އަވައްޓެރި އިންޑިއާގެ 15 ވަނަ ރައީސްކަމަށް އިންތިހާބުވި ޑްރޫޕާޑީ މުރުމޫ ރައީސް ކަމުގެ މަޤާމާ އެކަމަނާ މިއަދު ހަވާލުވެއްޖެއެވެ.

މުރުމޫގެ ރައީސް ކަމުގެ ހުވާ ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ނައިބު ރައީސް އަދި ރާޖްޔާ ސަބާގެ ޗެއަރމަން އެމް ވެންކައިއާ ނައިޑޫއާއި، ލޮކް ސަބާގެ ރައީސް އޯމް ބިރްލާގެ ހާޒިރުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސެންޓްރަލް ހޯލުގައި އެވެ.

ޖުލައި މަހުގެ 22 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޖަރްކަންދުގެ ކުރީގެ ގަވަރުނަރު މުރްމޫ ވަނީ އޭނާއާ ވާދަކުރެއްވި ޔަޝްވަންތު ސިންހާގެ މައްޗަށް ތާރީޚީ ކާމިޔާބީއެއް ހޯއްދަވައި، އެ ޤައުމުގެ ފުރަތަމަ އަންހެން ޓްރިބިއުނަލް ކެންޑިޑޭޓް އަދި ޤައުމުގެ އެންމެ މަތީ މަޤާމު ފުރުއްވި ދެވަނަ އަންހެން ބޭފުޅާއަށް ވުމުގެ ޝަރަފު ހޯއްދަވާފައެވެ.

އެންޑީއޭގެ ރިޔާސީ ކެންޑިޑޭޓް ޑުރޫޕާޑީ މުރްމޫއޭ އެގައުމުގެ 15 ވަނަ ރައީސްއަށް ވެފައިވާކަން ރަސްމީކޮށް އިއުލާން ކުރީ ބުރާސްފަތި ދުވަހު ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ނިމުމާއެކުއެވެ.

އިންތިހާބުގައި މުރުމޫއަށް ލިބިވަޑައިގެންނެވި ކާމިޔާބީ

މުރުމޫއަށް 2،824 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރެއްވި ޔަޝްވަންތު ސިންހާއަށް ލިބިވަޑައިގެންނެވީ 1،877 ވޯޓެވެ. ޖުލައި މަހުގެ 18 ވަނަ ދުވަހު ބޭއްވި ވޯޓުގައި 4809 މެމްބަރުންނާއި އެމްއެލްއޭއިން ވޯޓުލާފައި ވެއެވެ.

ރާޖްޔާ ސަބާގެ ސެކްރެޓަރީ ޖެނެރަލް އަދި ރިޓާނިންގ އޮފިސަރ ފޮރ ޕްރެޒިޑެންޝަލް އިލެކްޝަން 2022، މޯޑީ ވަނީ ދިއްލީގައި ހުންނަ އިންތިޚާބީ ރައީސް ޑްރޫޕާޑީ މުރްމޫގެ ގެކޮޅަށް ވަޑައިގެން ރައީސް ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ތިންވަނަ ބުރުގެ ވޯޓު ގުނުމުގެ މަސައްކަތް ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބީޖޭޕީގެ ރައީސް ޖޭޕީ ނައްޑާ ވަނީ މުރްމޫއާ ބައްދަލުކުރައްވައި، އެކަމަނާ ހޯއްދެވި ކާމިޔާބީގެ ތަހުނިޔާ އަރިސްކޮށްފައެވެ.


ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެގައުމުގެ އާ ރައީސްކަމަށް ޑުރޫޕަޑީ މުރުމޫ ހޮވިވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، އެކަމަނާ ނުކުމެވަޑައިގެންފައި ވަނީ ރައްޔިތުންނަށް، ހާއްސަކޮށް ފަގީރުންނާއި ނިކަމެތިންނަށް އުންމީދުގެ ފަހިމަގެއް ހޯއްދަވައި ދެއްވުމަށް ކަމަށް ވިދާޅުވެފަ އެވެ.

