މިހާރު ގިނަ ގައުމުތަކުން ފެނިފައިވާ މަންކީ ޕޮކްސްގެ ވޭދަނަތައް އިސްރާއިލް އާއި ސްވިޒަލޭންޑުން ފެނިއްޖެއެވެ. މިއާއެކު މި ބަލި ފެނުނު ގައުމުތަކުގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

އެ ދެ ގައުމުންވެސް ބުނީ، ގައުމުން ދަތުރު ކުރި މީހަކަށް ބަލި ޖެހިފައިވާކަން ދެނެގަނެވިފައިވާ ކަމަށެވެ. އިސްރާއީލުން ބުނީ ޝައްކު ކުރެވޭ އެހެން ވޭދަނަތައް ބަލަމުން އަންނަ ކަމަށެވެ.

ޔޫރަޕާއި އެމެރިކާ އާއި ކެނެޑާ އަދި އޮސްޓްރޭލިއާގައި ދާދި ފަހުން ފެތުރެން ފެށި ވައިރަހަށް މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.

މި ބައްޔަކީ މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ދުރު ހިސާބުތަކުގައި އާންމު އެއް ވައްތަރެއްގެ ވައިރަސް އެކެވެ.

ބީބީސީގެ ރިޕޯޓްތައް ބުނާގޮތުގައި، މި ރޯގާގެ ސަބަބުން ސައިންސްވެރިންނަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް، މިއީ ފަސޭހައިން މީސްތަކުންގެ މެދުގައި ފެތުރޭ ވައިރަހެއް ނޫނެވެ. އަދި އާންމުންގެ މެދުގައި މި ބަލީގެ ނުރައްކާ ކުޑަ ކަމަށް ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް އިން ބުނާ ގޮތުގައި މި ބަލި ޖެހޭ މީހުންނަށް މާބޮޑުވަރެއް ނުވާ ކަމަށާއި، ގިނަ މީހުން މަދު ހަފުތާތަކެއްގެ ތެރޭގައި ރަނގަޅުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ބުނެފައިވާގޮތުގައި، އެ ބައްޔަށް ޝައްކުކުރެވޭ އިތުރު 50 ވޭދަނައެއް ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ ކޮން ގައުމުތަކެއްގެ ވޭދަނަކަން ހާމަނުކޮށް ޑަބްލިވްއެޗްއޯ އިން ބުނީ ބަލިޖެހިފައިވާ މީހުންގެ އަަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖސކއ

    alhamdulillah

    1
    1
  2. ގަނޑިޔާ!!!

    ޔަހޫދީންގެ ޖައްބާރުންނަށް މީގެން ޢަޒާބު ދެއްވާފާންދޭވެ. އާމީން!

    2
    1
  3. މުހަންމަދު އަލީ

    ކޮމެންޓް ތަކައް ސާބަސް!!
    ނޭގުނަސް، ދިވެހިރާއްޖެ އައް ވެސް މިބަލި އަންނާނެ! އައިމަ، އިންޑިޔާ މީހުން އަލްހަމްދުލިއްލާހި އޭ ބުނީމަ ތާހިރު ވާނެ!
    ދެން ދިވެހިން ރޯންފަށާނެ، އެމެރިކާ އިންޑިޔާ، ނޫނީ އިޒްރެއިލް އަތުން ވެކްސިން ދޭތޯ!!!