މިހާރު ބައެއް ގައުމުތަކުގައި ފެތުރެމުން އަންނަ މަކުނު ވިދުރި (މަންކީޕޮކްސް ވައިރަސް) އަކީ މުޅި ދުނިއެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ސިއްހަތާ ބެހޭ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިއްހަތާ ބެހޭ ޖަމުއިއްޔާގެ އެންމެ އިސްވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެތުރެން ފެށި ކޮވިޑް-19 ބަލިމަޑުކަމުންް އަދިވެސް އަރައިނުގަނެވޭކަމަށެެވެ.

ދުނިޔެއަށް އެތައް ބަލިމަޑުކަމެެއްގެ ސަބަބުން ގޮންޖެހުން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެެރޭގައި އަލަށް ފެތުރޭ މަކުނު ވިދުރިއާ، އެބޯލާ އަދި އެކިއުޓް ހެޕަޓައިޓެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޔޫކްރެއިން އަދި ޔަމަނުގައި ކުރަމުންދާ ހަނގުރާމައަކީވެސް ދުނިޔެއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އަދި ހަނގުރާމައާއި ފަޤީރުކަމާއި ތަފާތުކުރުންތަކުގެ ސަބަބުން އެތައް މިލިޔަން މީހުންނަކަށް އެ ކަމުގެ އަސަރު ކޮށްފައިވާކަމަށްވެސް ގެބްރިޔޭސުސް ވިދާޅުވިއެވެ.

މަކުނު ވިދުރިއަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ނެތެވެ. ބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއަށް ފަހު، ގިނަމީހުން ބަލިން ރަނގަޅުވެއެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ބަލީގެ އުދަނގޫތަކަށް ފަރުވާކުރުމާއި، ދިމާވާ އުނދަގޫތަކަށް ފަރުވާކޮށްގެން، އިތުރަށް ގޯސްވިޔަނުދިނުމަށެވެ.

އެކަށޭނަ ވަރަށް ދިޔާތަކެތި ދިނުމާއި، ތަދާއި ރިހުންތައް ލުއިކޮށްދިނުން އަދި ސެކަންޑަރީ ބެކްޓީރިޔަލް އިންފެކްޝަން އަށް ފަރުވާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެންޓިވައިރަލް އެއް ތައްޔާރުކުރެވި ހުއްދަ ދެވިފައިވީނަމަވެސް، ފަސޭހައިން ލިބެން ނުހުރުމާއި، އަދި ހަމައެކަނި ދިރާސާކުރުމުގެ ނިޔަތުގައި ބޭނުންކުރެވޭތީ އާންމުކޮށް މިބޭސް މަކުނު ވިދުރި ފަރުވާގައި ބޭނުންކޮށެއް ނޫޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދް

    އަނެއްކާ އަނެއް ސިއްހީބިރުވެރިކަން!
    މިހާރު ހުއްނާނެ ވެކްސިނާއި ބޭސްވެސް ތައްޔާރުކޮއްފައި.
    މިގޭމުގެ އަޑީގައި ވެކްސިންދާދަ ބިލްގޭޓްސް ހުނާނެ…….

    10
  2. ޖުހާ.

    މިއީ ހަމަ ދައްޖާލު. އަވަހަށް ގައުމުތައް ލޮކްޑައުން ކޮށްގެން ބަނޑަށް ޖައްސާފަ ބޫސްޓަރ ޑޯޒާއެކު ދިހަ ޑޯޒް ޖަހަން އަންގާ.

  3. 😐😐😐

    ކަލޭމެނކީ ދުނިޔެއަށްއޮތް ނުރައްކަލެއް

  4. ރީމް

    ވެކްސިނަށް ރެޑީވަނީ
    މިފަހަރުވެސް ހަމަ ބުނާއިރަށް ކިއު ހަދާފަގޮސް ޖަހާނެ. އަހަރެން ސަލާން އިންޝާ ﷲ