އަދި މަޤާމުން ވަކިވެވަޑައިގަންނަވާ ރައީސް ރާމް ނާތު ކޯވިންދުވެސް ވަނީ އެޤައުމުގެ އެންމެ މަތީ މަޤާމުގައި އޭނާއަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ޑުރޫޕާޑީ މުރުމޫއަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އިންޑިއާގެ ފުރަތަމަ ޓްރިބިއުނަލް ރައީސަކަށް މުރުމޫ ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ މުރުމު ހޯއްދެވި ކާމިޔާބީގެ މައްޗަށް ސިޔާސީ ފަރާތްތަކުން ދަނީ ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

ޑުރޫޕާޑީ މުރްމޫގެ އުފަން އަވަށް ކަމަށްވާ އޮޑީޝާގެ ރައިރަންގްޕޫރު އަވަށުގައި މިހާރުވެސް އުފާފާޅުކުރުންތައް ކުރިއަށް އެބަ ދެއެވެ. އަދި އެކަމަނާއަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް ދިއްލީގައި ހުންނަ ބީޖޭޕީގެ މައި މަރުކަޒުގައިވެސް ދަނީ ހަރަކާތްތައް ބާއްވަމުންނެވެ.

ޑްރޫޕާޑީ މުރުމޫއެ އަކީ ކޮންބޭފުޅެއް؟

1958 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އިންޑިޔާގެ އޮޑިޝާ ހިސާބުގެ އުޕަރބެޑާ އަވަށަށް އުފަންވެވަޑައިގަތް މުރްމޫއަކީ އެންމެ ކުޑައިރުއްސުރެ އަވަށުގެ ގިނަބައެއްގެ ލޯބި ހޯދި ތައުލީމަށް ޝައުގުވެރިކަން ހުންނަވާ ބޭފުޅެކެވެ. ބުބުނޭޝްވަރުގައި ތައުލީމު ހާސިލުކޮށް، 1979 އިން 1983 އަށް ސްޓޭޓް އިރިގޭޝަން އެންޑް ޕަވާ ޑިޕާޓްމަންޓްގައި ޖޫނިއާ އެސިސްޓެންޓެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރަން ފެށި އެވެ. އޮފީސް މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، 1997 ވަނަ އަހަރާ ހަމައަށް ރައިރަންގްޕޫރުގައި ހުންނަ ޝްރީ އައުރޮބިންޑޯ އިންޓެގްރޭޓެޑް އެޑިޔުކޭޝަން ސެންޓަރުގެ ޓީޗަރަކަށް ވެވަޑައިގަތެވެ.

ސިޔާސީ ދާއިރާއަށް މުރުމޫ ދަތުރު ފަށާފައިވަނީ 1997 ވަނަ އަހަރު އިންޑިއާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާ ގުޅިވަޑައިގެންނެވެ. އެކަމަނާ އެންމެ ފުރަތަމަ ރައިރަންގްޕޫރު ނަގަރް ޕަންޗާޔަތުގެ ކައުންސިލަރަކަށް ހޮވިވަޑައިގެން 2000 ވަނަ އަހަރު ހަމަ އެ ޕަންޗާޔަތުގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން އެކަމަނާ ވަނީ ބީޖޭޕީ ޝެޑިއުލް ޑްރިބް މޮރްޗާގެ ނެޝަނަލް ވައިސް ޕްރެޒިޑެންޓްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މުރްމޫ ވަނީ އޮޑީޝާގައި ބީޖޭޕީ އާއި ބިޖޯ ޖަނަތާ ޑާލް ކޯލިޝަން ސަރުކާރުގައި ހިމެނޭ ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައި، 2000 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން 2002 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ކޮމާސް އެންޑް ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައި، އޮގަސްޓް 2002 އިން މެއި 2004 އަށް އޭރުގެ ފިޝަރީޒް އެންޑް އެނިމަލް ރިސޯސަސް ޑިވެލޮޕްމަންޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. 2000 ވަނަ އަހަރާއި 2004 ވަނަ އަހަރު ރައިރަންގްޕޫރު އެސެމްބްލީ ދާއިރާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ އަށް 2007 ވަނަ އަހަރު ވަނީ އޮޑީޝާ އެސެމްބްލީއިން އެންމެ މޮޅު އެމްއެލްއޭގެ ’ލަގަބު ނިލްޚާންތާ‘ އެކަމަނާ އަށް އަރުވާފައެވެ.

