ކުރީގެ ފިރިމީހާ ރަހީނުކޮށް، އޭނާއަށް އިތުރު ބަޔަކު ވެގެން ޖިންސީ ގޯނާ ކުރި މިސްރު އަންހެނަކު 15 އަހަރަށް ކަލަށް ލާން ހުކުމްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިތުރު ދެ ފިިރިހެނަކާއެކު މި ފިރިހެން މީހާއަށް ޖިންސީ ގޯނާ ކުރާ މަންޒަރު މި އަންހެން މީހާ ފިލްމްވެސް ކޮށްފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ އޭނާގެ ކުރީގެ ފިރިމީހާ ރަހީނުކޮށްފައި ވަނީ އެ ފިިރިހެން އޭނާ ދިރިއުޅޭ ގެއަށް އަމިއްލަ ބައެއް ކަންކަމާ ގުޅިގެން އޭނާއާ ވާހަކަ ދައްކަން ބޭނުންވާ ކަމަށް ބުނެ ގެއަށް ގެނެސްގެންނެވެ. އަދި އޭނާ ގެއާ ހަމައަށް ދިއުމުން އިތުރު ބަޔަކުވެގެން އޭނާ ބަނުމަށްފަހު ރަހީނުކޮށް ކާރުގެ ޑިކީއަށް ލިއެވެ. މިކަންކަން ހިނގިއިރު ކާރު ތެރޭގައި އޭނާގެ ކުރީގެ އަންހެނުންވެސް އިނެވެ.

ފުލުހުން ހިންގި ތަހުގީގުން އެނގުނުގޮތުގައި، އޭނާއަށް ޖިންސީ ގޯނާ ކުރި މީހުންގެ ތެރޭގައި ދެ ފިރިހެނުންވެސް ހިމެނެއެވެ. އެ މަންޒަރު ރެކޯޑް ކޮށްފައި ވަނީ އަންހެންމީހާއެވެ.

އަދި އޭނާއަށް އިންޒާރުދީ ވީޑިއޯތައް ލީކްކޮށްފާނެ ކަމަށް ބުނެ، އެއްޗެއްގައި ސޮއިވެސްކޮށްފައި ވެއެވެ.