ތައިލެންޑުގެ ހޮހޮޅައިގައި ތާށިވި ކުޑަކުދިންތަކާއި ޒުވާން ކޯޗު ސަލާމަތްކުރުމަށް ހިންގާފައިވަނީ ބުރަ އަދި އެހާމެ ނުރައްކާތެރި އޮޕަރޭޝަނެކެވެ. މި ކަމުގައި ތައިލެންޑުގެ އިތުރުން، ބޭރުގެ އެހެން ޤައުމުތަކުގެ ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތް، އޮސްޓްރޭލިޔާ އަދި ޗައިނާގެ ޑައިވަރުން ހިމެނެއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ކުދިން ބަލައި ގޮސްފައިވާ ގިނަ ޑައިވަރުންނަކީ ތައިލެންޑު ރައްޔިތުންނެއް ނޫނެވެ. އެމީހުންނަކީ އެއްގޮތަކަށްވެސް ތައިލެންޑް ބަސް އެނގޭ ބައެއް ނޫނެވެ. އަނެއްކޮޅުން، ތާށިވެފައިވާ ކުދިންނަކީ އިނގިރޭސި ބަސް ދަންނަ ކުދިންނެއް ނޫނެވެ. އެހެންކަމުން، މިކަމުގައި އިރުޝާދު ދިނުން ވެފައިވީ ދަތި ކަމަކަށެވެ.
އެހެންނަމަވެސް، މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނީވެސް، ހޮހޮޅަ ތެރޭގައި ހުރި ކުއްޖެކެވެ. އެއީ، ތާށިވެފައި ތިބި 12 ކުދިންގެ ތެރެއިން އިނގިރޭސި ބަސް ދަންނަ ހަމައެކަނި ކުއްޖާއެވެ. އެއީ، އުމުރުން 14 އަހަރުގެ އަދުލް ސަމް-އޮން އެވެ. އޭނާއަކީ މިޔަންމާ ދަރިކޮޅުގެ ކުއްޖެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.
ބައިނަލްއަޤުވާމީ ޑައިވަރުން ދޭ އިރުޝާދުތައް ތަރުޖަމާ ކުރުމުގައި މަސައްކަތް ކުރި ކުއްޖަކީ މިއީއެވެ. އެމީހުންދޭ އެންމެ ކުދި ކުދި މަޢުލޫމާތުން ފެށިގެން، އެމީހުންދޭ އެންމެ ބޮޑު އެންމެ ސީރިޔަސް މައުލޫމާތުވެސް ތަރުޖަމާ ކޮށްދިނީ ސަމް-އޮން ކަމަށް ނޫސް ރިޕޯޓުތައް ބުނެފައިވެއެވެ.
ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ތައިލެންޑް ނޭވީ ސީލް އިން އާއްމުކޮށްފައިވާ ބައެއް ވީޑިޔޯތަކުންވެސް، ސަމް-އޮން ގެ އަޑު އިވިފައިވެއެވެ. އަދި، ހޮހޮޅަ ތެރޭގައި ތިބި ކުދިންގެ ވީޑިޔޯތަކުން، ރަތް ކުލައިގެ ޖާޒީއެއް ލައިގެން އިންދާ ފެންނަ ކުއްޖާއަކީވެސް ސަމް-އޮން ކަމަށް މައުލޫމާތު ލިބެއެވެ.
އާދައިގެ ސްކޫބާ ޑައިވިންގ އަކަށް ދާއިރުވެސް އިންސްޓްރަކްޓަރުން އެތައް އިރުޝާދެއް ދޭއިރު، މިފަދަ ނުރައްކާތެރި ޑައިވިންގ އަކަށް ދާއިރު އެއަށްވުރެ ގިނަ އިރުޝާދު ދޭނެކަން ޔަޤީނެވެ. އެހެންކަމުން، މި ކުއްޖާ ކޮށްފައިވަނީ އަގު ނުކުރެވޭ ވަރުގެ މަސައްކަތެއްކަން ޔަޤީނެވެ.
ހޮހޮޅައިގައި ތާށިވި ހުރިހާ ކުދިން ސަލާމަތްކޮށްފައިވަނީ ނިމިގެން މިދާ ހަފްތާގެ އަންގާރަ ދުވަހުއެވެ.
މި ކުދިން ސަލާމަތް ކުރުމުގަ، ޔޫރަޕު މީހުން އަޅާވެސް ނުލާ. އެކަމަކު މިތާގެ އިންތިހާބު އިންސާފު ނުވެދާނެތީ ކަންބޮޑުވޭ. އިރު އިރު ކޮޅާ އެބައާދޭ.
ޔޫކޭ 2 ޑައިވަރުން ނިސްބަތް ވަނީ ކޮން ބައްރަކަށްތޯ؟
ޔޫކޭ 2 ޑައިވަރުން ނިސްބަތް ވަނީ ކޮން ބައްރަކަށްތޯ؟
ފަރީ އަކީ ބޯހަމަ ނުޖެހެޭ މީހެއް މޮޔައިން މިކަހަލަ ޅބަރު ނުކޔުން އެދެން