ފިލިޕީންސްއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެއެވެ.

ސިސްމޮލޮޖިސްޓުން ފިލިޕީންސްގެ ޑަވާއޯ ސިޓީ އާއި ކަނޑުގެ ސަރަހައްދަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ފިލިޕީންސްގެ އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސިސްމޮލޮޖީ އިން ބުނާ ގޮތުގައި 6.1 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވަނީ ބަލޫޓް އައިލެންޑާއި 275 ކިލޯމީޓަރު ދުރުގައި އޮންނަ ޑަވާއޯ އޮކްސިޑެންޓަލް އަށެވެ.

އެހެން ނަމަވެސް މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައެއް ނުވެއެެވެ.

މި ބިންހެލުން އައުމުގެ ގަޑިއިރުތަކެއް ކުރިން ބަގަންގާ އަށް 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

އެހެންނަމަވެސް މި ބިންހެލުމާއި ގުޅިގެން އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. އެހެން ނަމަވެސް ބައެއް ހިސާބުތަކުގައި ބޭރުގައި އާއި އެތެރޭގައި އުޅޭ މީހުންނަށް އެ ބިންހެލުމުގެ އަސަރު ކުރި ކަމަަށް ބުނެފައި ވެއެވެ.