• މި އަހަރުގެ އެންމެ ބޮޑު އެއް ޖައްވީ ހިލަ މި މަހު ދުނިޔެއާ ކައިރިކުރާނެ ކަމަށް ނާސާގެ ސެންޓާ ފޯ ނިއަރ-އާރތް ސްޓަޑީޒްއިން ހާމަކޮށްފިއެވެ.
  • މި އެސްޓްރޮއިޑް އަށް ނާސާއިން ދީފައިވާ ނަމަކީ 418135 (2008 އޭޖީ33) އެވެ. ނާސާގެ ސެންޓާ ފޯ ނިއަރ-އާރތް ސްޓަޑީޒް (ސީއެންއީއޯއެސް) ގެ ޑޭޓާތަކަށް ބަލާއިރު، ސްޕޭސް ރޮކް ދުނިޔެއާ އެންމެ ގާތުން މިސްރާބު ޖަހާނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ މެންދަމު 2:46 ގައި ޔޫޓީސީ ގައެވެ.
  • ދުނިޔެއާ ދެ މިލިއަން މޭލު ދުރުން މި ހިލަގަނޑު ދަތުރުކުރާއިރު މިއީ ކައިރި ރާސްތާއެއް ކަމަށް ނާސާއިން ބުނެއެވެ. ހަނދު އެވްރެޖްކޮށް ދުނިޔެއާ 238،000 މޭލު ދުރުގައި ހުންނައިރު، މާރސް އަކީ ދުނިޔެއާ 140 މިލިއަން މޭލު ދުރުގައިވާ ޕްލެނެޓެކެވެ.

2008 އޭޖީ33 އަކީ 1083 ފޫޓާއި 2428 ފޫޓާ ދެމެދުގެ ފުޅާމިނެއް ހުންނަ ހިލަގަނޑެކެވެ. އަދި އެސްޓްރޮއިޑްގެ މަތީ އަންދާޒާ އަކީ އެންމެ ސައްހަ އަންދާޒާ ކަމުގައި ވާނަމަ، އޭގެ މާނައަކީ 2008 އޭޖީ33 އަކީ ދެ އެމްޕަޔަރ ސްޓޭޓް ބިލްޑިންގ ހާ ބޮޑު ހިލަގަނޑެކެވެ. އޭގެ ފުޅާމިން 1083 ފޫޓަށް ވުރެ ބޮޑު ނަމަ އޭގެ މާނައަކީ ޕެރިސްގައި ހުންނަ އައިފެލް ޓަވަރާއި ހިލަގަނޑު ވާނީ އެއް ބޮޑުމިނެކެވެ.

ނާސާގެ ޑޭޓާބޭސްއިން ހާމަކުރާ ގޮތުގައި، ފުޅާމިނުގައި 1.1 މޭލަށް ވުރެ ބޮޑު ޖައްވީ ހިލަގަނޑެއް އަދިވެސް ދުނިޔެ އާއި ކައިރިޔަށް އަންނަނީ ދަތުރުކުރަމުންނެވެ.

މީގެ ކުރީގައިވެސް އެތައް ފަހަރެއްގެ މަތިން ދުނިޔެ އާ ކައިރިޔަށް ބޮޑެތި ހިލަގަނޑުތައް ވަނީ ދަތުރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަ

    އެރިކާގެ ޔަހޫދީންނަކީ ދޮގާމަކަރާ ހީލަތުން ދުނިޔޭގައި އުޅޭބަޔެއް. ހުރިހާކަމެއް އެނގެނީ މިމީހުންނަށް ކަމަށް ދެކޭބައެއް.

    6
    2