ސްޓްރޯކް ޖެހުމާއި ބްރެއިން ހީމޯރޭޖް ހުންނަ މީހުންގެ އަދަދު ހީކުރި ވަރަށް ވުރެ އިތުރުވަމުންދާތީ، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުންދާ ބަލިމީހުން ސިކުނޑީގެ ސްކޭން ކުރުމަށް ފަހުގެ ދިރާސާ ރިޕޯޓެއްގައި އެދިއްޖެއެވެ.

އެ ދިރާސާއިން ދައްކާގޮތުން، ކޮވިޑަށް ފައްސިވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުުވާދޭ ކޮންމެ 100 މީހެއްގެ ތެރެއިން އެކަކު ވެފައިވަނީ ހަށިގަނޑުގެ މައި ނާރުގެ މައްސަލަތަކާއި ކުރިމަތިވެފައިވާ މީހަކަށެވެ.

ސްޓްރޯކް އަދި ބްރެއިން ހީމަރޭޖް އަކީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިހާތަނަށް ކުރެވުނު މިފަދަ އެންމެ ބޮޑު މަލްޓި-އިންސްޓިޓިއުޝަނަލް އިންޓަރނޭޝަނަލް ދިރާސާތަކުން ދައްކައެވެ.

މި ދިރާސާ ރިޕޯޓުގައި އިސްކޮށް މަސައްކަތް ކޮށްފައިވާ ޕްރޮފެސާ ސްކޮޓް ފާރޯ ވިދާޅުވީ، ކޮވިޑް-19އާ ގުޅުން ހުރި ފުއްޕާމޭގެ މައްސަލަތަކާ ބެހޭ ގޮތުން ވަރަށް ގިނަ ރިޕޯޓުތައް ލިޔެވިފައި ހުރި ނަމަވެސް އޭގެ އަސަރު ކޮށްފާނެ އެހެން ގުނަވަންތަކުގެ ވާހަކަ ގިނަ ފަހަރަށް ނުދައްކާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އެ ދިރާސާއިން ދައްކާ ގޮތުން ހަށިގަނޑުގެ މައި ނާރުގެ މައްސަލަތަކަކީ ކޮވިޑުގައި މަރުވުމުގެ ސަބަބެއް ކަމަށެވެ.

މި ދިރާސާ ކުރުމަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2020 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮވިޑަށް ފަރުވާކުރުމަށް އެމެރިކާގެ 7 ހޮސްޕިޓަލެއް އަދި ޔޫރަޕުގެ 4 ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ 40،000 އެއްހާ މީހުން ޓެސްޓް ކޮށްފައިވެއެވެ.

މި ހުރިހާ އެންމެންނަކީ ވެސް ހުން އައުމާއި، ހައިޕަޓެންޝަން، ކާޑިއެކް ޑިޒީޒް، އަދި ޑައިބެޓީސް ފަދަ މައްސަލަތައް ދިމާވަމުންދާ މީހުންނެވެ. އެ ޓީމުން ތަހުލީލުކުރި ކޭސްތަކުގެ ތެރެއިން 442 އެކިއުޓް ނިއުރޯއިމޭޖިން ހޯދުންތައް ހޯދާފައިވެއެވެ. އަދި މި ކޭސްތައް ގުޅިފައިވަނީ ކޮވިޑް-19 އާއި ކަމަށްވާއިރު، އެއީ އިންސިޑެންޓް ރޭޓުން ބަލާއިރު 1.2 އިންސައްތައެވެ.