ާގެ ޣޫޠާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށިތާ މިއަދަށް ހަފްތާއެކެވެ. އެންމެ ހަފްތާއެއްގެ ތެރޭގައި 500 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އިތުރު އެތައް ހާސް ބަޔަކުވަނީ އެކި ޒަޚަމްތަކާއި ވޭނާ ކުރިމަތިލާން ޖެހިފައެވެ. ޞިއްޙީ އެހީދޭ ތަންތަނަށް ބޮން އަޅާއިރު، އެދެވޭ ފަރުވާއެއް ލިބޭނެ ގޮތެއްވެސް ނެތެވެ.

2011 ވަނަ އަހަރުން ފެށިގެން، ސީރިޔާގެ އެކި ޝަހަރުތައް ސުންނާފަތިވަމުން އަންނައިރު، ޣޫޠާ ސުންނާފަތިވާން މިވަނީ ފަށާފައެވެ. ތެދު ތެދަށް ބުނަނީނަމަ، އެޝަހަރުވެސް ސުންނާފަތިވެއްޖެއެވެ.

ކޮންމެ ދުވަހެއްގެ އިރާއިއެކުވެސް ޣޫޠާއިން އެކި ފޮޓޯތައް ދަނީ މީސްމީޑިޔާއަށް އަންނަމުންނެވެ. ކޮންމެ ފޮޓޯއަކުންވެސް އެތައް ހާސް އަސަރެއް ކުރުވާއިރު، ޙަޤީޤީ މައިދާނުގެ ޒައްރެއްގެ މިންވަރުގެ އިހުސާސްވެސް، އެންމެ ފޮޓޯގަނޑަކުންވެސް ނުކުރެވޭނެކަން ޔަޤީނެވެ.

ޒަޚަމްވެ ލެއިން ތަތްތެޅިފައިވާ ކުދިންގެ ފޮޓޯތަކާއި، މައިންބަފައިން ވަކިވެ، ޔަތީމުވެފައިވާ އެތައް ކުދިންނެއް ފޮޓޯއެވެ. އަޅާލާނެ މީހެއް ނެތި، ޒަޚަމްވެފައިވާ އެތައް ބައެއްގެ ފޮޓޯތަކެވެ. އެތައް ދުވަހަކުން ކޮޅަށް ނެގި، ގޯތި ވެއްޓި ފުނޑުފުނޑުވެފައިވާ ފޮޓޯތަކެވެ.

ބައެއްގެ އަމިއްލަ ފައިދާއަށް ކުރަމުންދާ ކަންތައްތަކެއްގެ ސަބަބުން، އިތުރު އެތައް ހާސް ބަޔަކަށް އެކަމުގެ ވޭނާއި ކެކުޅުން ތަހަންމަލު ކުރަން ޖެހިފައިވާއިރު، މިކަމުން މިންޖުވުމުގެ މަގެއްވެސް ފެންނާކަށް ނެތެވެ.

ޣޫޠާގެ މަޝްރަހު ކުރުކޮށް

ޣޫޠާއަށް ދެމުންދާ ހަމަލާތައް 30 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްތިފާޤަކުންވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް، އެއެންގުމަށް އެއްވެސް ފަރުވާލެއް ނެތި، ސީރިޔާގެ އަސްކަރިއްޔާއިން ދަނީ ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙަބޭޝް

  މިހަނގުރާމައިގެ ޙަޤީޤީ މަގުޞަދަކީ ކޮބައިބާ؟

 2. ޙަފްޞާ / މާލެ

  ތިޔައީ ރައްޔިތުންގެ މައްސަލައެއް! ހުޅަގުން ބޭނުންވަނީ ޢަރަބި ޤަވްމުތަކުގެ ވެރިންނަށް ހުޅަގުހެ ޕަޕެޓުން ބޭތިއްބުން! ހުޅަގުގެ ވަސްވާހަށް ހެއްލިގެން އަސަދުގެ ވެރިކަން ވައްޓާލުމަށް ކުރާ މަސައްކަތުގެ މޭވާ ތިޔައީ! ހުޅަގުގެ ވަސްވާހަށް ހެއްލި ރައްޔިތުން ނުކުމެ ތިމާމެންގެ ލީޑަރު ދުއްވަލި ޢިރާޤު ، ލީބިޔާ ތިމީސްމީހުނަށް ޢިބްރަތަކަށް ނުފުދުނު! އަސަދު ދުއްވަލެވިދާނެ! ދެން ތިޔަތަން ވަނީ ޢިރާޤު ލީބިޔާފަދަ ނަރަކަޔަކަށް! ދިމިސްޤަކީ ބަޣުދާދަކީ މުސްލިމުންގެ ވަރުގަދަ ޙަޟާރަތްތައް އޮތް ތަންތަން! ތިމަމެންގެ އަތުން ތިޔަ އެތަންތަން ވީރާނާކުރަނީ!

