ރަޝިޔާއިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް އައިސްފައިނުވާއިރު، މަރިއުޕޯލްގެ އަޒޮވްސްޓަލް ސްޓީލް ޕްލާންޓްގައި ތިބި މީހުންނަށް ފާއިތުވެގެންދިޔަ ދުވަސްތައް ވެގެން ދިޔައީވެސް ބިރުވެރި ދުވަސްތަކަށެވެ. އެތަނުގައި އެތައް ބަޔަކު ތާށިވެފައިވެސް ތިއްބެވެ. އެ މީހުންގެ އަތުން ކާނެ އެއްޗެހިވެސް ހުސްވެ، ފެން ހޯދަން ނުކުންނަ މީހުން މަރާލާނެ ކަމުގެ ބިރުވެރިކަންވެސް އޮތެވެ. އެފަދަ ހާލެއްގައި އެތަނުގައި ގިނަބަޔަކު ތިބިއިރު، އެތަނުން 100 އެއްހާ މީހުން ސަލާމަތްވެ، މިދިޔަ އަންގާރަ ދުވަހު ވަނީ ޝޮޕިންގ ސެންޓަރަކަށް ވަނީ ގޮސްފައެވެ.

ހިސާރުކޮށްފައިވާ އެ ޕްލާންޓްގައި ފާއިތުވި ހަފްތާތަކުގައި ކުރެވުނު ތަޖުރިބާތަކުގެ ވާހަކަ ބައެއް ފަރާތްތަކުން ވަނީ މީޑިއާތަކަށް ކިޔައިދީފައެވެ.

އެގޮތުން އެތަނުގެ ކޮލިޓީ ކޮންޓްރޯލް ސައިޓުގައި މަސައްކަތް ކުރަން އުޅުނު އުމުރުން 54 އަހަރުގެ އެރީނާ ޓްސިބުލްޗެންކޯ ބުނީ އެތަނުން ހިޔާވަހިކަން، ހޯދީ ބޮން ގޮއްވުމުގެ ސަބަބުން އޭނާގެ ގެދޮރު ހަލާކުވެ، އެ ސިޓީގައި ފެން މަދުވަމުން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި ޕްލާންޓްގެ ތެރޭގައި ފެން ލިބުނު ވެސް ނުރައްކާ ބޮޑުކަމަށް ބުންޏެވެ.

"އެމީހުން ބޮން ގޮއްވާލާ ކޮންމެ ސިކުންތެއް ފަދައިން. ހުރިހާ އެއްޗެއް ގުޑައިގެން ދާ ކަހަލަ. ކުއްތާތައް ގޮވާ އަޑާއި، ކުޑަކުދިން ހަޅޭއްލަވާ އަޑު ވަރަށް ބާރަށް އިވޭ".

"އެކަމަކު އެންމެ އުނދަގޫ ވަގުތު ކޮޅަކީ އަޅުގަނޑުމެންގެ ބަންކަރަށް ބޮމެއް އަމާޒުވެއްޖެނަމަ ސީދާ ސަލާމަތް ނުވެވޭނެ ކަން އަޅުގަނޑުމެންނަށް އެންގުމުން". އޭނާ އިތުރަށް ކިޔާދިނެވެ.

އޮފިޝަލަކު ވިދާޅުވީ އަޒޮވްސްޓަލް ސްޓީލް ޕްލާންޓަށް ބުރާސްފަތި ދުވަހުގެ ރޭވެސް ވަރުގަދަ ހަމަލާތަކެއް ދެމުން ގޮސްފައިވާ ކަމަށެވެ.

އެތަނުގެ ހާލަތު ސިފަ ކުރަމުން ބުރާސްފަތި ދުވަހުގެ ހެނދުނު މަރިއުޕޯލްމޭޔަރުގެ މުޝީރެއް ކަމަށްވާ ޕެޓްރޯ އަންދްރިއުޝްޗެންކޯ ވިދާޅުވީ، މިހާރު ދުނިޔޭގައި ނަރަކައެއް ހުރިނަމަ އެނަރަކަ އޮތީ އަޒޮވްސްޓަލްގައި ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ރޭގަނޑު ވެސް ހުއްޓުމެއް ނެތި ބޮން ގޮއްވުމާއި ހަމަލާތައް ދިނުން ކުރިއަށްގެންގޮސްފައި ވެއެވެ.

