މިދިޔަ އޮގަސްޓް މަހު ތާލިބާނުން އެ ގައުމުގެ ވެރިކަމާ ހަވާލުވި ފަހުން އަފްޣާނިސްތާނު ސަރުކާރުގެ ކުރީގެ 100 އަށް ވުރެ ގިނަ މެމްބަރުންނާއި އެ ގައުމުގެ ސަލާމަތީ ބާރުތަކާއި ބައިނަލްއަގުވާމީ ސިފައިންނާ އެކު މަސައްކަތް ކުރި ބަޔަކު މަރާލާފައިވާ ކަމަށް އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ތާލިބާނުން މަރާލައިފައިވާ މީހުންނަކީ އެއްވެސް ޝަރުއީ ހަމައެއް ނެތި މަރާލާފައިވާ މީހުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މީހުން ހައްޔަރުކުރުމާއި، ބަޑިޖަހައި، ބިރުދެއްކުމުގެ 44 މައްސަލައެއް ރިކޯޑު ކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 42 މައްސަލައަކީ ތާލިބާނުންގެ ސަބަބުން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ވެސް ބުނެފައިވެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްއައިއެލް އަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ މަދުވެގެން 50 މީހަކު ޝަރުއީ އިމުން ބޭރުން މަރާލާފައިވާ ކަމުގެ ހެކިތަކެއް ވެސް ލބިފައިވާ ކަމަށް ބުނެފައިވެެއެވެ.

މީގެއިތުރުން މަދަނީ ޖަމްއިއްޔާތަކުގެ އަށް އެކްޓިވިސްޓަކު މަރާލާފައިވާ ކަމަށް އދ. ގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭގެތެރެއިން ތިން މީހަކު މަރާލައިފައިވަނީ ތާލިބާނުން ކަމަށާާއި، އައިއެސްއައިއެލްއާ ގުޅުން އޮންނަ އައިއެސްކޭޕީއިން ވެސް ތިން މީހަކު މަރާލައިފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ތާލިބާނުން ވަނީ 10 މީހަކު ވަގުތީ ގޮތުން ހައްޔަރުކޮށް، ބަޑިޖަހައި، ބިރުދެއްކިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކެރޭނެތަ؟؟

    އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން އެކުވެގެން މަރާލާފަވާ ކުށެއް ނެތް މުސްލިމުންގެ އަދަދު ނޭނގޭ..އަދި ކޮބާ ޔަހޫދީން ކޮންމެ ދުވަހު މަރާ މުސްލިމުންނޯ..އެމީހުންގެ ވާހަކަވެސް ތިޔަ އދ އިން ދައްކާބަލަ

    8
    3
    • ކެރޭނެ

      މުސްލިމުން މާ ގިނަ މުސްލިމުން މަރާ.މިސްކިތް ގޮއްވަނީ

      3
      2
      • ކެރޭނެތަ؟؟

        ދުނިޔޭގެ ތާރީހަށް ބަލިޔަސް އެންމެ ގިނަ މީހުން މަރަނީ ކާފަރުން..ފުރަތަމަ ބޮޑުހަނގުރާމަޔާއި 2 ވަނަ ބޮޑު ހަނގުރާމައަށް ބަލާލިޔަސް މިކަން އެނގޭނެ..މުސްލިމުންނެއް ނޫން..ތިއޮތް އިރާޤު ފަލަސްތީން ސޫރިޔާ އަފްޤާން ޔަމަން ފަދަ ޤައުމުތައް ހަނގުރާމައިގެ ހާއްޔަކަށް ބަދަލުކޮށްލީ އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް އަޑީގަ އޮވެގެން..

        3
        1
  2. ނަން

    ތިޔަ އދ އިން މުސްލިމުންގެ އަގު ވެއްޓުމައްޓަކާ ދޮގު ހެކި ހެދުމަކީ ކޮއްފާނެ ކަމެއް
    މަ ގަބޫލެއް ނުކުރާނަން ޔަހޫދީން ދައްކާ ވާހަކަ ތަކެއް

    4
    1
  3. ރަން ރީނދޫ

    ފަރަންޖީންނާއި އެއްބައިވެގެން ތިޔަ އޮފިޝަލުންވެސް ލައްކަ ގިނަ އަފްޣާނިސްތާން މީހުން މަރާލީ. ތާލިބާނުން ރަނގަޅު. މަހީކުރީ މަގުމަތީގައި ލޭގެ ކޯރު ދެމޭނެކަމަށް ތާލިބާނުން ކާބުލް ހިފިދުވަހު. އެކަމަކު ކާމިޔާބީ ގައި ހިތްތިރިކުރިތަން ފެނުނީ.

    3
    1
  4. ލަކްނައު

    ދެން ކުރީގެ އޮފިޝަލުންގެ ބޭނުމެއް ނޯންނާނެ ދޯ. ބޭނުން ނުހިފެންޏާ އަވަހަށް ޑަސްބިނަށް ލާން ޖެހޭނީ. އެއީ ތިމާވެށްޓާއި ރަޙްމަތެރި ގޮތަކީ.

    3
    1
    • ސުންނީ

      ޚަވާރިޖުންނަށް މުސްލިމުންގެ ލެއަކީ އެއްވެސް އަގެއް ނެތް އެއްޗެއް. ތާލިބާނުންނަކީ ޔަހޫދީންނަށް ވުރެ ނުބައި ބައެއް. ނަރަކައިގެ ކުއްތާ.

      1
      2
  5. ސޭކް

    ތާލިބާނުންނަކީ ކަޑަބައެއް.
    ތުނބުޅިއަކާއި ޖުއްބާއެއްލިބުނީމާ ދީންވެރިވީ. މިރާއްޖޭގެވެސް ހާލަތު.

    2
    2
  6. ޙުސައިން

    އެމެރިކާއިން ބޮން އަޅައިގެން އަފުގާނިސްތާނުގެ އެތައްބަޔަކުވެސް މަރާލައިފައުވޭ

    2
    1