އަފްޣާނިސްތާންގެ އަންހެނުން ދިގު ދަތުރުތައް ކުރަން ވާނީ މަހުރަމަކާއިއެކުގައި ކަމަށް އަފްޣާނިސްތާންގައި ވެރިކަން ކުރަމުން އަންނަ ޠާލިބާނުން ބުނެފިއެވެ.

އަންހެނާގެ މަހުރަމުންނަކީ ނަސަބުގެ ގާތްކަމުން (އޭނާގެ ބައްޕަ، ކާފަ، މުނިކާފަ، ކިތަންމެ މައްޗަށް ދިޔަކަމުގައިވިޔަސް، އަދި އޭނާގެ ފިރިހެންދަރި، މާމަދަރި، މުނިމާމަދަރި، ކިތަންމެ ތިރިއަށް ދިޔަކަމުގައިވިޔަސް، އޭނާގެ ބައްޕަ ފަރާތު އަދި މަންމަ ފަރާތު ބޮޑުބޭބެއިން، އަޚުން، އަޚުންގެ ފިރިހެންދަރިން އަދި އުޚްތުންގެ ފިރިހެންދަރިން) ނުވަތަ ކިރުގެ ގެގޮތުން (މިސާލަކަށް އޭނާއަށް ކިރުދިން އަންހެނާގެ ގާތުން ކިރުބުއި އަޚުން އަދި ކިރުމައިމީހާގެ ފިރިމީހާ)، ނުވަތަ ކައިވެނީގެ ސަބަބުން (މިސާލަކަށް މަންމަގެ ފިރިމީހާ، ފިރިމީހާގެ ބައްފަ، ކާފަ، ކިތަންމެ މައްޗަށް ދިޔަކަމުގައިވިޔަސް، އަދި ފިރިމީހާގެ ފިރިހެންދަރި، ކާފަދަރި، ކިތަންމެ ތިރިއަށް ދިޔަކަމުގައިވިޔަސް) އެ އަންހެނާއާއި އަބަދުގެ އަބަދަށް ކައިވެނި ހުއްދަނުވާ މީހުންނެވެ.

އަފްޣާނިސްތާންގެ ސަރުކާރުން ނިންމާފައި ވަނީ 72 ކިލޯމީޓަރު ނުވަތަ 45 މޭލަށްވުރެ ދިގު ދަތުރެއް އަންހެނަކު ކުރާނަމަ އެއަންހެނަކާއިއެކު މަހުރަމަކު ހުންނަން ޖެހޭނެ ކަމަށެވެ. އެފަދަ ދަތުރެއް ކުރާ އަންހެނެއްގެ ކައިރީގައި މަހުރަމަކު ނެތްނަމަ އެއްވެސް ވެހިކަލަކަށް އެއަންހެނަކު އަރުވައިގެން ނުވާނެ ކަމަށް ވެސް އަފްޣާނިސްތާންގެ ސަރުކާރުން އަލަށް އިއުލާން ކުރި ގައިޑްލައިންގައި ބުނެފައި ވެއެވެ.

އަދި އަންހެނުން ދަތުރެއް ކުރާނަމަ މޫނު ބުރުގާ އެޅުން ވެސް ވަނީ މަޖުބޫރު ކޮށްފައެވެ.

މީގެ އިތުރުން ވެހިކަލްތަކުގައި ދަތުރު ކުރަމުން ދާއިރު ލަވަ ޖެހުން ވެސް މިގައިޑްލައިންގެ ދަށުން ވަނީ މަނާ ކޮށްފައެވެ.

އަފްޣާނިސްތާންގެ ވެރިކަން ބަދަލުވި ނަމަވެސް އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ޠާލިބާނުންގެ ވައުދެކެވެ. ނަމަވެސް އަންހެނުންނާއި މެދު ޠާލިބާނުން ގެންގުޅޭ ބައެއް ސިޔާސަތުތަކާއި މެދު ހުޅަނގުގެ ގައުމުތަކުން ވަނީ ނުރުހިފައެވެ.

އިންސާނީ ހައްގުތަކަށް ގޮވާލާ ޖަމިއްޔާތަކުން މިހާރު ވެސް ވަނީ އަފްޣާނިސްތާން ސަރުކާރުގެ ގައިޑްލައިނާއި ދެކޮޅަށް ބަޔާންތައް ނެރެން ފަށާފައެވެ. ނަމަވެސް ޠާލިބާނުން ވަނީ ސަރުކާރުގެ ނިންމުން ބަދަލު ނުކުރާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަން

    ޠާލިބާން ވަރެއް ނެތޭ ހަމަ

    15
    12
  2. ތާސް

    ގެރިބަކަރި ދޮއްތޯ އެއީ.