 3. އާދަނު

  ހައްދަވައި ބޮޑުކުރައްވާ ރަސްކަލާކޮ! ޣޫޠާއަށް އިބަރަސްކަލާނގެ ތަނަވަސް ރަޙްމަތުން ރަޙްމަތް އިތުރު ކުރައްވާނދޭވެ!

 4. ޞާޚޫޜޫ

  ކަލޭމެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހި އުޅެބަ ދޯ ކީއްކުރަން ތަނަތަނަށް ބޯކޮށްޕާންވީ؟ ބަލަގަ ނުފެނޭތަ ގައުމަށްޓަކާ ޑިމޮކްރަސީ ވަމުންދާ ނަފްސުގެ ޖިހާދު؟ ؟؟؟

 5. Anonymous

  ޖިހާދު ފަރުޞު ޢައިނަކަށް އަދިވެސް ނުވަނީތޯ؟

 6. ކަނދޮޅު

  މިތިބީ ހުޅަގުގެ ހައިވާނީ ލަސްކަރު ތަކުން ޅަދަރިން މުސްކުޅިން މަރަމުން ހެމުން މުސްލިމު ގައުމުތަކުގެ ވެރިން ގެ މަދަދާ އެކުހިންގާ ޖަރީމާއެވެ

 7. އަޙްމަދް

  ޖިހާދު ކުރުމަކީ ޝަރުޢުގައި ކަނޑައެޅިފައިފާ އަޅުކަމެކެވެ
  އަޅުކަން ވާޖިބުވާނީ އެކަމަށް ކަނޑައެޅިފައިވާ ޝަރުޠު ތަކަކާއި ވެސް ލައިގެންނެވެ
  މިސާލަކަށް ފަރުލު ނަމާދެއް (މެންދުރުނަމާދު) ކުރުމަށްޓަކާވެސް ޝަރުތު ތަކެތް ފުރިހަމަވާންޖެހެއެވެ
  އެގޮތުން ބުއްދި ސަލާމަތުން ހުރުން
  ބާލިޣްވުން، ވަޤުތުވަނުން، މިހެންގޮސް ބައިވަރު ޝަރުޠުތަކަވެ، ވީއިރު ޖިހާދުކުރަން ދާން ދަލީލެއްނޫން އެއީ ފެއްނަ ވީޑިއޯ ތަކާއި ފޮޓޯތަކަކީ!
  އެހެން ކަމުން ޖިހާދުކުރުމަށް ވެސް ދަލީލު ބަޔާންވެގެން ވަނީ قران އަާއި ރަސޫލަާ صلى الله عليه وسلمގެ ޠާހިރު ސުއްނަތުގައެވެ.
  އަޙުންނޭވެ ﷲގެ ވަޖްހުފުޅު އަދައިގެން ޖިހާދު ކުރަންބޭނުން ވާނަނާ މިދެމަސްދަރަށް ރުޖޫޢަވެ ޢިލްމު ހާސިިލުކުރަން ވާޖުބުވެގެން ވެއެވެ.
  ޢިލްމާއި ނުލާ ކިހިއްނެއްތޯ ﷲ އަށް އަޅުކަން ކުރާނީ؟.
  ތަނެއްދޮރެއްނުބަލާ ޖޯޝާއި ފޯރީގައި ތިމަތިމާމެންނައި ނުބެހޭ ހަނގުރާމަތަކުގެ ތެރެއަށް ވަދެގަތުމަކީ އެއީ ﷲ އަށްޓަކާ ކުރެވޭ އަޅުކަމެކޭ ބުނާނީ ނުވަތަ ބުނެވޭނީ ކޮން ކޮން ހަމަޔަކޮންތޯ!؟