ދއަހަރަށްވުރެ ގިނަ އަހަރުފަހުން މައިކްރޮނޭޝިއާގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެން ފަށައިފިއެވެ.

މައިކްރޮނޭޝިއާއިން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އެއާއި އެކީ އެގައުމުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަތީޖާއެއްގެ ގޮތުން އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން އެގައުމުގައި ވަނީ ގިނަ ބަޔަކަށް ބަލި ނުޖެހި ކޮންޓްރޯލް ކުރެވިފައެވެ.

އާބާދީގެ ގޮތުން ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނަ އެ ރަށުގައި ބަލި ހަލުވި ކަމާއި އެކީ ފެތުރެން ފަށާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން އިއްޔެ 140 މީހަކު ފައްސިވެ މިހާރު ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 1،261 އަށް އަރާފައެވެ.

އެގައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 8 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އުމުރުން ދުވަސްވީ މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުގައި ބަލި ހަލުވި ކަމާއި އެކީ ފެތުރެން ފަށާފައިވަނީ ކަރަންޓީނު އުސޫލުތަކަށް ލުއިތަކެއް ދޭން ނިންމައި އޮގަސްޓް އެއް ވަނަ ދުވަހު އެގައުމުގެ ބޯޑަރު މުޅި ދުނިޔެއަށް ހުޅުވަން ނިންމާފައިވަނިކޮށެވެ.

އެގައުމުގައި ކޮވިޑް ހަލުވި ކަމާއި އެކީ މިހާރު ފެތުރެމުން އަންނައިރު، އެގައުމުގެ އުމުރުން ފަސް އަހަރުން މަތީގެ 75 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު