އިންޑިއާގެ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ ހޮވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކަމަނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ނަމަވެސް މީގެ ދެދުވަސް ކުރިން ސްރީލަންކާގެ ރައީސް ކަމަށް ރަނިލް ވިކްރަމަސިންހަ ހޮވިވަޑައިގަތުމާއި ގުޅިގެން ރައީސް ސޯލިހް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އިންޑިއާގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރަން އިއްޔެ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާއި އިންޑިއާގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގައި ނެގި ވޯޓް ކާމިޔާބުކޮށް ދްރޫޕާދީ އިންތިހާބު ކާމިޔާބު ކުރުމުން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި އެކަމަނާއަށް މަރުހަބާ ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ދްރޫޕާދީގެ ގާބިލްކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ދްރޫޕާދީގެ ލީޑާޝިޕްގައި ވެސް އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދްރޫޕާދީ އަކީ އިންޑިއާގެ ރައީސް ކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ. އޭނާ މަގާމުގެ ހުވާ ކުރައްވާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދްރޫޕާދީ ސިޔާސީ މަސައްކަތް ފެށީ 1997 ވަނަ އަހަރު އެވެ. އޭނާ އަކީ ވެރިކަންކުރާ ބީޖޭޕީގެ ދުވަސްވީ މެންބަރެކެވެ.

އިންޑިއާގެ ރައީސް އަށް ރައީސް ސޯލިހް މަރުހަބާ ވިދާޅުވިއިރު ސްރީލަންކާގެ ރައީސް އަށް މަރުހަބާ ވިދާޅުނުވީ ކީއްވެކަމެއް ނޭންގެއެވެ. އާއްމު ގޮތެއްގައި ގައުމުތަކުގެ ވެރިކަމަށް އާބޭފުޅުން އިންތިހާބު ކުރުމުން އެހެން ގައުމުތަކުގެ ވެރިން މަރުހަބާ ވިދާޅުވެ، މެސެޖްތައް ރައްދުކުރައްވައެވެ.

ރަނިލް ސްރީލަންކާގެ ރައީސް ކަމަށް އިންތިހާބު ވުމުން ވެސް ވަރަށް ގިނަ ގައުމުތަކުގެ ވެރިން ވަނީ ރަނިލް އަށް މަރުހަބާ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޫއޫދު

    ސާކުަަގައުމުތަކުގެ ވެރިންގެތެރޭހުރި އެއްމެ ނާގާބިލް ރައިސް ތައުލީމެއްނެތިއްޔާ އަޑުއަހާނެ ގާބިލްކަމެއް ނުހުއްނާނެ ތަޖުރިބާ ނެތިއްޖެނަމަ އެކަމެއްކުރު މައްބުރަވާނެ ސުޕީޑްގެއްލި ދަސްކުރާބޯޑް އެލް އަޅުވާގެން ރޭސްތަކައް ނިކުމެދުއްވީމަވާވަރުމިަނީ

  2. ޙަދިސައިބު

    ޟަރުހަބާކީ މިގައުމުގެ ރައީސަށް ސޯލިހުއަކީ ނަމުގަ ރައީސް އިންޑިޔާގެ ޕަޕެޓް!

  3. Anonymous

    އިބުރާހިމްފުޅުގެ މަރުހަބާއެއް ލަންކާއިން ބަލައެއްނުގަންނާނެ!!!!

  4. Anonymous

    އޯހ، ހަނދާން ނެތުނީ

    7
    1
  5. ްައަހްމަދު

    ސްރީލަންކާރައީސައް މަރުހަބާނުދެންނެވީ ސޯލިހްގެވެރިކަމުގަ ބާކީއޮތް 14މަސްދުވަހަކީ ސްރީލަންކާގެމިހާރުހާލަތައްބަލާއިރު ސޯލިހްގެސަރުކާރައް އެނހީތެރިކަމެއްދެވޭނެ ރައީސްކަށްނުވާތީ

    9
    1
  6. ޑައެލޯގް

    ސޯލިހަކީ ވަރަށްކަންނެއް މީހެކެވެ. ނަމަވެސް އިންޑިޔާއަށް މަރުހަބާ ނުކިޔައިފިނަމަ ވެރިކަމުން ބާލުވާނެއެވެ. އެހެންވީމާ މަޖުބޫރުވެގެންކުރީއެވެ. މިކަމުންވެސް މިގައުމު ހިންގަނީ އިންޑިޔާކަންސާފުވެއެވެ. ސޯލިހަކީ އެއްވެސްބާރެއްނެތް ފޮޓޯގަޑެކެވެ.

    12
    1
  7. ޙައްޤު ބޯ ސަރުކާރު

    މި ސަރުކާރުން ތިޔަ ފަދަ އެއްވެސް ޙައްޤެއް ނުލިބޭނެ.. ރިފްޢަތުވެސް ސޯލިޙުވެސް ހުރީ ފަރުމަހު ގަރުދިޔަ ބޯ ކައިގެން.. ވީމާ ވަސްފިލުވަން ފިއްލެޔޮ ޓައްޕަށް އަތްބާނައިގެންވެސް އަދި ރައްޔިތުންގެ ކަރުބުޑަށް އަތް ބާނައިގެންވެސް ސަރުކާރު ސަލާމަތްވޭތޯ ބަލާނީ..

    8
    1
  8. އިންޑިޔާ އައުޓް

    އިންޑިޔާާ ގެ ޕަޕެޓުން ވީމަ ކިޔާނެތާ ކުރިއަށް އޮތް 2023 ގެ އިންތިހާބަށް ނުފޫޒު ފޯރުވަން ގެރި މޯދީގެ އެހީ ބޭނުން ވީއްޔާ ގެރި މޯދީ އައުޓް އިންޑިޔާ އައުޓް

    15
    1