ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު އިސްރާއީލަށް ބޭނުންކުރުމުގެ ހުއްދަ ދޭން ސައުދީ އަރަބިއްޔާ އިން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ޖީއޭސީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެއޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ހުރިހާ ގައުމެއްގެ ވައިގެ އުޅަނދުތަކަށް ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އިސްރާއީލްގެ ފްލައިޓްތަކަށް ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ބޭނުން ކުރެވޭ ގޮތް ހަދަން މިނިންމީ މިއަދު އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ. ބައިޑެން މިހާރު ހުންނެވީ އިސްރާއީލްގައެވެ. ބައިޑެން ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެމެރިކާ އާއި އިސްރާއީލްގެ ގުޅުން ބަދަހިކުރުވުން ކަމަށް ކުރިން ވެސް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު އިސްރާއީލަށް ހުޅުވާލި ނަމަވެސް އަދި ދެގައުމުގެ ދެމެދުގައި ޝެޑިއުލް ފްލައިޓްތައް ކުރުމަށް ނިންމާފައެއް ނުވެއެވެ. އަދި ޑައިރެކްޓްކޮށް ދެގައުމުގެ ދެމެދުގައި ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި އިސްރާއީލްގެ މުސްލިމުން ހައްޖަށާއި އުމްރާއަށް ކުރާ ދަތުރުތަކެވެ. މިހާތަނަށް އިސްރާއީލްގެ މުސްލިމުން ހައްޖަށާއި އުމްރާއަށް ދާން ޖެހެނީ އިސްރާއީލުން އެހެން ގައުމަކަށް ދިއުމަށް ފަހު އެގައުމަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްގެންނެވެ.

ސައުދީ އަރަބިއްޔާގެ ވެރިކަމުގެ ބާރުތައް ވަލީއަހްދު މުހައްމަދުގެ އަތްދަށަށް ދާން ފެށިފަހުން އިސްރާއީލާއި ސައުދީ އަރަބިއްޔާ އިން ހާރިޖީ ގުޅުން ގާއިމުކުރުމާއި ދިމާއަށް ކަންކަން ދާކަމަށް ތަޖުރިބާކާރުން ކުރިން ވެސް އައީ ވިދާޅުވަމުންނެވެ.

އެމެރިކާގެ ރައީސް ކަމުގައި ޑޮނަލްޑް ޓްރަމްޕް ހުރިއިރު އަރަބި ގައުމުތަކާއި އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމު ކުރުމަށް ގިނަ މަސައްކަތްތައްކޮށް، ބައެއް ގައުމުތަކާއި އިސްރާއީލާއި ގުޅުން ބަދަހިކޮށް ވިޔަފާރީގެ އެއްބަސްވުންތައް ވެސް ހަދާފައިވެއެވެ. ބައިޑެން ވެސް ވެރިކަމަށް އައިސް ޓްރަމްޕްގެ އެމަސައްކަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނުނން

    ޕީޕީ ކުދިންކޮޅު ކެރޭނެ ތޯ ސައުދީ އައުޓް ގޮވަން ؟؟؟؟

    10
    20
    • ޕެޓްރޯ-ޑޮލަރ

      ޕީޕީ ޑީޕީ ނުވިއަސް އަދި އެއްވެސް ޕާޓީއެއްގައި ނުހިމެނުނަސް މުސްލިމެއްގެ ހައިސިއްޔަތުން ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމާއި ދެކޮޅު. ސައުދީއެއް ޢުރްދުންނެއް މިޔަކު ނޯންނާނެ. އާލްސުޢޫދު އާއިލާ އަކީ އިސްލާމީ އުއްމަތުގެ ދުޝްމަނުން، ޢައްދާރުން، ހަރުބީ ކާފިރުންގެ އެހީތެރިން. ް

      13
      1
    • ޢާމިރާ

      ސަޢޫދީ މިލިޓްރީވެސް މަޖުލިސް ހުއްދައަކާނުލާ ލިމިޓެއް ނެތި ރާއްޖެއަށް ގެންނަން ފެށީތަ؟

      2
      2
    • ބެއްޔާ

      ސައޫދީ އައުޓް ކުރަން ޕީޕީ ކުދިން ގޮވަންޖެހޭ ސަބަބެއްނެތް. އެފަދަ ސަބަބެއް އޮވެއްޖެނަމަ ގޮވަން ކެރޭނެ.

