ސައުދީ އަރަބިއްޔާ އިން މަކުނު ވިދުރި (މަންކީޕޮކްސް) ފެނިއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާ އިން ފުރަތަމަ ފަހަރަށް މީހަކު މަކުނު ވިދުރިއަށް ފައްސިވެފައިވާ ކަމަށެވެ. އޭނާ އަކީ ބޭރު ގައުމަކުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް އައި މީހެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފައްސިވި މީހާއަށް ސިއްހީ ފަރުވާ ދެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. ނަމަވެސް އޭނާގެ މިހާރުގެ ހާލަތާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ބަޔާނުގައި ނެތެވެ.

ހެލްތު މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މަކުނު ވިދުރިއަށް ފައްސިވި މީހާ އާއި ބައްދަލުވި ހުރިހާ އެންމެން މަކުނު ވިދުރިއަށް ޓެސްޓް ކުރުމަށް މިހާރު ސުންކު ނަގާފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެއިން އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން އިތުރަށް ވިދާޅުވީ މަކުނު ވިދުރި ޖެހޭ މީހުންނަށް ފަރުވާ ދިނުމާއި، ބަލި ފެތުރޭން ފަށައިފި ހާލަތެއްގައި ބަލި ކޮންޓްރޯލް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވެސް ވެފައިވާ ކަމަށެވެ.

މިހާރު ގިނަ ގައުމުތަކުން ފެންނަމުންދާ މަކުނު ވިދުރި ގިިނައިން ފެނިފައިވަނީ ސެކުސުއަލް ހެލްތު ކްލިނިކަށް ޒިޔާރަތްކުރި ފިރިހެނުންގެ ފުށުންނެވެ. މިފިރިހެނުންނަކީ އެއްޖިންސުން ގުޅުންހިންގާ މީހުންކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން މިބަލި ފެނުން އިތުރުވަނީ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ.

އިންސާނުންގެ ތެރޭގައި މަކުނު ވިދުރި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހާގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލާ ނިޒާމަށް ގޮސްގެންނާއި، ބަލިމީހާގެ ހަމުގައި ނަގާ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ހޭކި، ކޭތި ނޫނީ ޖެހުމުންނާއި، ބަލިމީހާ ބޭނުންކުރާ ހެދުން ފަދަ އަންނައުނާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ. މީގެ އިތުރުން ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅަށް ނޫނީ ބަނޑުގައި އޮއްވައި ތުއްތު ދަރިފުޅަށް ފޫޅުގެ ޒަރީޢާއިން ބަލި ވާޞިލްވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި އުފަންވާއިރު މަކުނު ވިދުރި ޖެހިފައިވުމަކީ ގާތް ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ ބަލީގެ އަލާމާތްތައް ފެންނަ ދުވަސްވަރު ގައެވެ.

މަކުނު ވިދުރިއަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ނެތެވެ. ބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއަށް ފަހު، ގިނަމީހުން ބަލިން ރަނގަޅުވެއެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ބަލީގެ އުދަނގޫތަކަށް ފަރުވާކުރުމާއި، ދިމާވާ އުނދަގޫތަކަށް ފަރުވާކޮށްގެން، އިތުރަށް ގޯސްވިޔަނުދިނުމަށެވެ. އެކަށޭނަ ވަރަށް ދިޔާތަކެތި ދިނުމާއި، ތަދާއި ރިހުންތައް ލުއިކޮށްދިނުން އަދި ސެކަންޑަރީ ބެކްޓީރިޔަލް އިންފެކްޝަން އަށް ފަރުވާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މަކުނު ވިދުރިއަށް އެންޓިވައިރަލް އެއް ތައްޔާރުކުރެވި ހުއްދަ ދެވިފައިވީނަމަވެސް، ފަސޭހައިން ލިބެން ނުހުރުމާއި، އަދި ހަމައެކަނި ދިރާސާކުރުމުގެ ނިޔަތުގައި ބޭނުންކުރެވޭތީ އާންމުކޮށް މިބޭސް މަކުނު ވިދުރި ފަރުވާގައި ބޭނުންކޮށެއް ނޫޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތޫރި

    ނޫން ނޫން ސައޫދީއަރަބިޔާއިން ތިފަދަބައްޔެއްފެނިދާނެހެންހީއެއްނުވޭ ؟

    1
    1
    • ކެކެކެ

      ހަބަރު ރަނގަޅަށް ކިޔާފަ ރޮއެގަނެބަލަ..ވާނުވާ އެނގޭނީ އޭރުން..

    • އާދަމް އެންޑް ހައްވާ

      ސުޢޫދީ އަރަބިއްޔާގައި ނަޞާރާއިންވެސް އުޅޭ. އަދި ގޯސް މީހުންނާއި ރަގަޅު މީހުންވެސް އެސޮސައިޓީގައި އުޅޭ.

  2. ގައިދުރު

    މީ ހުސް ދޮގު.އިންޑިޔާއިން މުސްލިމުންގެ އަގު ވައްޓަން ކުރާ ކަންކަން މީ ހުސް.ސިޔަރަތު އަޑު ނާހަންތަ

  3. ކޮރަލް

    ތިޔާ ޖެހިގެން ދެން އޮތް ހަބަރަކީ އިޒްތޭލް އަށް ވައިގެ މަގު ހުޅުވި ވާހަކަ އެވެ .