އިންޑިއާގައި ޓެލަންގާނާއަށް ބޯކޮށް ވާރޭވެހި ހިނގަމުންދާ ކަންކަން ރިޕޯޓް ކުރަން ދަނިކޮށް، މީގެ ދެތިން ދުވަސް ކުރިން ފެންގަނޑު ތެރެއަށް ގަނބާގަތް ނޫސްވެރިޔާގެ ހަށިގަނޑު ޖަގްޓިއަލް ޑިސްޓްރިކްޓްގެ ބޭރުގައި އޮންނަ ރާމާޖިޕެޓް ކައިރިން ފެނިއްޖެއެވެ.

ޖަގްޓިއަލްގެ ނިއުސް ޗެނަލެއްގައި މަސައްކަތް ކުރާ ސްކްރައިބެއް ކަމަށްވާ ޖަމީރު (36އ) ޖުލައި 12 ވަނަ ދުވަހު އެ ޑިސްޓްރިކްޓްގެ ރައިކަލް އަވަށަށް، ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާއާ ގުޅޭ ހަބަރުތައް ކަވަރު ކުރަން ދިޔައިރު، އެ ހާލަތާ ގުޅޭ ރިޕޯޓެއް ހުށަހަޅަން ނުކުތް ފަހުން އޭނާ ގެއްލުނީއެވެ.

"ފެނުގެ މިންވަރު ވަރަށް މަތިވެފައި އޮތުމުން އޭނާ ދަތުރުކުރި ކާރު ފެންގަނޑެއްގެ ތެރެއަށް ވެއްޓުނީ،" ރައިކަލް އެސިސްޓެންޓް ސަބް އިންސްޕެކްޓަރު ޑެވެންޑަރ ވިދާޅުވި އެވެ.

އޭނަ ދުއްވި ވެހިކަލް ފެނުނީ އިއްޔެ އެވެ. ފުލުހުންނަށް އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މިއަދުއެެވެ.

ޖަގްޓިއަލް ޓައުންއަށް ނިސްބަތްވާ އެ ނޫސްވެރިޔާ މަރުވިއިރު، އޭނާގެ އަންހެނުންނާއި ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު