ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުން މަޖުބޫރު ކުރަމުން ގެންދާތީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި ގިނަ އަދަދެއްގެ އާއްމުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

މުޒާހަރާ ކުރަމުންދާ މީހުން ބުނާ ގޮތުގައި ކޮވިޑުން ދިފާއު ވުމަށް ވެކްސިން ޖެހުން އެއީ މަޖުބޫރު ކަމެއް ކަމަކަށް ނުހެދޭނެއެވެ. ކޮންމެ މީހެއްގެ ހަށިގަނޑަކީ ވެސް އެމީހެއްގެ އެއްޗެއް ކަމަށާއި އެހެން މީހެއްގެ ހަށިގަނޑަށް އެއްވެސް އިދާރާއަކަށް ބާރު ފޯރުވިގެން ނުވާނެ ކަމަށް މުޒާހަރާ ކުރާ މީހުން ބުނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްގެ ވެރިކަމުގައި ސިއްހީ ދާއިރާގެ އިސް މަގާމެއް އަދާކުރި ޑރ.ޕޯލް އެލެގްޒަންޑާ އާއި ވެކްސިން ރިސާޗްގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ޑރ.ރޮބަޓް މެލޮން އާއި އަދި އިތުރު ދިހަ ވަރަކަށް ޑޮކްޓަރުން ވަނީ މިމުޒާހަރާގައި ވާހަކަ ދައްކާފައެވެ. އެހުރިހާ ޑޮކްޓަރުން ވެސް ވަނީ ވެކްސިން ޖެހުން މަޖުބޫރު ނުކުރުމަށް ގޮވާލާފައެވެ.

އެމެރިކާގައި 100 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުނިތަކުގެ މުވައްޒަފުން ވެކްސިން ޖެހުން މަޖުބޫރު ކަމަށް ސަރުކާރުން ނިންމާފައި އޮތް ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމާފައި ވެއެވެ.

އަދި ފެޑްރަލް ސަރުކާރުގެ މުވައްޒަފުން ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް ރައީސް ބައިޑެން ނިންމި ނިންމުމަކަށް އަމަލު ކުރުން ޓެކްސަސްގެ ކޯޓަކުން ވެސް މިހާރު ވަނީ ހުއްޓުވާފައެވެ.

ނަމަވެސް މިހާރު ވެސް އެމެރިކާގެ ބައެއް އޮފީސްތަކުންނާއި ބައެއް ކުންފުނިތަކުން ގެންދަނީ މުވައްޒަފުން ވެކްސިން ޖެހުމަށް މަޖުބޫރު ކުރަމުންނެވެ. ވެކްސިން ނުޖަހާ މުވައްޒަފުން ގެންދަނީ ވަޒީފާ އިން ވެސް ވަކިކުރަމުންނެވެ.

https://twitter.com/FordFischer/status/1485307705485111304?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1485307705485111304%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.rt.com%2Fnews%2F546902-washington-vaccine-mandates-protest%2F

އެމެރިކާގައި ވެސް ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓާއި އެކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރު އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވާ ގައުމަކަށް އަނެއްކާވެސް އެމެރިކާ ވަނީ ވެފައެވެ. މިހާތަނަށް އެމެރިކާ އިން 71.9 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. ކޮވިޑް ޖެހިގެން އެމެރިކާ އިން މަރުވި މީހުންގެ އަދަދު 889,197 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާމިރު

    ޥެކުސިންގެ ޑޯޒްތައް ހަމަކުރިޔަސް މިންޖުވުމެއް ނެތީ ކީއްވެ؟