ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ކިބައިން ދިގު މުއްދަތަކަށް އިތުރު ގިނަ އަލާމާތްތަކެއް ފެންނަ ކަމަށާއި އޭގެތެރޭގައި ގައިގެ އިސްތަށި ފޭބުމާއި ޖިންސީ ބަލިކަށިކަން ކުރިމަތިވުން ފަދަ ކަންކަން ހިމެނޭ ކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމްގެ ޔުނިވަސިޓީއަކުން އާއްމުކުރި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޮވިޑުން ރަނގަޅުވާ ފަހުން ވެސް ކޮވިޑް ޖެހުނު މީހުންނަށް ގިނަ ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. ނޭވާލާން އުނދަގޫވުމާއި، ނޭވާ ކުރުވުމާއި މޭގައި ރިއްސުން ފަދަ އާއްމު ކަންކަމުގެ އިތުރުން އިތުރު ގިނަ ކަންތައްތަކެއް ވެސް ކޮވިޑުން ރަނގަޅުވާ މީހުންގެ ކިބައިން ފެންނަ ކަމަށް ދިރާސާ ރިޕޯޓްގައި ވެއެވެ.

މިދިރާސާގައި ބުނެފައިވާ ގޮތުގައި ކޮވިޑުން ރަނގަޅުވާ ފަހުން ކޮވިޑް ޖެހުނު ބައެއް މީހުންގެ ހަނދާން ބަލިވާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. އޭގެ އިތުރުން އަވަސް އަވަހަށް ކުޑަކަމުދާން ޖެހޭހެން ހީވުމާއި، ބޮލަށް އެނބުރިން އެރުމާއި އުކުޅުވަޅުގައި ރިއްސުން ފަދަ ކަންކަން ވެސް ކޮވިޑުން ރަނގަޅުވާ ފަހުން ބައެއް މީހުންނަށް ކުރިމަތިވެއެވެ.

އަދި ނަފްސާނީ އެކިއެކި މައްސަލަތައް ވެސް ކޮވިޑުން ރަނގަޅުވާ މީހުންނަށް ކުރިމަތިވާކަމުގެ ހެކި މިހާރު ވަނީ ލިބިފައެވެ.

ކޮވިޑަކީ އަދި ވަރަށް އާބައްޔަކަށް ވުމުން ކޮވިޑް ޖެހޭ މީހުންނަށް ފަހުން ކުރިމަތިވާ ސިއްހީ ހުރިހާ މައްސަލައެއް ސައިންސްވެރިންނަށް ވެސް ދެނެނުގަނެވެއެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި މިހާރު ފާހަގަ ކުރެވިފައިވާ ކަންކަމަށް ސަމާލުކަންދީ ކޮވިޑް ޖެހުނު މީހުންނަށް ފަރުވާ ކުރަން ގައުމުތަކުން ތައްޔާރުވާން ޖެހެއެވެ. އެހެން ނޫންނަމަ ގިނަ ބަޔަކަށް ވަރަށް ދަތި ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

މިހާތަނަށް ދުނިޔެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 575 މިލިއަނަށް އަރައެވެ. ކޮވިޑް ޖެހިގެން 6.4 މިލިއަން މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިމައުލޫމާތުގެ ތެދުދޮގު ޔަޤީންކުރަން މިއުޅޭ "ގިރި" ކާރީގައި އަހާލިންތޯ ސައިންސްވެރިން.

  2. ފަރަހަ

    ރަގަލު

  3. ޙަސަން

    ކޮވިޑު ޖެހިގެނެއް ނޫން. ތި ޖެހުވި ވެކްސިން ތަކެއްގެ ސަބަބުން ތި ކަމެއް ދިމާވްނީ

    10
    2
  4. ރޫހް

    ހަސަނު ތިޔަބުނީ ރަނގަޅަށް. މަށަށް ކޮވިޑް ނުޖެހޭ. އެކަމަކުވެސް ވެކްސިން ޖެހިފަހުން މިއުޅެނީ ތިޔަ ހުރިހާ ކަމެއް ވާތީ. އެކައް ބަލިވެއްޖެ. ޖެހުނު މޮޔަ ހިތަށް އަރާ 😭

    5
    1