2015 ވަނަ އަހަރު މުރުމޫ ވަނީ ޖަރްކަންދުގެ ފުރަތަމަ އަންހެން ގަވަރުނަރަށް ވެވަޑައިގެންފައެވެ. އަދި އެކަމަނާ ވެގެންގޮސްފައިވަނީ އޮޑީޝާގެ ސްޓޭޓެއްގެ ގަވަރުނަރުގެ މަޤާމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ލީޑަރަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މުރުމުގެ ނަން 2017 ވަނަ އަހަރު ވެސް ރައީސް ކަމުގެ މަގާމަށް ޝޯޓްލިސްޓްކޮށްފައި ވެއެވެ. ބީޖޭޕީގެ ލީޑާޝިޕުން މި ފަހަރު އެކަމަނާގެ ކެންޑިޑެސީ އިއުލާން ކުރުމުން އެކަމަނާ އަމިއްލަފުޅަށް އެކަން ގަބޫލުކުރެއްވި އެވެ.

ސިޔާސީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި މުރުމޫގެ ހަޔާތްޕުޅުގައި އެތައް ހިތްދަރި ކަމަކާއިވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެވެ. އެކަމަނާގެ ފިރިކަލުން ޝިޔަމް ޗަރަން މުރުމޫ 2014 ވަނަ އަހަރު މަރުވިއެވެ. ހަތަރު އަހަރުގެ ތެރޭގައި އެކަމަނާގެ ދެދަރިކަލުންވެސް މަރުވިއެވެ.

މުރުމޫ މުޖްތަމައު އަށް ކޮށްދެއްވި ހިދުމަތްތައް!

މުރުމޫ އެކަމަނާގެ ހަޔާތް ހާއްސަކުރެއްވީ މުޖުތަމައަށް ހިދުމަތް ކޮށްދެއްވުމުގައިއާއި ފަގީރުންނާއި ނިކަމެތިންނާއި އެކަހެރިވެފައިވާ ގިންތިތަކުގެ މީހުން ބާރުވެރި ކުރުވުމަށާއި މުޖުތަމައަށް ހިދުމަތް ކޮށްދެއްވުމަށެވެ. އެކަމަނާއަކީ އިދާރީ ގޮތުން މުއްސަނދި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭކަނބަލެކެވެ. މުރުމު ވަނީ ޓްރިބިއުނަލް ސޮސައިޓީގައި ތައުލީމާ މެދު ހޭލުންތެރިކަން އިތުރުކޮށް، އާންމުންގެ މަންދޫބެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އާންމުންނަށް ހިދުމަތްކޮށް، އާންމު ދިރިއުޅުމުގައި ހާއްސަ މަގާމެއް ހޯއްދަވާފައެވެ.

