އިންޑިއާގެ ބިހާރް ސްޓޭޓުގައި ހޮނު އެޅުމުގެ ސަބަބުން 24 ގަޑިއިރު ތެރޭގައި 20 މީހަކު މަރުވެއްޖެއެވެ.

ބުދަ އަދި ބުރާސްފަތި ދުވަހު ވެސް އިންޑިއާގެ އުތުރުގެ އެކި ހިސާބުތަކަށް ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު، ކޮންމެ އަހަރަކުވެސް އެގައުމުގައި 16 އަށްވުރެ ގިނަ މީހުން ހޮނުއެޅުމުގެ ސަބަބުން މަރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އަންގާރަ ދުވަހު ބިހާރް ސްޓޭޓުން ބުނީ ހޮނު އަޅައިގެން މަރުވި 20 މީހުންގެ އާއިލާއަށް ފައިސާގެ ބަދަލުގެ ގޮތުގައި 5،000 ޑޮލަރު ދޭނެ ކަމަށެވެ.

އެ ސްޓޭޓުގެ ހުރިހާ ސަރުކާރު އޮފީހަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކުގަައި ހޮނު އެޅުމުން ރައްކާތެރި ވާނެ ފަދަ "ލައިޓްނިން އެރެސްޓާ" ނިޒާމް ހަރު ކުރަން މިހާރު އަންގާފައިވާއިރު، އިންޑިއަން އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މީޓިއޮރޮލޮޖީއިން އެއްކުރި ސެޓެލައިޓް ޑޭޓާއިން ދައްކާ ގޮތުގައި 1995 އިން 2014 އަށް އިންޑިއާ ސަރަހައްދުގައި ހޮނު އެޅުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ބިހާރްގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރް ވަނީ ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެންގުންތަކާ އެއް ގޮތަށް އެންމެން ވެސް އަމަލު ކުރުމަށް އެދިވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު