ސްވިޒަލޭންޑްގައި މޫނު ބުރުގާ އެޅުން މަނާކޮށް، މޫނުބުރުގާ އަޅާ މީހުން 1000 ޑޮލަރު (ގާތްގަނޑަކަށް -/15400 ރުފިޔާ) އިން ޖޫރިމަނާ ކުރާ ގޮތައް ނިންމައި އެކަމާއި ގުޅޭ ބިލް ގާނޫނު ހަދާ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.

ސްވިޒަލޭންޑްގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ފޮނުވި ބިލްގައި މޫނު ބުރުގާ އެޅުން މަނާކުރި ނަމަވެސް ބައެއް ހާލަތްތައް އިސްތިސްނާ ކޮށްފައި ވެއެވެ. އެގޮތުން ޑިޕްލޮމެޓުން މޫނުބުރުގާ އެޅުން އަދިވެސް ހުއްދަ ވާނެއެވެ. އޭގެ އިތުރުން މޫނު ނިވާކުރަނީ ސިއްހީ ސަބަބެއް އޮވެގެން ކަމަށްވާނަމަ، ނުވަތަ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކަމުގައި ވާނަމަ ނުވަތަ މޫސުމީ ކަމަކާއި ގުޅިގެން ކަމުގައި ވާނަމަ މޫނުބުރުގާ އެޅުމުގެ ހުއްދަ އޮންނާނެއެވެ.

ނަމަވެސް އެނޫން ހާލަތެއްގައި އާއްމުތަނެއްގައި މޫނުބުރުގާ އެޅުން މަނާ ވާނެއެވެ. މޫނުބުރުގާ އެޅުން ހަމައެކަނި ހުއްދަ ވާނީ އަޅުކަން ކުރާ ތަންތަނުގައި ކަމަށް ގާނޫނު ހަދާ މަޖިލީހަށް ފޮނުވި ބިލްގައި ބުނެފައި ވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ ހަމައެކަނި މުސްލިމުންނަށް ހާއްސަކޮށްގެން މިފަދަ ބިލެއް އެކުލަވާލުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ސްވިޒަލޭންޑްގެ ސަރުކާރުން ބުނާ ގޮތުގައި މިބިލްގެ މަގުސަދަކީ ވަކި ދީނެއްގެ މީހުންނަށް ފިޔަވަޅު އެޅުމެއް ނޫނެވެ. މިބިލްގެ މަގުސަދަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށް ސްވިޒަލޭންޑްގެ ސަރުކާރުން ބުނެއެވެ.

ފަހަކަށް އައިސް ހުޅަނގުގެ ގައުމުތަކުން އަންނަނީ މޫނުބުރުގާ މަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ފްރާންސްގައި ވެސް މޫނުބުރުގާ އެޅުން މިހާރު އޮންނަނީ މަނާ ކޮށްފައެވެ. ފްރާންސްގައި މޫނުބުރުގާ އަޅާ މީހުން ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލަށް ވެސް ލައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަހުމަދު

    ދީނުގައި އޮތް ގޮތް އެއީ ރަނގަޅުގޮތް. މޫނުބުރުގާ އެޅަން ބޭނުން މީހުނަށް އެ ފުރުސަތު އޮންނަންވާނެ

    28
    5
    • ޖުހާ.

      އެންމެހައި މުއުމިނުންނަށް އަންގަވާފައި ނެތްކަމެއް ދީނުގެ ވާޖިބުތަކުގެ ތެރެއަށް ލައިގެން ތިއަކުރާ ކަމަކީ ފިތުނަ އުފެއްދުން.

      2
      3
  2. އަހުމަދު

    ޖުހާ މޮޔަނުގޮވާ. ﷲ އަކީ އެންމެ ހިކުމަތްވަންތަ ފަރާތް. އެފަރާތަށް ވުރެ ހިކުމަތްތެރި ކަމަތް ހެދިގެން އުޅޭނީ ހަމަ ގަމާރުން

  3. Anonymous

    ބުރުގާވެސް އަޅާނެކަމެއްނެތޭ

  4. ޖޫސް

    ޖުހާއަށް ތިއެނގިފައިތީ ނުބައިކޮށް މޫނުބުރުގާ އަޅައިގެން ވެސް ނަމާދުހުއްދަހާލަތުހުރޭ

  5. ތެދު

    ހެދުން ލާނެ ކަމެއްވެސް ނެތް.