އިންޑިޔާގެ 15 ވަނަ ރައީސަކަށް މުރުމޫ

އިންޑިޔާގެ ރައީސަކީ ރަމްޒީ މަގާމެކެވެ. އެމީހަކީ ޤައުމުގެ ފުރަތަމަ ރައްޔިތު މީހާކަމަށް ބަލައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން އަމަލުކުރާ މީހެކެވެ. އިންޑިޔާގެ ގާނޫނު އަސާސީގެ 60 ވަނަ މާއްދާގައިވާ ގޮތުން އިންޑިއާގެ ރައީސްގެ އެންމެ އިސް ވާޖިބަކީ އިންޑިއާގެ ގާނޫނު އަސާސީ އާއި ގާނޫނު ނަގަހައްޓައި، ދިފާއުކޮށް، ރައްކާތެރިކޮށް ބެލެހެއްޓުމުވެ. އިންޑިއާގެ އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން އައްޔަން ކުރަނީ އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން ރައީސް އެވެ.

އިންޑިއާގެ ރައީސަކީ ގާނޫނު ހަދާ މަޖިލީހާއި ސްޓޭޓްގެ ގާނޫނު ހަދާ މަޖިލިހުގެ އިންތިހާބީ މަންދޫބުން އިންތިހާބު ކުރާ ރައީސެކެވެ. އިލެކްޓޯރަލް ކޮލެޖަކީ އިންޑިއާގެ ރައީސް އިންތިހާބުކުރާ ކޮލެޖަކަށްވާއިރު، އެ ކޮލެޖުގެ މެމްބަރުންގެ ތަމްސީލުވުން ވެސް ނިސްބަތްވަނީ އެއްމިންވަރަށެވެ. އިންޑިއާގެ ރައީސްގެ ދައުރަކީ ފަސް އަހަރު ކަމަށާއި ރައީސްގެ ސޮއި ނެތި އިންޑިއާގައި އެއްވެސް ގާނޫނެއް ތަންފީޒު ނުކުރެވޭނެ ކަމަށް އެގައުމުގެ ގާނޫނު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ތިޔަތަން ތިޔަ ހަލާކުވީ.

    10
    6
  2. Anonymous

    ޒުވާން ރާނީއަށް މަރުހަބާ. ތިޔަފަދަ މާތް ކަނބަލަކަށް އަޅުގަނޑުމެންގެ ޒައީމް އިބްރާހިމް މުހަންމަދު ސާލިހް ވަރަށް ކަމޭހިއްތަވާނެކަމަށް އުންމީދުކުރަން.
    ވަކީން ޚާއްސަކޮށް އިންޑިޔާފަދަ ޑިމޮކްރަސީ ފުރިހަމަ، އަންހެނުންނާއި ކުޑަކުދިން ރޭޕުން ސަލާމަތްވެފައިވާ، މުސްލިމުންނަށް އަޅާލާ، މުޖުތަމަޢަކަށް ތިޔަފަދަ އަންހެން ރާނީއަކު ރެނދަލިކަމަށް އިސްވެވަޑައިގަތުމީ، މި ރާއްޖޭގެ މަދު ބަޔަކު ނަމަވެސް އުފާކުރާނޭ ވިޔަފާރިއެއްކަމަށް ދަންނަވަން.

    12
    5
  3. Anonymous

    ގެރިމޯދީގެކިބައިން މިރާއްޖެ ސަލާމަތްކުރައްވާށި. ބަބުރު އަންހެނަކު ވެރިކަމަށް އެރީމާ ދެން ވާނެ ގޮތް ސިފަ އެބަވޭ.

    6
    17
    • ޢަހުމަދުވަގާރު

      ބިލާލު އަކީ ބަބުރެއް

      8
      1
  4. މުރު

    މުރުމުރު ދެން އަގުބޮޑުވާނެ ތޯޗެއް

    10
    1
  5. ބުރުގާ

    އޭ މިހިރަ ދައިތާ.... އަވަހައް ރާއްޖެއައް ސަވާރުވާން އާދޭ،،،،،،،

    12
    1
  6. އަހުމަދު މުހައްމދު

    މުސްލިމުންނަށް އަޅާލާން ޖެހޭތަ. ބޯކޯ ހަރާމް , އަލްގައިދާ, ތާލިބާން އިން މުސްލިމުންނާ އަޅާލާތަ

    5
    7