  2. ތުއްތުނާ

    ސައޫދީޔަހޫދީ ނޭޓޯ ނެތިކުރައްވާށި

    22
    2
    • ހެޔޮދުއާ

      އާމީން

      12
      2
  3. ހުސޭނުބޭ

    ޢަރަބި ވެރިންނަކީ ހަމަ ސީދާ ދެފުއްކެހެރިން

    22
    3
  4. އަހުމަދު

    ވަރަށް ހިތާމަވެރި ހަބާރެއް

    33
    2
  5. އަލްއިބްތިސާދު

    އިސްރާއީލު މިހާރު އޮތްގޮތުންނާއި ދުނިޔޭގެ ބޮޑެތިބާރުތަކުން ދޭ ހިމާޔަތުން އިޒްރޭލު ބަލިކަށިކޮށްލުމަކީ މުސްލުންނަށް ފަސޭހައިން ވާނެކަމެއްނޫން. ޔަހޫދީ އާބާދީއަކީ ދުނިޔޭގެ ނިސްބަތުން ކުޑައެއްޗެއް. މިހާރު އަހަރެމެން މުސްލިމުން އިޒރޭލު އަތްދަށުލާން އެހެން ޕލޭނޭ ހަދަންވީ. ބައިބަޔަށް އިޒްރޭލު އަންހެނުންނާ މުސްލިމު ފިރިހެނުން އިނދެ އެމީހުންގެ އިސްލާމްކޮށް ޔަހޫދީ އާބާދީ ބޮޑުވިޔަނުދީ މުސްލިމުންގެ ބޮޑުއާބާދީއެއް އެތާ އިތުރުކޮށް ބައިގިނަކުރަންވީ. ދުވަސްކޮޅަކުން މުސްލިމުންނަށް އިޒްރޭލުގެ ކޮންޓްރޯލުލިބި ބޭނުން އެއްޗެއް ހެދޭނެ. ގާޒާ ވަކިން ބާއްވާފަ އިޒްރޭލަށް މުސްލިމުން ވަދެ އެތަނުގެ މެޖޯރިޓީ އަތުލަންވީ.

    7
    4
    • ރަންކޮޅާ

      ތިއީވާނެވަރުކަމެއްނޫން މާތްﷲ ލައުނަތް ލައްވާފައިވާ ބައެއް.އެމީހުންގެ ނިމުން ހިތިކުރައްވާނެވާހަކަ ގުރުއާނުގައި އެބައޮތް
      ބަޔާންކުރައްވާފައި

  6. ބިން ސަލްމާން

    އަރަބިންނަކީ އަބަދުވެސް މުސްލިމުންނާ އިދިކޮޅަށް އުޅޭ ބައިގަނޑެއް

    7
    2
  7. ޙަދިސައިބު

    ސައުދީގެ ވެރިން އަންބިންވެސް އިޒުރޭލުން ބޭނުންކުރަން ދީފާނެ!

    10
    1
    • އާދަމް

      "ހަދާ އުސް ބިނާތައް ހަނދާ ހަމަވެވޭތަން
      އަދާތީ ދުށުން ހާދަހާވާ އަޖާބޭ

      އެހީވުމުގެ ނަމުގާ ކެހީގާ އެ ބަނދެފާ
      ބެހީމާ ދަލަށް ބޯމަހާކަން އަޖާބޭ"

  8. ބީރުބޮލު ވަޒީރު.

    ބައެއް މީހުނަށް ހީވަނީ ސަޢުދީ އެއީ މުސްލިމުންނަށް ވަރަށް ހެއުއެދޭ ބައެކޭ. އެއީ ސީދާ ޔަހޫދީން. ވައްހާބިޒަމް އެއީވެސް ޔޫރަޕުން އިސްލާމްދީން ސުންނާފަތިކުރަން އުފެއްދި ވައިރަހެއް.

    12
    2
  9. އަނދޭ

    ލާދީނީ ސައޫދީ

    6
    2
  10. ޅިޔަނުބެ

    ކޮންޝަރުތެއް ފުރިހަމަވަނީ؟ ހަމަވާ އެންމެ ޝަރުތެއް ބުނެދީބަލަ! ސަޢޫދީއަރަބިޔާ ހަލާކުކޮށްފިޔޭ މި މުހައަދަކު.

    2
    1
  11. ނުނން

    ސައުދީއަރަބިއްޔާ ދެން ގެއްލިހަލާކުވީ... ފަލަސްތީނަށްވީގޮތަށް އެބަރަކާތްތެރި ދެހަރަމްފުޅަށްވުރެވެސް ސައުދީ ރަސްކަމުގައި ތިބި ލާދީނީމީހުންނަށް މުހިއްމުވީ ސައުދީ ފަސްގަނޑު ޔަހޫދީންނަށް މިލްކުކޮށްދިނުން.. އަލާހުއަކުބަރު..

    2
    1
  12. ބީތާވެދާނެ

    ޔާމީން ބުނެގެން ސައޫދީން އިޒްރޭލަށް ހުއްދަދިނީ..

    2
    1
  13. ޢަހުމަދުވަގާރު

    އެ ވައިރަސް އެކަމަކު ކަލޭމެންގެ ޕީޕީ ޝޭހުން ޕްރޮމޯޓް ކުރަނީ ތީ