    13
    4
  6. ހައްދުންމަތި

    ކަލޭ ތިހިރީ ވާރަގަޅަށް މަގުފުރެދިފަ... ދީނޭ ކިޔާ މީހާއަށް ދީނުގައި ކަންއޮތްގޮތް އެގޭ ބޭ؟

  7. ހަމަ ފައްކާ ޖުހާއެއްތީ

    ހިލޭ ފިރިހެނުން ތިބޭ ތަންތާގައި މޫނު ނިވާ ކޮށްގެން ކުރާ ނަމާދު ޞައްޙަ ވާނެ. އަދި ތަވާފު ވެސް. ދީނީ ޢިލްމު ވަރަށް ފުޅާ ވާނެ. އެއީ ހަމަ ެއެކަނި އަލި ާާބާ އެއް ނޫން.

  8. މަބުނީ

    ނަމާދާއި ހައްޖުގަ ކުރިމަތިލަނީ ތިމާ ހެއްދެވި ފަރާތަށް..މޫނު ބުރުގާ އަޅައިގެން މަގުތަކަށް ނުކުންނަ އަންހެނުން ނުކުންނަނީ ހިލޭ ފިރިހެނުންގެ ކުރިމަށްޗަށް..ތަފާތަކީ މީ.މުސްލިމު އަންހެނާއަށް ދީނުގަ މަނާ ނުކުރޭ މޫނުބުރުގާ އަޅުމެއް..ވީމާ ބޭނުން މީހަކު އަޅަންވީ..ބުއްދިއެއް ފިގުހެއް ނެތީކީ ނޫން..މީ އުއްމަހާތުލް މުއުމިނީން އުޅުއްވި ގޮތްކޮޅު..ވީއިރު އަހަރެމެންވެސް އެގޮތަށް ކޮޕީ ނުކުރަން ޖެހޭ ސަބަބެއްނެތް..ޔޫރަޕް މީހުން އަޅާފަދަ އޮރިޔާން ނިވާނުވާ ހެދުން އަހަރެމެންގެ ބަޔަކު އަޅާއިރު އެގޮތަށް ފާޑުނުކިޔާ މޫނުބުރުގާ އެޅީމަ މައްސަލައަކަށް ވާންޖެހޭ ސަބަބެއް ނެތް..

    25
    3
    • ސަލީމު.

      އުމްރާވާއިރު އެތާ ތިބެނީ ހުސް އަންހެނުންތޯ. ތަވާފުކުރާއިރު ހުސް އަންހެނުންތޯ ތަވާފުކުރަނީ. ސިކުނޑިން ހިރަފުސް ފޮޅާބަލަ.

      3
      7
      • މަބުނީ

        ބަލަ ސަލީމު ތިކިޔަނީ ވަކި ހާއްސަ ނިޔަތަކާއި އެކު ވަކިތަނަކަށް އެއްވެގެން ކުރާ އަޅުކަމެއްގެ ވާހަކަ..ތިފަދައަޅުކަމެއް ކުރާއިރު ކަމާކަންފަށާ އެތާ އެއްވެ ތިބޭ އަންހެނުންގެ މޫނަށް ބަލަންތަ މިދަނީ އުމުރު ހޭދަކޮށްގެން އެއްކުރާ ފައިސާ ހަރަދުކޮށްފަ...ކުރާ އަޅުކަމެއްގެ ހާލަތާއި އެނޫން ހާލަތްތަށް އެއްގޮތްވާނެ ކަމަށް ދެކޭނަމަ ހިރަފުސް އަރާފަ ހުރި ހިރަފުސް ފޮޅަން ޖެހޭ ސިކުނޑިއަކީ ކޮބާކަން ވ.ސާފު.

