އިސްރާއީލުން ސީރިއާއަށް ދިން ވައިގެ ހަމަލާއެއްގެ ސަބަބުން އާންމުންގެ ދެ މީހަކު މަރުވެ، އިިތުރު ހަތް މީހަކު ޒަހަމްވެއްޖެއެވެ.
ސީރިއާގެ ވައިގެ ދިފާއީ ބާރުން ވަނީ ހަމަލާ އަށް ހުރަސް އަޅަން ވެސް މަސައްކަތް ކޮށްފައެވެ.
ސީރިއާ ދައުލަތުގެ ނޫސް އޭޖެންސީ ސާނާއިން ބުނީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއް ބައެއް ސަރަހައްދުތަކަށް އަމާޒުވެފައިވާ ކަމަށެވެ. އަދި މި ހަމަލާގައި އާންމުންގެ ދެ މީހަކު މަރުވެފައިވާއިރު އިތުރު ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ސީރިޔާ ސިފައިންގެ ހަ މީހަކު ހިމެނޭ ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
އަސްކަރީ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނީ ހަނގުރާމަމަތީ މަތިންދާ ބޯޓްތަކުން މިސައިލްތައް އުދުއްސާލީ އަވަށްޓެރި ލެބަނަންގެ މަތިން ދަތުރުކޮށްފައި ދަމުން ކަމަށެވެ. އަދި މި ހަމަލާ ދީފައިވާ ކަމަށް ލަފާކުރެވެނީ ރޭގަނޑު 1:30 ހާއިރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއިލުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ފާއިތުވި އަހަރުތަކުގައި އިސްރާއިލުން ވަނީ ސީރިއާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތައް ދީފައެވެ. މިދިޔަ ހަފްތާގައި ވެސް އިސްރާއިލުން ވަނީ ސީރިއާގެ ވެރިރަށް ދިމިޝްކަށް ހަމަލާ ދީފައެވެ. ރިޕޯޓުތައް ބުނާގޮތުން މި މިސައިލް ހަމަލާތައް އައީ އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސްއިންނެވެ. އަދި އިސްރާއިލުން ފޮނުވާލި މިސައިލްތައް އަމާޒުވީ ވެރިރަށް ދިމިޝްގުގެ ދެކުނުގައި ހުންނަ އިމާރާތަށް ކަމަށް ބުނެފައިވެއެވެެ. ރިޕޯޓުތައް ބުނާގޮތުން އިސްރާއިލުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން އެއް މިސައިލަށް ސީރިއާގެ ދިފާއީ ނިޒާމުތަކުން ވަނީ ހުރަސްއަޅާފައެވެ.
މިދިޔަ ހަފްތާގައި އިސްރާއިލުން ސީރިޔާއަށް ދިން ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އދ ގެ ހަބަރެއް ނުވެ އެވެ. އިޒްރޭލުން ބޭނުން ގައުމަކަށް ހަމަލާ ދެނީ އެވެ.
އިޒްރޭލް ތިއުޅެނީ ރުޅިއައިސް ފުފިގެން...ސަބަބަކީ އީރާނައް ހަމަލާދޭން އިޒްރޭލް ބަޖެޓް ފާސްކޮށް އެއަރ ސްޓްރައިކް ކުރަން ތައްޔާރުވަމުން ދަނިކޮށް އެމަރިކާނުކުމެ އިޒްރޭލައް އިންޒާރުދީފި
ތިކަން ނުކުރަން..މިހާރު އަތަށް ގޮވައިފި
ޙުދު އެމަރިކާވެސް ބިރުގަންނަކަން އެކަމުން އިނގޭ