އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދޭން މަސައްކަތް ކުރަން އެމެރިކާ އާއި ސައުދީން އެއްބަސްވެއްޖެއެވެ.

އެ ގޮތަށް އެއްބަސްވީ އެމެެރިކާގެ ރައީސް ޖޯ ބައިޑެން ސައުދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުކަމަށް ސައުދީގެ ނޫސްތަކުން ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން އެހެނިހެން ގައުމުތަކުން ސައުދީއަށް ދީފާނެ ހަމަލާއަކުން ސަލާމަތްވުމަށް އެހީތެރިކަން ފޯރުކޮށްދީ އަދި ސައުދީގެ ދިފާއު ވަރުގަދަކުރުމަށް މަސައްކަތް ކުރުމަށް އެހީތެރިވުމަށް އެމެެރިކާއިން އެއްބަސްވި ކަމަށް ވެސް ނޫސްތަކުން ބުނެއެވެ.

އީރާނާއި ސައުދީއަކީ މެދު އިރުމަތީގައި ބޮޑު ހަތުރުންނެވެ. އަދި ދެ ގައުމުން ވެސް ދަނީ މެދުއިރުމަތީގައި އެއް ބަޔަކު އަނެއް ބައެއްގެ ދުޝްމަނުންނަށް ހަތިޔާރާ މަދަދު ފޯރުކޮށްދެމުން ނެވެ. އެގޮތުން އީރާނުން ސީރިއާއާއި ޔަމަނަށް ހަތިޔާރު ފޯރުކޮށްދޭ އިރު ސައުދީ އަކީ ސީރިއާގެ ހަނގުރާމަވެރި ގްރޫޕްތަކަށް ހަތިޔާރު ފޯރުކޮށްދެމުން އައި ގައުމެކެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކެއް ލުޔެއް ދޭ މަތިން ނިއުކުލިއާ ޕްރޮގްރާމްގެ މަސައްކަތްތައް މަދުކުރަން 2015 ވަނަ އަހަރު އީރާނުން ވަނީ ދުނިޔޭގެ ބޮޑު ހަތް ގައުމާއެކު އެއްބަސްވުމެއް އެކުލަވާލައިފައެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އެ އެއްބަސްވުން އުވާލައްވައިފައެވެ.

އަދި އޭގެ ފަހުން އީރާނުން ވަނީ ނިއުކުލިއާ ޕްރޮގްރާމް އަނެއްކާވެސް މެކުހަށް ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ިމުހައްމަދު

    ރަޝިޔާއާއި ޗައިނާއާ އީރާން ގުޅިފައިވާ މިންވަރުން ތިޔަ އެއްބަސްވުމަކީ ބިލާހެއް ފަދަ އެއްބަސްވުމެއް. ޔޫރޯގެ އަގު ވައްޓާލައި، ޔޫރަޕް އަދަވަޅަކަށް ވައްޓާލުމަށްފަހު މެދުއިރުމައްޗަށް އައިސް މުޅި މެދުއިރުމަތި ފަސާދަކުރަން. މެދުއިރުމަތީގައި ޝީއީންނަށް އޮތް ތާއީދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން.

    10
    4
  2. ގ

    ސައުދީގަ ވެރިކަމުގަ ތިބީ ކާފަރުން.

    9
    5
  3. ޒަމީރު

    ޓްރަމްޕު ހޮވިއްޖިއްޔާ އީރާނައް ހަމަލާދޭން އުޅޭނެ
    ކުރިންފަހަރުވެސް އޭނާ އަމުރުކުރި އެކަން އެމަރިކާގެ އާމީ ޗީޕް ޖެނަރަލް މާކްމިލޭ އަދި
    ޕެންޓަގަންއިން އެކަމާދެކޮޅުހެދީ ހަގީގަތަކީ އެމަރިކާގެ ކޮންގްރެސް މައްސޫލުވެރިން ޕެންޓަގަންގެ މާހިރުން ޑިފެންސް ކޮމާންޑަރުން
    ނައް އިނގޭ އީރާނާ ކުޅިނުކުޅެވޭނެކަން

  4. އާދްމީ

    އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުންއޮތީ
    އެންމެ ގޮތަކަށް އަސްކަރީ ހަމަލާތައްދީގެން ހަނގުރާމަކޮށްގެން އެކަމަކު އެމަރިކާ އަކަށް ނުކެރޭނެ އެކަންކުރާކަށް

  5. އަސްލު

    އަހަރެމެންގެ ރަސޫލާ ދުވަހަކު ވެސް މުސްލިމުންނާއި މުސްލިމުންނާ ރުޅިވެރިކަން ނުގެނުވާ. އެހެނަސް މިޒަމާނުގައި މުސްލިމުންގެ އަސްލު ހަނދާން ނެތި މުސްލިމުންނާއި މުސްލިމުންނާ ދެމެދު ރުޅިވެރިކަން ވަނީ ފެތުރިފަ އަދި ދިގުދެމިގެންވާ ހަނގުރާމަތައް ވަނީ ފެށިފަ. ހަމައެކަނި ފަލަސްތީނުގައި ހިންގަމުންދާ ކަމަކީ އަސްލާ އެއްގޮތް ކަން