        3
        1
  9. ޖުހާ ދޮންބައްޕަ

    ހައްޖު އުމްރާ ފަދަ އަޅުކަންތައް ކުރުމުގައު މޫނު ނިވާ ކުރުން ހުއްދަ. ހުސް އަންހެނުން ތިބޭ ތަނެއްގައި ނަމާދު ކުރާނަމަ މޫނު ނިވާ ނުކުރިޔަސް ނެތް މައްސަލައެއް. އިސްލާމްދީނުގެ ކަންކަމުގައި ވާނުވާނޭގި ތިމާ ހިތުހުރި ގޮތަކައް އިސްލާމްދީނުގެ ކަންކަމުގައި ވާހަކަ ދެއްކީމަ ތިމާ ފާފަވެރިވޭއެވެ.

  10. ޝައިޚް

    "އުއްމަހާތުލް މުއުމިނީން" އާ ދިވެހި އަންހެނުން އެއްގޮތްކުރަންތަ "މަބުނީ" ތިޔަ އުޅެނީ؟ އެކަމެއް ނުވާނެ! ކީރިތ ރަސޫލާއަށްފަހު އެކަނބަލުން މީހުންނާއިނުންވެސް ޙަރާމް! ދިވެހި އަންހެނުންވެސް އެފަދަތަ؟

    5
    2
  11. ސޭޓު

    މައްކާގެ ހަރަމްފުޅުގައި ވެސް މޫނު ބުރުގާ އެޅުން މަނާ. ގޯ އެންޑް ޗެކް.

  12. މަބުނީ

    އަހަރެންގެ ކޮމެންޓުގަ އޭނީ އުއްމަހާތުލް މުއުމިނީން އުޅުއްވި ގޮތްކޮޅަށް މުސްލިމު އަންހެނުންވެސް އުޅުމަށް..އެބޭކަނބަލުންގެ ފަރާތްފުޅުން ނަމޫނާ ލިބިގަތުމަކީ އޮތްކަމެއް.އެގޮތަށް އުޅެވޭތޯ މަސައްކަތް ކުރުމަށްވެސް ދީން ބާރުއަޅާ..އެބޭކަނބަލުންނަށް ކަމެއް ހަރާމްވުމުން އޭގެ މާނައެއް ނޫން އެއީ އެބޭކަނބަލުންގެ ފަރާތްޕުޅުން ނަމޫނާ ލިބިނުގަތުން...އަދި ފަހަރެއްގަވެސް ދިވެހި އަންހެނުންނާއި އެބޭކަނބަލުން އެއްފަދަ ކުރަނީއެއް ނޫން..އެބޭކަނބަލުންނާ އެއްފެންވަރެއް ނުވާނެކަން އެނގޭ..ލިޔެފަ އޮތް އެއްޗެއް އެއޮތީ ސާފުކޮށް ފެންނަން.

  13. މަބުނީ

    ބަލަ ސަލީމު ތިކިޔަނީ ވަކި ހާއްސަ ނިޔަތަކާއި އެކު ވަކިތަނަކަށް އެއްވެގެން ކުރާ އަޅުކަމެއްގެ ވާހަކަ..ތިފަދައަޅުކަމެއް ކުރާއިރު ކަމާކަންފަށާ އެތާ އެއްވެ ތިބޭ އަންހެނުންގެ މޫނަށް ބަލަންތަ މިދަނީ އުމުރު ހޭދަކޮށްގެން އެއްކުރާ ފައިސާ ހަރަދުކޮށްފަ...ކުރާ އަޅުކަމެއްގެ ހާލަތާއި އެނޫން ހާލަތްތަށް އެއްގޮތްވާނެ ކަމަށް ދެކޭނަމަ ހިރަފުސް އަރާފަ ހުރި ހިރަފުސް ފޮޅަން ޖެހޭ ސިކުނޑިއަކީ ކޮބާކަން ވ.ސާފު.

  14. ޢަހުމަދު

    ނަންސް އަޅާ މޫނު ބުރުގާ އަޅަން ފަށާ.. ދެންވާ އެއްޗެއް އިނގޭނެނު.