ސްރީލަންކާގެ ރައީސް ކަމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިކަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިއުލާން ކުރައްވައިފިއެވެ.

ގޮތަބަޔާ ސްރީލަންކާގެ ރައީސް ކަމުން އިސްތިއުފާ ދެއްވިކަން އިއްޔެ އީމެއިލް މެދުވެރިކޮށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަށް އެންގެވިއެވެ.

ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ވިދާޅުވީ ގޮތަބަޔާގެ އިސްތިއުފާ ރަސްމީކޮށް އިއުލާން ކުރާނީ އީމެއިލްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ. މިއަދު ގޮތަބަޔާގެ އިސްތިއުފާ އަބޭވަރްދަނާ އިއުލާން ކުރެއްވީ އީމެއިލްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހުއެވެ.

ސްރީލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް މަގާމުން އިސްތިއުފާ ދެއްވުމުން ވަގުތީ ރައީސްއެއް ތިން ދުވަހާއި 30 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުން ހޮވަން ޖެހޭނެއެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވި ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ސްރީލަންކާގެ ރައީސް ކަމަށް ގާނޫނު ހަދާ މަޖިލީހުން ބޭފުޅަކު ހޮވާނެއެވެ.

ގާނޫނު ހަދާ މަޖިލީހުން ރައީސް ކަން ހަވާލުކުރާ ބޭފުޅެއްގެ ދައުރު ހަމަވާނީ 2024 ވަނަ އަހަރުއެވެ.

ގޮތަބަޔާ އަކީ ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން އެގައުމުން އިންތިހާބު ކުރި އަށްވަނަ ރައީސް އެވެ. ގޮތަބަޔާ އަކީ ސްރީލަންކާގެ ތާރީޚްގައި ވެސް ދައުރު ފުރިހަމަ ނުކުރެވުނު ހަމައެކަނި ރައީސް އެވެ. އަދި ވެރިކަމުގައި ހުންނަވައި ގައުމު ދޫކުރައްވާ ފިއްލެވި ފުރަތަމަ ރައީސް އެވެ.

ސްރީލަންކާގެ އިގްތިސޯދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ގޮތަބަޔާގެ އިސްތިއުފާއަށް އެގައުމުގެ ރައްޔިތުން ގޮވަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އިސްތިއުފާ ދޭން މަޖުބޫރުވީ މިމަހުގެ 09 ވަނަ ދުވަހު އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގަނޑުވަރު ވެސް މުޒާހަރާ ކުރާ މީހުންގެ ބާރުގެ ދަށަށް ގެންދިއުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފޮތެބަޔާ

    ބަލަ ލަންކާގައި މިހާރު ފެންނަ މަންޒަރު ތަކަށް ބަލާ އިރު ގައުމު ބަނޑަށް ޖެހިގެން އުޅޭތަނެއް ނުފެނޭ ގައުމުގެ ވެރިން ފަހަތުން ގައުމު ސުންނާފަތި ކުރަމުން ދުވާތަން ފެންނަނީ އަހަރެން މިހެން ބުނަނީ ވަކި ކޮޅަކަށް ޖެހި ވަކި މީހަކަށް ތާއީދު ކުރާތީކީނުން މީގެ ކުރިން ވެރިކަމުގައި ތިބި މީހުން އޮތީ ލަންކާގެ އިޤްތިސޯދު ފުޑުކޮށްފައި އެހެން އޮއްވައި ގޮތަބަޔާމެން ވެރިކަމަށް އައީ އަދި ގައުމު ހަމަ މަގަށް އަޅުވަން ފުރުސަތު ނުދީ ސިޔާސީގޮތުން ގައުމު ފުޑުކުރަން ފަށައިފި ވެރިންނަކަށް ހަމަ ނޭވާ ނުލެވުނު އެހެންވީމަ ވާންވީ ގޮތް ލަންކާއަށްވީ ދައުލަތުގެ ހަރު މުދަލާއި ނުވީތާކަށް ރިޔާސީ ގަނޑުވަރާއި މިތަންތަނަކީ ކައްކާ ބަދިގެ ތަކަށް ހަދައިފި މާދަމާވެސް އަންނަން އޮތް ޖީލުތަކަށް އެތަންތަން މުހިންމުވާނެ ލަންކާގެ މުސްތަޤްބަލަށް ނަޒަރު ހިންގާލާއިރު އަނެއްކާވެސް ޓައިގަރުންގެ ހާއްޔަކަށްވެ އަބަދު ބޮންގޮއްވުން އާންމު ކަމަކަށްވެ ނުވަދިހައިގެ ކުރީކޮޅުގައި އޮތް ލަންކާއަށް ބަދަލުވެގެން ދާނެ ލަންކާގެ މިހާރުގެ ހާލަތަށް ބަލާއިރު ދިވެހިރާއްޖެވެސް މިހާރު މިއޮތީ އެދަރަޖައިގައި މިގައުމުގެ ވެރިކަމާއި ދެން ހަވާލުވާ ބަޔަކަށްވެސް ދިމާވާނީ ލަންކާގެ ހާލަތު މިހާރު މިގައުމުގެ ވެރިކަމުގައި ތިބި މީހުން މިތަން ވިއްކާފަ ދަރަނި ކޮށްފަ ގޮސް އިދި ކޮޅުގައި ތިބެގެން ބަލާވެރިކަން އިންތިހާއަށް ޖައްސާނެ ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވަން ފުރުސަތެއް ނުދޭނެ ބޭނުންވާނީ ރައްޔިތުންނަށް ދެން އަންނަ ބަޔަކަށް އެކަން ނުވިކަން ދައްކައި ގައުމުގެ ދުވަސް ދުއްވާލަން ވައްސަލާމް އެންމެ ފުރަތަމަ ގައުމު އނޑއ އއޓ

  2. އިސްތިއުފާ

    ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ

  3. އަނދޭ

    ފޮތެބަޔާ ކޮމެންޓް އެހާފުރިހަމަކޮށް ތަފްސީލްކޮށްދެއްވި އިރު ޗައިނާގެ ނަން އެއްވެސްވަރަކަށް ނުގެންނެވީ ކީއްވެބާއޭ ހަމަ ހިތަށްއެރީ