އެމެރިކާގައި ހަމައެކަނި މުސްލިމުން ހިންގާ ސިޓީއަކަށް ޔޫއެސްއޭގެ މިޝިގަންގެ ހެމްޓްރެމިކް ވެއްޖެއެވެ.

މި ސިޓީގައި ގާތްގަނޑަކަށް 30 ވަރަކަށް ބަހުން ވާހަކަދައްކަ މީހުން އުޅޭއިރު މިއީ ފަސް އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގެ ސިޓީއެކެވެ. ހެމްޓްރެމިކް އަކީ މުސްލިމުން ނަމާދަށް ގޮވާލުމާއެކު ނަސާރާއިންގެ ފައްޅިތަކުން ބެލްޖަހާ އަޑު އިވެމުން ދިޔަ ތަނެކެވެ.

މުސްލިމް ސިޓީ ކައުންސިލަކާއި މުސްލިމް މޭޔަރަކު މި ސިޓީއަށް އިންތިހާބުވެފައިވާއިރު މިއީ މުސްލިމް-އެމެރިކާ ސަރުކާރެއް އެމެރިކާގައި ފުރަތަމަ ފަހަރަށް އުފެއްދި ސިޓީއަށް ވަނީ ވެފައެވެ.

މި މަހު ހެމްޓްރެމިކް ވަނީ އެގައުމުގެ ތާރީހުގައި އާ ހަރުފަތެއް ގިރާކޮށްފައެވެ.

ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ހެމްޓްރެމިކް ވަނީ އަރަބި އަދި އޭޝިޔާގެ ހިޖުރަވެރިންގެ މަރުކަޒަކަށް ބަދަލުވެއެވެ. މައިގަނޑު ގޮތެއްގައި ޔަމަނާއި ބަންގްލަދޭޝުން ހިޖުރަކުރި މީހުންގެ މަރުކަޒަކަށް އެތަން ވަނީ ބަދަލުވެފައެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ސިޓީގެ ގާތްގަނޑަކަށް 42 އިންސައްތަ މީހުންނަކީ އެހެނިހެން ގައުމުތަކަށް އުފަންވެފައިވާ މީހުންނެވެ. އަދި އޭގެތެރެއިން ގިނަ މީހުންނަކީ މުސްލިމުންނެވެ.

އަލަށް އިންތިހާބުވި ސިޓީ ކައުންސިލްގައި ހިމެނެނީ ބެންގާލީ އެމެރިކާގެ ދެ ކައުންސިލަރަކާއި ޔަމަން-އެމެރިކާގެ ތިން ކައުންސިލަރަކާއި ޕޮލެންޑް-އެމެރިކާ ދަރިކޮޅުން އިސްލާމްވި މީހެކެވެ. އެ ސިޓީގެ ކައުންސިލް އިންތިހާބުގެ 68 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައި، ޢަމީރު ޣާލިބް ވެގެންދާނީ އެމެރިކާގައި ފުރަތަމަ ފަހަރަށް ޔަމަނާއި-އެމެރިކާގެ މޭޔަރަކަށެވެ.

މިޝިގަންގެ ހެމްޓްރެމިކްގެ މޭޔަރ ޣާލިބް

"އަޅުގަނޑަށް އިހުސާސް ކުރެވެނީ ޝަރަފާއި ފަޚުރުވެރިކަން، އެކަމަކު އަޅުގަނޑަށް އެނގޭ އެއީ ވަރަށް ބޮޑު ޒިންމާއެއްކަން،" ބީބީސީއާ ހަވާލާދީ މިސްޓާ ޣާލިބް، 41، ވިދާޅުވީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކީލި

    އަލްހަމްދު ލިއްލާހި