އިންޑިއާގެ އަވަށެއްގައި މީހުން ދިރިއުޅެމުން ދިޔަ ގެއެއް ވެއްޓި ނުވަ މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޓެމިލް ނާޑޫސްޓޭޓްގެ ވެއްލޫރު ޑިސްޓްރިކްޓްގެ ޕަރްނަމްބެޓްގައި ހުކުރު ދުވަހު ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެެނީ ހަތަރު އަންހެނަކާއި، ހަތަރު ކުޑަކުދިންގެ އިތުރުން، ފިރިހެނެކެވެ. މި ހާދިސާ ހިނގިއިރު އެންމެންވެސް ތިބީ ނިދާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ސަރަހައްދަށް ފަޔާ އެންޑް ރެސްކިއު އޮފިޝަލުންނާއި ފުލުހުން ހާޒިރުވެ، އެކި އަނިޔާތައް ލިބިފައިވާ މީހުން އެ ގޭގެ ތެރެއިން ނެރެފައި ވެއެވެ.

މި ހާދިސާގައި އަނިޔާތަކެއް ލިބިފައި ވަނީ އަށް މީހަކަށެވެ. އެ މީހުންނަށް ސަރުކާރުން ހޮސްޕިޓަލްގައި ފަރުވާ ދީފައި ވެއެވެ.

އަދި މި ހާދިސާގައި މަރުވި މީހުންގެ ޕޯސްޓް މޯޓަމް ޕްރަންބެޓް ސަރުކާރު ހޮސްޕިޓަލްގައި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި މަގުތަކުގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެއެވެ. އަދި މި ވިއްސާރާއަާ ގުޅިގެން ސްކޫލްތައްވެސް ބަންދުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު