ޔޫކްރެއިންގެ ރައްޔިތުން އެ ގައުމުގެ ހުރިހާ ސިޓީތަކެއްގައި ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ދެމިތިބުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ގޮވާލައްވައިފިއެވެ.

ރަޝިއާ އިން ޔޫކްރެއިނަށް އަރައި އެ ގައުމު ހިފުމަށް މަސައްކަތް ކުރާ އިރު، މިހާތަނަށް ޔޫކްރެއިނުން 2،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. މި ހަނގުރާމައިގައި ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރާ ބައެއް ސަރަހައްދުތައް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ފޭސްބުކް ޕޭޖަށް ޕޯސްޓު ކުރެއްވި ވީޑީއޯ މެސެޖެއްގައި ޒެލެންސްކީ ވިދާޅުވީ ދުޝަމުނުން ޔޫކްރެއިން ކޮންމެ ސިޓީއަކަށް އެރި ނަމަވެސް އެ ސިޓީތަކުގެ ރައްޔިތުން އެކަމާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށެވެ.

"މަގުތަކަށް ނުކުމެ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައި ހަމަލާދޭން ޖެހޭ،" ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔޫކްރެއިން ރައްޔިތުން ދުޝްމަނުންނާ ގައުމު ހަވާލެއް ނުކުރާނެއެވެ.

"އަތުގައި ހަތިޔާރެއް ނެތީސް، އެމީހުންގެ ބަޑި ޖަހައިފި ނަމަ، ދުއްވައި ނުގަންނާތީ. މި ތަން ހިފަން އުޅޭ އުޅުމަކީ ވަގުތީ ކަމެއް. ޔޫކްރެއިންގެ ރައްޔިތުން ފަހަތަށް ނުޖެހޭތި،" ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ ދުޝްމަނުންނާ ދެކޮޅަށް ޔޫކްރެއިން ރައްޔިތުން ދައްކަމުން އަންނަ ހިތްވަރު ފާހަގަކޮށް އެ ރައްޔިތުންނަށް ތައުރީފް ކުރައްވައިފައެވެ.

"އެމީހުން ގޮވަމުން ދަނީ ގެއަށް ދިއުމަށް. މަސައްކަތް އެ ކުރަނީ އެމީހުން އަހަރުމެންގެ ބިމުން ބޭރު ކުރަން." ހަނގުރާމަ ފެށުނު ފަހުން އެތައް ވީޑިއޯ މެސެޖެއް ދެއްވާފައިވާ ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް 16،000 ވޮލަންޓިއަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޔޫކްރެއިން ރައްޔިތުންނާއި ޔޫރަޕްގެ އެކިއެކި ގައުމުތަކުގެ ރައްޔިތުން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ޔޫކްރެއިން ދޫކޮށް ވަނީ ގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަޒީ

    އަޞްލުގައި ދުޝްމަނަކީ މީނައެވެ. މީނަ އިސްތިޢުފާދީފައިނަމަވެސް ޤަވްމާއި ރައްޔިތުން ސަލާމަތްކުރަން އެބަ ޖެހެއެވެ.

    4
    1
  2. ބާބޫ

    ކަލޭތީ ޔަހޫދީ އިޒްރޭލަށް ތާއީދުކުރާ ޕަޕެޓެއް..........ކަލޭމެން ނަގޫ ގޮއްޖެހި ތިރިވެ، އަވަދިވުން މޮޅު އިތުރު..............

    5
    1
    • މުހައްމަދު

      ޕޫޓިން އެއީ މުސްލިމެއްތަ؟

  3. ކާފަބޭ2020

    ދޮންބަފާއަޅާނުލީދޯ؟ އެމީހުންގެމުޅިސިސްޓަމް ރޭވިފައޮންނާނީ ދޭދޭޤައުމުތައްޖެއްސުމާ ދެފާރާތަށްހަތިޔާރުވިއްކުމާއި އެއްކޮޅެއް ނަގައިގެން މައިދާނަށް ދަރާއިޕެޓްރޯލުއަޅާއެންދުން ހިލޭއެހީގެ ނަމުގައި ލޯނުދީހަތިޔާރުފޯރުކޮށްދިނުން ދެންވާނެހައެތިއެދަނީ ބާރަށްކުރިޔަށް އެތައްބަޔަކުދުނިޔޭންވަކިވީ އިމާރާތްތައް ފުނޑުފުނޑު ޢުމްރާނީގޮތުންޤައުމުއެތަކެއްއަހަރު ފަހަތަށްދިއުން އަނެއްކާ ހަމައެމީހުންއަތުންލޯނުނަގަންޖެހުނީ ޤައުމުއާރާސްތުކުރަން! ސަޅިވިޔަފާރިއެއްދޯ؟

    4
    1
  4. އަބުދުﷲ

    މީ ކަހަލަ ޖޯކު މޮޔައެއް ވެރިޔަކައް ލުމަކީ ޔުކުރޭން އައް އަދަބުހައްގުކަމެއް.!!! ހަމަ ހަނަފަސް ސަހަރާއަކައް ހަދާފަ . މިކަހަލަ މީހުން ޑިމޮކްރަސީގެ ނަމުގަ ވެރިންނައް ގެންނަން ނުވާނެކަން ދުނިޔެއަށް އަންގަންވީ.