އެމެރިކާ އާއިއެކު އިނގިރޭސިވިލާތުން އަފްޣާނިސްތާނާއި އިރާގަށް އަރައި އެދެގައުމުގެ ވެރިކަން ވައްޓާލައި ކުރެވުނު ކަންކަމަކީ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް އެދުވަސްވަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ހުންނެވި ޓޯނީ ބްލެއާ ވިދާޅުވެއްޖެއެވެ.
"ބީބީސީ" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ބްލެއާ ވިދާޅުވީ 11/9 ހަމަލާއަށް ފަހު އަފްޣާނިސްތާނާއި އިރާގަށް އެރުން އެއީ އެހާލަތުގައި ކުރަން ޖެހިގެން ކުރި ކަމެއް ކަމަށެވެ. "ވަރަށް ގިނަ މީހުން ބުނީ އަފްޣާނިސްތާނާއި އިރާގަށް އެރުން އެއީ ގޯސް ނިންމުމެއް ކަމަށް. އެކަމަކު އަހަރެން އެކަން ގަބޫލެއް ނުކުރަން. އެއީ އެހާލަތުގައި ނިންމުނު ރަނގަޅު ނިންމުމެއް." ބްލެއާ ވިދާޅުވިއެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުގެ ސިފައިން އަފްޣާނިސްތާނާއި އިރާގުގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ޒިންމާ ބްލެއާ ނަގަން ޖެހޭނެ ކަމަށް ބުނެ ދާދިފަހުން ވެސް ބަޔަކު ވަނީ ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. ޕެޓިޝަންގައި ސޮއި ކުރި މީހުން ވަނީ ބްލެއާ ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގަން ގޮވާލާފައެވެ.
2016 ވަނަ އަހަރު އާއްމުކުރި ތަހްގީގު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިރާގުގައި ނިއުކްލިއާ ހަތިޔާރު އެބަހުރި ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ސިފައިން އިރާގަށް އެރީ އެގޮތައް މައުލޫމާތު އާއްމު ކުރަން އިންޓެލިޖެންސް ރިޕޯޓްތައް ގަސްދުގައި ތައްޔާރު ކޮށްގެންނެވެ.
އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިލިއަނަކާއި ކައިރި ކުރާނެ ކަމަށް ތަފާސް ހިސާބުތައް އެއްކުރާ ފަރާތްތަކުން ބުނެއެވެ. އެދެގައުމަށް އެމެރިކާ އާއި އިނގިރޭސި ސިފައިން އަރައި ފެށި ހަނގުރާމައަށް ފަހު ސިފައިން ދެގައުމު ދޫކޮށް ފޭބި ނަމަވެސް އަދިވެސް އެދެގައުމަށް ހަމަޖެހުން ގެނެވިފައެއް ނުވެއެވެ. މިހާރުވެސް ކޮންމެ ދުވަހަކު ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު އަންނަނީ މަރުވަމުންނެވެ.
އާޚިރަތްދުވަހު ކަލޭމެން ނަރަކައިގެ ތެރޭގައި އަނދަމުންދާއިރުގައި ވެސް ތިހެން ބުނަން ކެރޭނެތަ؟ ޢިރާޤާއި އަފުޣާނިސްތާނުން ކަލޭމެން މަރާލާފައިވަނީ ކިތައް މުސްލިމުންކަން އެނގޭތަ؟ އެއިން ކޮންމެ މީހަކު ކަލޭމެންގެ މައްޗަށް އާޚިރަތްދުވަހު ދަޢުވާކުރާނެ. އެދުވަހުން ކަލޭމެންނަށް ޙައްޤުވެގެންވާ އަޒާބު ލިބޭނެ.
ލަދުހަޔާތްކުޑަ މީހެއް! އިރާޤާއި އަފްޣާނުގެ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންގެ ލޭ ބޮއިގެން އިން ޑްރެކިއުލާއެއް ތިއީ!
ކަލޭ މަރުވީމަ ތިކަން ވ ރަނގަޅު ކަމެއްގެ ގޮތުގަ ދައްކަވާނެ... އިންސާފުން ރައްކާވެ ފިލައިގެން ނުހުރެވޭނެ... މުޅި ގައިގަ ކުށެއްނެތް އެތައް ބައެއްގެ ލޭ...
ޝުކުރިއްޔާ ބްލެއާ!
އެތައް ބިލިޔަން ޑޮލަރެއް ކޮޅު ގޮހޮރަށް ކަހާލެވުނު ވިއްޔާ،އަދި އެ ވެސް އެތައް މިލިއަން މުސްލިމުން ނެއް މަރާލާފަ،އެހެން ވީމާ އެކުރެވުނީ ވަރަށް މޮޅު ކަމެއް.ދޮން މީހުންނަކީ އަސްލު ބާބޭރިއަނުން. ވީމާ ހެވެއް ނުބައެއް ވަކިކުރަން ނޭނގޭނެ.
