އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމުން އިސްރާއީލްގެ އަނިޔާވެރިކަމަށް އަބަދުވެސް ވާގިވެރިވަމުންދާ އެމެރިކާ އިން އިސްރާއީލަށް ތައުރީފް ކޮށްފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ގައުމީ ސަލާމަތާއި ބެހޭ ކައުންސިލުގެ ތަރުޖަމާން ވިދާޅުވީ ޣައްޒާގެ ހާލަތު އެމެރިކާ އިން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ. އެމެރިކާ އިން ގޮވާލަނީ ހުރިހާ ފަރާތްތަކަކުން ވެސް ހަމަޖެހުމަށް އިސްކަން ދޭން ކަމަށާއި ނަމަވެސް އިސްރާއީލަށް އަމިއްލަ ގައުމު ދިފާއު ކުރުމުގެ ހައްގު އެބައޮތްކަން އެމެރިކާ އިން ގަބޫލު ކުރާކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާ އާއި އަދި ފަލަސްތީންގެ އެހެން ސަރަހައްދުތަކަށް ދޭ ހަމަލާތަކަކީ އެމެރިކާ އިން އަބަދުވެސް ގަބޫލު ކުރާ ގޮތުގައި އިސްރާއީލުން އަމިއްލަ ދިފާއުގައިދޭ ހަމަލާތަކެކެވެ. އިސްރާއީލްގެ އަނިޔާވެރި އަމަލުތައް އެމެރިކާ އިން އަބަދުވެސް ދިފާއު ކުރަނީ އެއީ އިސްރާއީލުން އަމިއްލަ ދިފާއުގައި ކުރާ ކަމެއް ކަމަށް ބުނެއެވެ.

ފަލަސްތީންގެ ޣައްޒާއަށް އިސްރާއީލުން މިއަދު ހަމަލާތައް ދޭން ފެށީ ކުއްލިއަކަށެވެ. އިސްރާއީލުން ބުނާ ގޮތުގައި މިހަމަލާތަކަކީ ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީންގެ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނެކެވެ.

އިސްރާއީލުން ޣައްޒާގެ ވަރަށް ގިނަ ސަރަހައްދުތަކަށް ވަނީ ބޮން އަޅާފައެވެ. އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީންގެ ނުވަ މީހަކު މިހާތަނަށް ޝަހީދުވެފައިވާ ކަމަށް "އަލްޖަޒީރާ" އިން ބުނެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވި ފަލަސްތީން މީހުންގެ އަދަދު 55 އަށް އަރައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ. އިސްރާއީލުން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި ކަމަށްވާ އަލް-ގުދުސް ބްރިގޭޑްސްގެ ކޮމާންޑަރެއް ކަމަށްވާ ތައިސީރު އަލް-ޖަބާރީ ވެސް ވަނީ ޝަހީދުވެފައެވެ.

ޣައްޒާއަށް އިސްރާއީލުން ހަމަލާތައް ދޭން ފެށުމުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ ބިރުބޮޑުވެ، ފަޔާފައިޓަރުން ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތެހެރާން

    އެންމެބޮޑު ޝައިތޯންއަކީ އެމަރިކާ މިދާކަށްދުވަހު އީރާނުގެ އައިއާރުޖީސީ ގާޑުހިންގާ ޓެލެގްރާމް
    ނޫހަކުން ބުނީ އިންޓަކޮންޓިނަލް ބެލެސްޓިކް މިސައިލްތައް ފޮރުވާފައިއެބަހުރިކަމަށް އެއީ ވަރަށް ދުރުރާސްތާ މިސައިލުތަކެއްކަމަށް އީރާނަށް ހަމަލަދީފިއްޔާ ޑައިރެކްޓް ނިއުޔޯކް ސިޓީއަށް މިސައިލް ހަމާލާދީ އަލިފާނައްހަދާނެކަމަށް އެކަން ކުރަންވީ އެއްނޫން ޢައްޒާއަށް ޓަކައި..🇮🇷😭

    27
    1
  2. Anonymous

    ބޮޑު ޓެރަރިސްޓް

    35
  3. Anonymous

    އަދިވެސް އިންސާނީ ޙައްގޭ ކިޔާފަ ވަގު
    ޔަހޫދީންތަށް ގައުތަކަށްގޮސް ފެލޭތި