އަދި ހަމަލާދޭ ސިފައިން ތިބީ އެ ޕްލާންޓް ވަށާލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންޑްރިއުޝްޗެންކޯ އިތުރަށް ވިދާޅުވީ ޕްލާންޓް ކައިރީގައި ދިރިއުޅެމުންދިޔަ މީހުންނަށް "އިންޒާރެއް ދިނުމެއް ނެތި އަމިއްލައަށް އެތަންތަނުން ނުކުންނަން" ޖެހުނު ކަމަށެވެ.

"މަރިއުޕޯލްގައި މިނިވަންކަމުގެ އެންމެ ފަހު 11 އަކަ ކިލޯމީޓަރު (ހަތަރު އަކަ މޭލު) ވަނީ ނަރަކައަށް ބަދަލުވެފައި،" އޭނާ ވިދާޅުވިއެވެ.

އެ ޕްލާންޓްގެ އެތެރޭގައި ތިބި ހަނގުރާމަވެރިން އިއްޔެ ބުނެފައިވާޮގޮތުގައި، ރަޝިއާ ސިފައިން އެ ޕްލާންޓްގެ ވަށައިގެން ވާ ފާރު މަތިން އަރައިގެންފައިވެއެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފައިވާގޮތުގައި، މަރިއުޕޯލްގައި ހުންނަ އަޒޮވްސްޓަލް ސްޓީލް ޕްލާންޓްގައި ހުރި ޔޫކްރެއިންގެ ޔުނިޓްތައް ނައްތާލުމުގެ މަސައްކަތް ރަޝިޔާ ސިފައިން ކުރަމުންދާ ކަމަށެވެ.

"ރަޝިޔާއިން ފޯކަސް ކުރަމުންދަނީ އަޒޯވްސްޓަލް ސަރަހައްދުގައި ހުރި އަޅުގަނޑުމެންގެ ޔުނިޓްތައް ބްލޮކްކޮށް ހަލާކުކޮށްލުމަށް މަސައްކަތް ކުރުމަށް. ޕްލާންޓްގެ ކޮންޓްރޯލް ނެގުމުގެ ގޮތުން މަތިންދާ ބޯޓްތަކުގެ އެއްބާރުލުމާއެކު އަސްކަރިއްޔާއިން ވަނީ ހަމަލާ ދޭން އަލުން ފަށާފައި،" އަސްކަރިއްޔާގެ އެންމެ ފަހުން އާއްމު ކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. أحمد

    މިއަދު ކަލޭމެން ނަރަކަމަތިން ހަނދާންވެއްޖެތާދޯއެވެ.

    22
    2
  2. އަބްދުﷲ

    ތިކަހަލަ ބަސްތައް ބޭނުން ކޮއްގެން ހަބަރު ލިޔަން ހެޔޮނުވާނެ ކޮއެފުޅާ...

  3. ޕޫޓިން އެންޑް ސަރްގުއޭ ލަވަރޯވް

    ހަމަލާދޭންފެށީ އަންގާފަ އާންމުފަރުދުން ބޭރުކުރަން
    ވަގުތުދިން ޔޫކްރެއިންގެ ނާޒީ ހަނގުރާމަވެރިންތިބީ
    ބަންކަރު ތަކުގައި ފިލައިގެން އަމާންދީފަ އަމިއްލަ ފުރާނަސަލާމަތްކުރަން ފުރުސަތު ރަޝިއާއިންދިން އެކަމަކު އަމިއްލައަށް މަރުވާންވެގެން އަމާންނުދީ ގައްޑާވީ..ދެންބަލާތި ރަމްޒާން ކަދިރޯވްގެ މުސްލިމުންގެ ފައުޖުން ކަލޭމެންނަށް ކޮށްލާނެހާލު

  4. ބޯކިބާ

    ތިތަނުން ކަލޭމެން ނިކުންނާށޭ، ރަޝިއާއިން އަންގާތާ ތިންހަފްތާ ވެއްޖެ، މިހާރު އަނެއްކާ ރަޝިއާ ގޯސްމިވީ.