އިންޑިއާގެ މަނިޕޫރްގެ ނޯނޭ ޑިސްޓްރިކްޓްގައި ބިންގަނޑު ކަނޑައިގެން ގޮސް ގެއްލުންވި ޓެރިޓޯރިއަލް އާމީ ކޭމްޕްއިން މަރުވި މީހުންގެ އަދަދު 24 އަށް އަރައިފިއެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ސިފައިންގެ އެ ކޭމްޕްއިން 13 ސިފައިންގެ މީހަކާއި، ފަސް އާއްމު ސަލާމަތް ކޮށްފައިވެއެެވެ. އެހެން ނަމަވެސް 38 މީހަކު އަދިވެސް ފެނިފައި ނުވާ ކަމަށް ވެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި، ޓޫޕުލް ޔާޑް ރޭލްވޭ ހަދަމުންދާ ސަރަހައްދު ކައިރީގައި ހުންނަ ޓެރިޓޯރިއަލް އާމީ ކޭމްޕްގައި ބިންގަނޑު ކަނޑައިގެން ގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މިހާރު ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ގާފުނިތައް ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުމުގެ މަސައްކަތް ކުރަމުންނެވެ.

"ވާރޭ ވެހުމާއި އެހެނިހެން ކަންކަމުގެ ސަބަބުން އޮފިޝަލުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، ވައިގެ މަގުންވެސް އެ ސަރަހައްދު ދަނީ ބަލަލުން ގާފުނިތަކުގެ ދަށުގައި ވަޅުލާފައި ތިބި މީހުން ތިބިކަން ދެނެގަތުމަށް،" ރަސްމީ ބަޔާނުގައި ބުނެފައި ވެއެވެ.

މަނިޕޫރުގެ ޗީފް މިނިސްޓަރު އެން ބިރެން ސިންގް، ސިފައިންނާއި ސިވިލް އޮފިޝަލުންނާއެކު ހުކުރު ދުވަހު ވަނީ ކާރިސާ ހިނގި ސަރަހައްދަށް ވަޑައިގެންފައެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާއަށް ކޮންމެ މީހަކަށް 5 ލައްކަ ރުޕީސް އަދި އަނިޔާވި މީހުންނަށް 50،000 ރުޕީސްގެ ބަދަލެއް ދޭނެ ކަމަށް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު