އުމުރުން 11 އަހަރުގެ ކުދިން ސްކޫލަށްދާއިރު، ނެޕީ ޖަހާތީ ސުވިޒަލޭންޑުގެ ބައެއް ޓީޗަރުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ސުވިޒަލޭންޑު ސްކޫލް ޓީޗަރުން އެގޮތަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ވަކި ކުދިންތަކެއް އެގޮތަށް އެކަން ކުރާތީ، އެހެން ކުދިން ވެސް އެކަން ކުރަން ފެށުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ޓީޗަރުން ވަނީ ޝަކުވާ ވެސް ހުށަހަޅާފައެވެ.

އޭގެ ޖަވާބުގައި ސުވިޒަލޭންޑުގެ ޓީޗަރުންގެ ފެޑެރޭޝަންގެ އިސްވެރިޔާ، ޑަގްމާ ރަސްލާ ބުނެފައިވަނީ މިހާރު 4 އަހަރުން މަތީގެ ކުދިން ސްކޫލަށް އަންނަ ކަމަށާއި އެހެން ކަމުން ނެޕީތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ނަމަވެސް 11 އަހަރުގެ ކުދިން ނެޕީ ޖަހައިގެން ސްކޫލަށް އައުން އެއީ ގޯސް ކަމެއް" އޭނާ ބުންޏެވެ.

އޭނާ ބުނެފައިވަނީ އެކަން އިތުރުވުމަކީ ވެސް އެއީ ވަރަށް ވެސް ދެރަވަރު ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކުރަމުން އަންނަނީ ސިއްހީ ގޮތުން ދިމާވެފައިވާ މައްސަލައަކާއި ގުޅިގެންކަން މިހާތަނަށް ވެސް އެނގިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް، އެކުދިން އެގޮތަށް ސްކޫލަށް އަންނާތީ އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނުމަށާއި ޓީޗަރުން ޓީޗަރުންގެ ގޮތުގައި ތިބެގެން ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ކުދިންގެ ބެލެނިވެރިންނާއި ވާހަކަ ދައްކަން ޖެހޭނަމަ އެކަން ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ސުވިޒަލޭންޑުގެ ބޮޑެތި މީހުން ވެސް އުޅެންވާނީ ނެޕީ ޖަހައިގެންނެވެ. އެއީ އެމީހުންނަކީ ނަޖިހުން ތާހިރުނުވާ ބަޔެއް ކަމުގައި ވާތީއެވެ. ވަސްމީރު ސެންޓު ނުޖަހާ ނަމަ އެމީހުންގެ ގައިން ދުވާނީ ނަޖިސް ވަހެވެ. ޔޫރަޕުގެ ޣައިރު މުސްލިމުންނަށް ރަނގަޅުވާނީ އެމީހުންގެ ކުދި ބޮޑު އެންމެން ނެޕީ ޖަހައިގެން އުޅުނީމައެވެ.