އެމެރިކާގެ ބޭންކްތަކުން ހިފަހައްޓާފައިވާ އަފްޣާނިސްތާންގެ ހަތް ބިލިއަން އެމެރިކާ ޑޮލަރުން ބޮޑު ބައެއް އެމެރިކާ އަށް ދިން 11/9 ހަމަލާގެ އަސަރު ކުރި މީހުންގެ އާއިލާތަކަށް ބަހަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމައިފިއެވެ.

އެމެރިކާ އަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ދިން ހަމަލާ އަކީ އޭރު އަފްޣާނިސްތާންގެ ވެރިކަމުގައި އޮތް ޠާލިބާނުންނާއި ވަރަށް ބޮޑަށް ގުޅިފައި އޮތް އަލްގައިދާ ޖަމާއަތުން ދިން ހަމަލާއެކެވެ. އަފްޣާނިސްތާންގެ ވެރިކަމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އަނެއްކާވެސް ޠާލިބާނުން އައުމާއިއެކު އެމެރިކާގެ ނިއުޔޯކް ފެޑްރަލް ރިޒާވް ބޭންކުން ވަނީ އަފްޣާނިސްތާން ސަރުކާރުގެ ހަތް ބިލިއަން އެމެރިކާ ޑޮލަރު ހިފަހައްޓާފައެވެ.

އެމެރިކާގެ ރައީސް ބައިޑެން މިއަދު ވިދާޅުވީ 11/9 ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި އެހަމަލާގެ އަސަރު ކުރި މީހުންނަށް އަފްޣާނިސްތާންގެ ފައިސާ އިން ބޮޑު ބައެއް ދޭނެ ކަމަށެވެ. އޭގެ އިތުރުން ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އައުމުން ހާލުގައި ޖެހިފައިވާ އަފްޣާނިސްތާންގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ވެސް އެފައިސާ ބޭނުން ކުރާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ. ނަމަވެސް މިއެހީ ވެސް ފޯރުކޮށްދޭނީ އެމެރިކާ އިންނެވެ. އެއްވެސް ފައިސާއެއް އަފްޣާނިސްތާންގެ ސަރުކާރަށް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

އެމެރިކާ އަށް 2001 ވަނަ އަހަރު ދިން ނިރުބަވެރި ހަމަލާގައި 2977 މީހުން މަރުވިއެވެ. އެހަމަލާ އާއި ގުޅިގެން އެމެރިކާ އިން އަފްޣާނިސްތާނަށް އަރައި 20 އަހަރު ވަންދެން ކުރި ހަނގުރާމައިގައި އަފްޣާނިސްތާންގެ ކުށެއް ނެތް އެތައް ލައްކަ ބަޔަކު މަރައި، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލުވާލިއެވެ.

އެމެރިކާ އިން ބުނާ ގޮތުގައި އެމެރިކާ ސަރުކާރަށް އަފްޣާނިސްތާން ސަރުކާރުގެ ފައިސާތައް ނަގަނީ 1996 ވަނަ އަހަރު އެމެރިކާ އިން ފާސްކޮށްފައި އޮންނަ ގާނޫނެއްގެ ދަށުންނެވެ. އެގާނޫނު ބުނާ ގޮތުން ގައުމެއްގެ ސަރުކާރުގެ ބައިވެރިވުމާއިއެކު ނިރުބަވެރި ހަމަލާއެއް ދީފިނަމަ އެހަމަލާގެ އަސަރު ކުރި މީހުންނަށް އެގައުމެއްގެ ފައިސާ އިން ބަދަލު ދިނުމުގެ ބާރު އެމެރިކާ ސަރުކާރަށް އޮންނާނެއެވެ.

އަފްޣާނިސްތާންގެ އެތައް ބިލިއަން ޑޮލަރެއް އެމެރިކާ ސަރުކާރަށް ނަގަން ނިންމާފައި މިވަނީ އަފްޣާނިސްތާނަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެމެރިކާ އާއި އަދި އެހެން ގައުމުތަކުގެ ބޭންކްތަކުގައި ހުރި އަފްޣާނިސްތާންގެ ފައިސާތައް ދޫކޮށް ދިނުމަށް ޠާލިބާނުން އެދެމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާ ސަރުކާރުގެ ނިންމުމާއި ގުޅޭ ގޮތުން ޠާލިބާނުން އަދި މިހާތަނަށް ވަކިއެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރެފްރީ

    ޣަނީމާމުދަލަށްހަދާލީދޯ ؟؟

    26
    1
  2. ލަންގޫސް

    150،000 މީހުން މަރާލާފަ 20 އަހަރު ފަހުން އެރަށުން ފައިބައިގެން ދިޔާއީމާވެސް އަދި ނުފުދުން ދޯ. އަދި ޖެހޭ ލާރިބޮނޑި ވެސް ކެވެން. ޔާހޫދީ ބައިވަރު.