    5
    4
    • ނަން

      އަންހެނުން ހިމާޔަތް ކުރަން މަސައްކަތް ކުރަނީއެ
      ގެރި ބަކަރި ހެން ބަންދު ކުރަނީ އެއްނޫން

  3. ފުނޯސް

    މިއީ ވަރަށް ސަކަރާތް ކަމ މެއް. ދީނުގައި މަހުރަމމމ މަކާއި ނުލައި ދިގު ދަތުރުތައް ކުރުން ހުއްދަ ނުވިޔަސް، ިމމކަމަކީ ދައުލަތުން މަނާކުރާ ކަމަކަށް ވާނަމަ މަޖުބޫރީ ހާލަތެއްގައިވެސް އަންހެނަކަށް ދަތުރެއް ނުކުރެވޭނެ. އޭނަގެ ފުރާނައަށް ގެއްލުންވާފަދަ ހާލަތެއްގައި ރަށުން ބޭރަށް ދާން ޖެހުނަސް މަހުރަމެއް ނެތިއްޔާ ނުދެވޭނެ. އިސްލާމްދީނުގައި ރަލާއި އޫރުމަސް ކެއުމާއި ބުއިން ހަރާމމްވިޔަސް އެނޫން ގޮތެއް ނެތި، މަރުވެދާނެ ކަމުގެ ބިރު އޮތް ހާލަތެއްގައި މިއީ ހުއްދަ ކަންކަމމމން. އަނިޔާވެރި އާއިލާއެއް ފަރާތުން ފުރާނައަށް ނުރައްކާ ހުރި ކަމމަމ މަށް ވިޔަސް އޭނައަށް ފަސޭހައިން ފިލޭނީއެއް ނޫން ދައުލަތުން މަހުރަމެއް ނެތޭ ކިޔާ ހުއްދަ ދަ ނުދީފިނަމަ.

  4. އަހުމަދު

    އެ ނިންމުން ހަމަ ބަރާބަރު. މިގައުމުގަ އެކަން ކުރަން ކެރޭ ވަރުގެ ގަޓު ހުރި ވެރިން ބޭނުމީ

    12
    8
  5. ޝާ

    ބަލަ ތިޔައީ އެމީހުން އަމިއްލައަށް ނިންމައިން އުޅޭ ކަންކަމެއް ނޫނޭ،،، އިސްލާމް ދީނުގައި އޮތީ އަންހެނުން އެކަނި ދަތުރު ނުކުރުމަށް.... ބޮޑު މައްސަލަ އަކަށް ހަދަން ޖެހޭ ވަރު ކަމެއް ނޫން ތީކީ...ެެެެެެެެެެެެެެެެއެވެސްހަމަ އަންހެނުންނަށް ރަނގަޅަކަށޭ

    12
    6
  6. ޒައިނަބު

    ޖަނާވަރުން އުޅޭ ގައުމުތަކުގައި ތިކަހަލަ ކަން ހިގާނެ

    2
    8
  7. ރާނީ

    އިސްލާމީ ޝަރީޢަތް.
    الحمد لله

  8. ޓުކުރި

    ތިޔަ ގައުމު މިވަގުތު އޮތީ މަހްރަމަކާއެކު ކީއްކުރަން ވަށައި ގާޑުން ތިބެވެސް އަންހެނަކަށް ދަތުރުކުރަން އެކަށޭނެ ހާލެއްގަނޫން. މުޖްތަމައު ތަހުޒީބުވެ އެކަކު އަނެކެއްގެ ހައްގުއެނގި ސިސްޓަމެއް ގާއިމް ވުމުން ދަތުރު ކުރެވިދާނެ. އަންހެނާގެ ޟޮއީފުކަމަށްޓަކާ މަހްރަމަކު ގޮވައިގެން ދަތުރުކުރުމީ ސުންނަތުންވެސް ބާރު އަޅާކަމެއް.މަގްސަދަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން

  9. ޢަހުމަދުވަގާރު

    ހަރުކަށި ފިކުރު މީހުން މީ

    1
    1