ޔޫކްރޭނަށް ހަތިޔާރު ފޮނުވުމުގެ ބަދަލުގޮތުން އެގައުމަށް އިންސާނީ އެހީދޭން ނިއުޒިލެންޑުން ނިންމައިފިއެވެ.

ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ، ހަތިޔާރުގެ ބަދަލުގައި ނިއުޒީލެންޑުން ޔޫކްރޭނަށް ހަމައެކަނި ފޮނުވާނީ އިންސާނީ އެހީ ކަމަށެވެ.

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް މައްސަލަ ކުށްވެރިކުރުމަށް ނިއުޒީލެންޑުން ބައިނަލްއަގްވާމީ މުޖުތަމައާ ގުޅިފައި ވީ ނަމަވެސް، ޔޫކްރޭންގެ އަސްކަރީ ދެކޮޅުވެރިކަމަށް ނިއުޒީލެންޑުން ތާއީދެއް ނުކުރެއެވެ.

އާޑަން ވިދާޅުވީ ރަޝިޔާއާއި ދެކޮޅަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް މަގުފަހިވާފަދަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެގައުމުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމުގައި އެގައުމުގެ އެހެނިހެން ސިޔާސީ ފަރާތްތަކާއި ވެސް މަޝްވަރާ ކުރައްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ޖަޕާން، ނިއުޒިލެންޑް އަދި އޮސްޓްރޭލިއާއިން ވަނީ ޔޫކްރޭންގައި ރަޝިޔާގެ ސިފައިން ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށް މޮސްކޯގެ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ އިރުމަތީ ޔޫކްރޭންގެ ޑޮންބާސް ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހާއްސަ އަސްކަރީ އޮޕަރޭޝަނެއް އިޢްލާން ކުރައްވާފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުތަކާއި، އަސްކަރީ ވައިގެ ބަނދަރުތަކާއި، ވައިގެ އަސްކަރިއްޔާގެ ފައުޖުތައް ބޭނުން ނުކުރެވޭ ގޮތަށް "ހައި-ޕްރިސިޝަން ހަތިޔާރު" ބޭނުން ކުރަމުންދާ ކަމަށެވެ.

ނިއުޒީލަންޑްގެ ޚާރިޖީ ވަޒީރު ނާނިއާ މަހޫތާ ވަނީ ޔޫކްރޭނާއި ދެކޮޅަށް ރަޝިޔާއިން ކުރިޔަށް ގެންދާ އަސްކަރީ ހަރަކާތްތައް ކުށްވެރި ކުރައްވައި، މިއީ ކަނޑައެޅިގެން ބައިނަލްއަގްވާމީ ގަވައިދު ތަކާއި ޚިލާފް އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރީ

    މީ އެންމެ ވިސްނޭ އެއް ގައުމު..

    1
    1
  2. ދުނިޔޭގެ

    ދުނިއޭގައި އެކިގައުމުތަކުގައިލީޑަ ރުންނާއި އެކިފެންވަ ރުގެ
    ވެ ރިން ކިތަމެ ގިނަނަމަވެސް ރައްޔިތުންގެ އަމަންއަމާން
    ކަމަށާއި ސުލްހައަށް އެންމެބޮޑު އިސްކަމެއްދެއްވާލީޑަ ރަކީ ޖެސިންޑާ އާޑަންއެވެ.

  3. ހަމީދު

    ރަޝިޔާ ކުރީމާ ބައިނަލްއަޤްވާމީ ގަވާއިދު ތަކާއި ހިލާފުވަނީ. ކަލޭމެން ކުރީމަ އެ ގަވާއިދު ތަކާ އެއްގޮތްވަނީ. މީ ކިހިނެއް ވާކަމެއްތަ. ކަލޭމެން އެއްބާއި ވެގެން އިރާގާ. ސީރިޔާއާ. އަފްޣާނިސްތާން. ކަޝްމީރު. ފަލަސްތީނު. ބޮސްނިއާ. ރޮހެންގްޔާ. ފަދަ އެތައް ގައުމެއް ފުނޑުފުނޑު ކޮށް ފަހުގެ ތާރީޚު ތަކުގައި ހިންގާފައިވާ އެއްމެ ބޮޑު ގަތުލުއާއްމު ހިންގާފައިވާ އިރު އެނުވޭ އިންސާނުންނަކައްވެސް އެނުވޭ ކުޑަކުދިންނަކައްވެސް އެނުވޭ އަންހެނުންނަކައްވެސް. މިއަދު ރަޝިޔާ އިން ދިން ހަމަލާއެއްގަ ދެޔިން ކުޑަކުދިންނާ ހައެއްކަ މީހުން މަރުވީމަ ދުނިޔެ ކުޑަކަމައް ދުވެނަގަނީ. އެމެރިކާ އެކީ ދުނިޔެ ފަސާދަ ކުރާ ބައެއް. އެމެރިކާ ވަނީ ދޮގުހަދައިގެން އިިރާގައް އަރާ އިރާގުން އެކަނިވެސް ދެ މިލިޔަން މުސްލިމުން މަރާފައި އޭގެ ތެރޭ ވިހި އިންސައްތަ އަކީ ކުޑަކުދިން. އަނިޔާވެރި ބައެއް.

    3
    2