ކޮވިޑް-19 އަކީ އާދައިގެ ބައްޔެއް ކަމަށް ބުނަމުން އައި އެތައް ބަޔަކު އެ ބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފައިވާއިރު އޭގެ ފަހުން ބަލީގެ އެކި ވައްތަރުތައް މިދަނީ ފެންނަމުންނެވެ. ދާދިފަހުން ފެނުނު އޮމިކްރޮން ވޭރިއެންޓަކީ މިހާތަނަށް ފެނުނު ކޮވިޑްގެ ނުރައްކާތެރި ވައްތަރެއް ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން މިހާރު އެތައް ފަހަރެއްގެ މަތިން މިވަނީ އިންޒާރު ދީފައެވެ.

އޮމިކްރޮން ދުނިޔޭގެ ގިނަ ގައުމުތަކުން ފެންނަން ފަށާފައިވާއިރު ކޮވިޑްގެ ފުރަތަމަ ދުވަސްތަކުގައި ގައުމުތަކުން ކުރަމުން އައި ހަނގުރާމަތައް އާ ކުރަން މިސްރާބު ޖަހާފައިވާކަމަށް ދުނިޔޭގެ އެތައް ލީޑަރުންނެއް މިދަނީ ބުނަމުންނެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އޮމިކްރޮން އަކީ އާދަޔާ ހިލާފަށް އަވަހަށް ފެތުރޭ ވައިރަހެކެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ބަލި ޖެހިގެން އެންމެ ނާޒުކުވާ މީހުން ވެސް ގޭގައި ތިބެން މަޖުބޫރުވާ ހާލަތް އަންނަން ކައިރިވެފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ. ސޫމްޔާ ސްވާމިނަތަން ވަނީ ވިދާޅުވެފައެވެ.

ނުރައްކާތެރި އޮމިކްރޮންގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާ ކަންބޮޑުވުންތަކެއް އުފެދި، އިންޒާރުތައް އަޅަން ފެށި، ހޮސްޕިޓަލްތަކާއި އައިސީޔޫތައް ފުރި ބަލިވާ ފަރާތްތައް ގޭގައި ތިބެގެން ފަރުވާ ހޯދަން ޖެހިދާނެ ހާލަތް ފެނިގެންދާނެ ކަމަށް ވެސް ޑރ.ސޫމްޔާ ސްވާމިނަތަން ވިދާޅުވިއެވެ.

އެންމެންގެ ފަރާތުން ބަލީގެ އަލާމާތްތައް ނުފެނިދާނެ ކަމަށާއި ނަމަވެސް ގިނަ ފަރާތްތަކުން ސިއްހީ ތަޖުރިބާކާރަކަށް ދައްކަން ނުވަތަ ހިޔާލު ހޯދަން ބޭނުންވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިކަމަށް މިހާރުއްސުރެ ތައްޔާރުވުން މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިހާރު އޮމިކްރޮން ފެތުރިފައިވާ ހިސާބުތަކަށް ނަޒަރު ހިންގާލާއިރު ދެކުނު އެފްރިކާ އާއި ޔޫކޭ ގައި ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުންދާކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި މީގެ ކުރީގައި ފެނުނު ޑެލްޓާ ވޭރިއެންޓާއި އެހެން ވޭރިއެންޓުތަކަށްވުރެ މި ވައްތަރު ހަތަރު ގުނަ އަވަހަށް ފެތުރޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަރީ

    ދުނިޔޭގެެ ސިއްހަތު ޖަމުޢިއްޔާ އުވާލަނިކޮށް ވަރަށް ގިނަ ބަލިތށް ދުނިޔެއިން ފިލައިގެން ގޮސްދާނެ

    6
    4
  2. ކޮރަލް

    ސުންކް ނަގާ ތަނެއް ނުފެނެ އެވެ.