މިިދިޔަ އޭޕްރީލް މަހު ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުން ވަކިކުރި އިމްރާން ހާންގެ ޕާޓީން އެ ގައުމުގެ ޕަންޖާބުގައި ބޭއްވި އިންތިހާބުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

އާބާދީގެ ގޮތުން އެންމެ ބައިބޯ ޕަންޖާބު ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި 20 ގޮނޑީގެ ތެރެއިން އިމްރާން ހާންގެ ޕާޓީ، ޕީޓީއައި އިން ވަނީ 15 ގޮނޑި ނަގައިފައެވެ.

ޕަންޖާބަކީ ކުރީއްސުރެ ވެސް ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ޕާޓީގެ އަގުލަބިއްޔަތު އޮންނަ ސްޓޭޓެކެވެ.

އެހެންކަމުން މިއީ އިމްރާން ހާންއަށް ލިބިވަޑަައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދި މިއީ އަންނަ އަހަރު ބާއްވާ ނެޝެނަލް އިންތިހާބުން އިމްރާން ކާމިޔާބު ލިބޭނެ ހެއްކެއް ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

އިމްރާން މަގާމުން ދުރުކުރި ފަހުން އެމަނިކުފާނު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި މުޒާހަރާތައް ބާއްވަމުންނެވެ. އަދި ޕާކިސްތާނުގެ މިހާރުގެ ސަރުކާރުން އައިއެމްއެފްއަށް ދީލާލާއި ބޮޑު ލޯނެއް ނަގަން ނިންމައި ތެލުގެ ސަބްސިޑީ ކަނޑާލައި ތެލުގެ އަގު ބޮޑުކުރުމުން އިމްރާން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ހާލަތު ގޯސްވެފައިވާ އިރު އެންމެ އަވަހަށް ބަނގުރޫޓްވެދާނެ ކަމަށް ބެލެވޭ ހަތަރު ގައުމުގެ ތެރޭގައި ވެސް ޕާކިސްތާން ވަނީ ހިމެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބުދުﷲ

    މިގައުމުގަ ނެތް ނަގާނެ ވައްކަންމަދުމީހެއްވެސް.
    ޢުމަރުނަސީރު އިސްލާމިކް ޑިމޮކްރަސީ ޕާޓީ އުވާނުލާ ހުރިގޮތައް ހުރިނަމަ މިފަހަރު ރާއްޖޭގެ ރައްޔިތުންނައް އެއީ ޗޮއިސްއަކައް ވެދާނެ. !!!!މިހާރު މިތިބީ ޚިޔާނާތުގެ ތިލަފަތުގެ ކޮޅުބަރުކަމުން ނުހިއްލޭނެވަރުގެ މީހުން.

  2. ބަރުދަމާން

    ބަރުލަމާން އިމްރާނައް ކާމިޔާބުވާނެ