    39
    3
  3. ހުވަދު

    އެތިބީ ނުލަފާ ވަގުން. ކަލޭމެން އަފްގާނަށްއަރާ ކިތައް މުސްލިމުން މެރިންތަ؟

    35
    3
  4. ހުސްކުރާސޭލް

    ބައިޑަންގެތިޔަނިންމުމުންމިއެނގުނީ އަފްގާނިސްތާނުގެ ދެރަފަގީރުނިކަމެތި ރައްޔިތުންނަށްވުރެ އެމެރިކާރައްޔިތުން ފަގީރުވެފާނިކަމެތިކަން !!

    36
    3
  5. ހިމް

    މިގޮތަށް އެހެން ސަރުކާރެއްގެ ފައިސާއިން އެމެރިކާއަށް ބަދަލުދެވެންޏާ އެމެރިކާ ސިފައިން ހިންގާ ޖަރީމާތަކުގެ ބަދަލުވެސް އެމެރިކާގެ ރައްޔިތުންގެ ލެއިން ހޯދުމަށް ކޮންމެވެސް ގައުމަކުން ފާސްކޮށްފާނެ. އެކަން ދުނިޔެ ބަލައިގަންނާނެ ތަ؟

    30
    3
  6. ޣަހުމަދު

    ފޭރޭ ކުއްތާތަކެއް މުސްލިމު ގައުމެއްވެއޖިޔާފޭރޭނެ އަނހެނުން ރޭޕުކިރާނެ ކުޑަކުދީންމަރާނެ ޓެރަރިސްޓު އަނިޔާވެރި ގައުމެއް ތިޔައީ

    31
    2
  7. ތުއްތުނާ

    މަށަށްފެންނަނީ އެމެރިކާއައުޓްޖަހައިގެން ހުރިހާދިވެހިންވެސް މުޒާހަރާކުރަން ..

    26
    3
  8. ކޯލްއައިޑީ އެއްރުފިޔާ

    ކޮބާ މިހިރީ ޔަހޫދީ ކާފަރުން މުސްލިމުންނާ ދޭތެރޭ ކަންތައްކުރާގޮތް މުސްލިމުން ރުޅިއަރުވާ އޮރިޔާންކޮއް ހުރިހާ ހައްގަކުން މަހުރޫމުކޮއް އަދިވެސް މިރާއްޖޭގެ ބަޔަކު އެބައުޅޭ އިންޑިޔާ މާރަނގަޅުކޮއްގެން ނަމަވެސް އެމީހުން ދުވަހަކުވެސް މުސްލިމުންނާ ރުހިގަބޫލެއްނުވާނެ އެމީހުން ޝަރީކު ކުރާކަންތައް މުސްލިމުް ގަބޫލު ނުކުރާހާ ހިނދަކު ވީމާ ގައުމުގެ އެންމެ ވެލިފުކެއްގެ މަތީވެސް އެމީހުން ތިބެގެންނުވާނެ ހަމަމިހާރުން މިހާރައް ދިވެހިން އެކައްޗެއް ބުނަންޖެހޭ މީ ވަކިޕާޓީއެއްގެ ޒިންމާއެއްނޫން

  9. ޒަމީރު

    ޓްވިން ޓަވަރަކީ ވެސް އިންސައިޑް ޖޮބެއް، މުސްލިމު ގައުމުތަކަށް އަރައި ސުންނާފަތިކޮށް ލޫޓްވުމަށް ކުޅޭހާ މަކަރު،
    ތި ކާފަރުންތަކަށް ދުނިޔެއާ އާޚިރަތުގަ ހަލާކުހުރި

  10. އިސްމާލު

    ޝުކުރިއްޔާ ބައިޑެން! ތާލިބާނުންގެ ސަރުކާރެއް ނޯންނާނެ. އެއީ އަފްގާނަށް އަރައި ވެރިކަން ފޭރިގަނެގެންް އުޅޭ ޓެރަރިސްޓް ޖަަމާއަތެއް.

    2
    9
    • ބަނބުކޭލޭ

      އެމެރިކާއިން މިވީ 20 އަހަރުގެ ތެރޭގަ އަފްޤާނުންނާއި އިރާޤާއި ސޫރިޔާ ފަދަ ތަންތަނުން ފޭރިގަތް ތެލާއި ގުދުރަތީ ގޭހާއި މައުދަނުގެ އަދަދު ގުނާ އަދަދު ނުކުރެވޭ..އަދި އެވަރުންވެސް ނުފުދިގެން އަފްޤާންގެ ނިކަމެތި ރައްޔިތުންގެ ފައިސާކޮޅުވެސް ފޭރިގަތީ..

      4
      1
    • ހުސެން

      މިކަހަލަ މީހުން ސިކުނޑި ހުންނަނީ ކީއްކުރަންބާއޭ މަ ހިތަށް އަރާ.

      1
      1