އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ސިޔަސީ ލީޑަރެއްކަމަށްވާ ޕީ ސީ ޖޯޖް ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މިއުޒިއަމް ފުލުހަށް ރެޖިސްޓަރކޮށްފައިވާ އެ މައްސަަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މުއްދަތު ޖެހުމަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އޭނާ ކޯޓަށް ގެންދާނެ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

ޖޯޖް އާ ގުޅޭގޮތުން ބަޔާން ދިން އެހެން މައްސަލައެއްގެ ތުހުމަތު ކުރެވޭ އަންހެނަކު ބުނެފައި ވަނީ، ޖޯޖް އޭނާއަށް ގުޅާފައި، ރަން އެތެރެ ކުރި ކަމަށް ބުނާ މައްސަލައަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ތިރުވަންތަޕޫރަމްގައި ސަރުކާރުގެ ގެސްޓް ހައުސްއަކަށް މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ގެންދިޔަ ކަމަށެވެ. އަދި އެތަނުގައި ޖިއޯޖް އޭނާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެފައި ވެއެވެ. އޭގެ ފަހުންވެސް އޭނާ އެކި މެސެޖްތައް ކޮށް ހަދާ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލާގައި ޖޯޖް ވިދާޅުވެފައިވާގޮތުގައި، އެތަނުގައި އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައެއް ނުވެއެވެ. އަދި އޭނާއާ ގުޅޭގޮތުން ހުށަހަޅާފައި ވަނީ "ފޭކް" މައްސަލައެއް ކަމަށް ވިދާޅުވެފައި ވެއެވެ.

"މި މައްސަލައިގެ ފަހަތުގައި ރޭވުމެއް އެބައޮތް". ގެސްޓް ހައުސްގައި ހުއްޓާ ފުލުހަށް ގެންދިއުމުގެ މަގުމަތީގައި އޭނާ ވަނީ ވިދާޅުވެފައި ވެއެވެ.

ޖޯޖް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރަން އެތެރެކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ ސްވަޕްނާ ސުރޭޝްއާ ގުޅޭގޮތުން އޭނާ ކުރި ތުހުމަތުތަކަށް ސުވާލު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާނޭ

    ހަރުބީ ކާފަރުން އުޅޭ ތަންތަނުގައިވެސް މިކަހަލަ ކަންކަން ކުރީމާއި ހައްޔަރު ކުރޭ. ނަމަވެސް އަދުން ހުސޭނުމެން އަދިވެސް މަޖިލީހުގައި ފާޓް ފުޅާކޮށްފައި މީހުނަށް ފުރައްސާރަ ކުރުން ހުއްޓައެއް ނުލައި ގްރޫޕް ސެކްސް ހެދުމުން ޑިގްރީ ހާސިލް ކުރިއިރުވެސް އަދުން ހުސޭނު ހަމަ ބަރާބަރު.

  2. ހުސެންބެ ބ

    ރާއްޖެ އިން ދެނީ އިއްޒަތާއި ހިމާޔަތް