ޔާﷲ މިކަލޭގެ ހިތުގެ ހަމަޖެހުން ގެންދަވާދޭ. ދުނިޔެ ދަތިކުރައްވާދޭ
އެހެންވީއްޔާ ކަލޭމެން ދުނިޔެ ކުޑަކޮއްލާފަ ރަޝިޔާ އާ ދެކޮޅަށް ދުވަނީ ކީއްވެ. މިފެންނަނީ ބޮޑެތި ނިރުބަވެރިންނަކީ. ނިކަން ބައްލަވާ. މިމީހުން މުސްލިމުންގެ ތެރެއަށް ބޮމާ މިސައިލް ގޮއްވާ މުސްލިމުން މެރިޔަސް އަދި މުސްލިމުންގެ ގެތަކާ މުދަލުގައި ހުޅުޖެހިޔަސް އެނުވޭ ޓެރަރިޒަމް އަށް. މުސްލިމުންގެ ކުޑަކުދިން މެރިޔަސް އެނުވޭ ކުޑަކުދިންގެ ހައްގެއް އޮތްކަމަކަށް. މުސްލިމުންގެ އަންހެނުން ރޭޕުކޮށް މެރިޔަސް އެނުވޭ އަންހެނުންގެ ހައްގެއް އޮތްކަމަކަށް. އެނުވޭ ޓެރަރިޒަމް އަކަށް. އެކަމަކު މުސްލިމުން އޭގެ ބަދަލު ހިފުމަށް މިއިން ޔަހޫދީ އަކަށް ނުވަތަ ނަސާރާ އަކަށް ނުވަތަ ހިންދޫއެއްގެ ފަޔަށް ކައްޓެއް ހަރާލިޔަސް އެވަނީ ޓެރަރިޒަމް އަށް. އެ މުސްލިމަކު ވަނީ ޓެރަރިސްޓަކަށް. މި ވެރިންގެ މިގަތުލު އާއްމަށް ނުރުހި މިއިން ޔަހޫދީ އަކަށް ނަސާރާ އަކަށް ހިންދޫ އަކަށް ރުޅި އައްނަ މުސްލިމަކު ވެއްޖެއްޔާ އެއީ ހަރުކަށި ފިކުރުގެ މީހަކަށްވީ. އަނެއްކާ މުސްލިމުންނަކަށް ނޯވޭ ޓެރަރިސްޓު ކަނޑައަޅައި ޓެރަރިސްޓު ލިސްޓު ކުރެވޭކަށް. އަދި ޔަހޫދީންނާއި ނަސާރާ އިންނާ މުޝްރިކުން މުސްލިމުންނަށް ރުޅިއައިސް މުސްލިމުން މަރާ ހުސްކުރަން ގޮވައި މުސްލިމުންނަށް ކިތައްމެ ގެއްލުމެއް ދީނަށް މިމީހުން ހަރުކަށި ކުރުމުގެ ހައްގެއް ވެސް މުސްލިމުންނަކަށް ނޯވޭ. ޓެރަރިޒަމް ކަނޑައެޅުމާ ޓެރަރިސްޓުން ކަނޑައެޅުމާ ހަރުކަށި ފިކުރު ކަނޑައެޅުމާ ހަރުކަށި މީހުން ކަނޑައެޅުން އޮއްނަން ޖެހެނީ ޔަހޫދީންނާ ނަސާރާ އިންނާ މުޝްރިކުން އަތުގަ. މިއީ ކޮންކަހަލަ އިންސާފެއްތޯ؟
ރަނގަޅުވާނެތާ އެ ދެގައުމަށް އަރާ ކުރީ ހުސް ވައްކަން. ތެޔޮ ވަޅުތަކާ މައުދަންތައް ވަގަށް ނެގި ވަރު ހިސާބު ވެސް ނުކުރެވޭނެ.
މިކަލޭގެ މޫނު މަތިން ފާޅުވަނީ ބިރު ވެރި ހަރުފައެއްގެ ސިފަ.
އި ރާގާއި އަފްޣާނިސްތާނުގައި އެމެ ރިކާ އާއި ޔޫކޭ ގުޅިގެން
ހިންގި ގަތުލު އާންމު ކުށްވެ ރިކު ރަމެވެ އަދި އެ
ހަނގު ރާމަ ތަކުގައި އެ ގައުމުތަކަށް ލިބުނު ގެއްލުން
ތަކާއި މަ ރާލެވުނު މީހުންނާއި ނައްތާލެވުނުމުދާތައް އަގުކު ރެވި
ތަހްގީގާއި ޝަ ރީ އަތް ހިންގަންޖެހެއެވެ.
އަހަރެން ވެސް ތިކަމުގަ ބްލެޔާރ ކޮޅު.އިސްލާމިކް ޓެރަރިޒަމް އަކީ މާ ބިރުވެރި ކަމެއް