ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަނުން ވަކިވާން ރަޝިއާއިން ނިންމައިފިއެވެ. ރަޝިއާ އިން މިއަދު ބުނީ 2024 ވަނަ އަހަރު ރަޝިއާ އިން ޖައްވީ ސްޓޭޝަނާއި ވަކިވާނެ ކަމަށެވެ.

އެމެރިކާގެ ނާސާ އާއި ރަޝިއާގެ ޖައްވީ އިދާރާގެ އިތުރުން ޖަޕާން، ކެނެޑާ އަދި ޔޫރަޕްގެ ޖައްވީ އިދާރާ އިން މި ސްޓޭޝަން ހިންގުމުގައި ބައިވެރިވެއެވެ. ޖައްވީ ސްޓޭޝަނަށް އެސްޓްރޮނޯޓުންނާއި ޖައްވީ ސްޓޭޝަނަށް ބޭނުންވާ އެހެން މުދާތައް މިހާރު ވެސް އުފުލަމުން ގެންދަނީ ރަޝިއާގެ ރޮކެޓްތަކުގައެވެ.

2003 ވަނަ އަހަރު އެސްޓްރޮނޯޓުންތަކެއް ޖައްވުން ގެންނަން ނާސާގެ ޖައްވީ ރޮކެޓް ކޮލަމްބިއާ ކުރި ދަތުރުގައި އެކްސިޑެންޓެއް ހިނގައި އެމެރިކާގެ ހައެސްޓްރޮނޯޓަކާއި އިސްރާއީލްގެ އެސްޓްރޮނޯޓެއް މަރުވި ފަހުން ނާސާ އިން ޖައްވަށް އަމިއްލަ ރޮކެޓްގައި އެސްޓްރޮނޯޓުން ނުފޮނުވައެވެ. އޭގެ ފަހުން އެމެރިކާ އިން އެސްޓްރޮނޯޓުން ފޮނުވަނީ ރަޝިއާގެ އެހީގައި ރަޝިއާގެ ރޮކެޓްގައެވެ.

ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަނުން ވަކިވާން ރަޝިއާ އިން ނިންމީ ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި ޔޫރަޕުން ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވުމުންނެވެ.

ކުރިން ނިންމާފައި އޮތީ 2030 ވަނަ އަހަރާއި ހަމައަށް ބައިނަލްއަޤުވާމީ ޖައްވީ ސްޓޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާށެވެ. ނަމަވެސް ރަޝިއާގެ ނިންމުމާއި ގުޅިގެން ޖައްވީ ސްޓޭޝަންގެ މަސައްކަތައް ބަދަލު ގެނައުން ވަރަށް އެކަށީގެންވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖައްވީ ސްޓޭޝަންގައި ހުންނަ ބައެއް ވަސީލަތްތަކަކީ ވެސް ރަޝިއާ އިން އޮޕަރޭޓް ކުރާ ވަސީލަތްތަކެވެ. އެހެންކަމުން ރަޝިއާ އިން މަސައްކަތް ހުއްޓާލައިފިނަމަ ޖައްވީ ސްޓޭޝަންގެ މަސައްކަތްތަކަށް ބުރޫ އަރާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރަޝިއާގެ ނިންމުމާއި ގުޅޭ ގޮތުން ޖައްވީ ސްޓޭޝަންގައި ބައިވެރިވާ އެހެން ގައުމުތަކުން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެމެރިކާ އަށް ވަރަށް މީރުކޮށް ރާކަނިމަސް ކާންދޭތި

    32
    2
  2. ރަޝިއާއަށް

    ދެން ކަލޭމެން ގުޅެންވީ ޗައިނާއާ. އޭރުން މާ ރަނގަޅުވާނެ

    12
    1
  3. ޒާ

    އެމެރިކާ އާއި ފެއަށްޖެހި ރަޝިޔާ ޗައިނާ އިސްވެ އޮވެ ބާރުގަދަ ޖަމާއަތެއް އޮވެގެން ދުނިޔެއަށް ހަމަޖެހިމެއް އަންނާނީ. މުސްލިމުންނަށް އޭރުން ރަނގަޅުވާނެ