުގެ ވައިގެ ބަނދަރު ކައިރިން އެމެރިކާއިން ދިން ޑްރޯން ހަމަލާއާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    އެމެރިކާ މީ ކޮންބައެއް. އަމިއްލަ ޤައުމުގައި ތިބެބަލަ. އޭރުން ހަމަލާ ދޭތޯބަލަން. ނުޖެހޭ އެހެން ޤައުމުތަކަށް އަރާ އަތްގަދަކުރާކަށް. ތިއީ ޔަހޫދީން. ބޮޑެތި ކާފަރަުން. ކާފަރުން އަރާނީ ކާފަރު ޤައުމުތަކަށް.

    10
    1
  2. ރެފްރީ

    އީރާންބައިވެރިވީމާ ކޮބައިހޭމައްސަލައަކީ ؟ އިރާގައްހަމާދިންއިރު އެމެރިކާއަށް ވާގިވެރިވީ ކިތައްގައުމުކަންއެނގޭމީހަކު އެމެރިކާގާވެސް ހުރިހެނެއްހީއެއްނުވޭ ؟

    3
    1