އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ގަތުލްއާންމެއް ހިންގައިފިއެވެ.

ޔަހޫދީ ސިފައިން ޣައްޒާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގައި މަރުވި އަދަދު ސާފެއް ނޫނެވެ. އެކަމަކު، ފަލަސްތީނުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި 10 ކުއްޖަކު ވަނީ ޝަހީދުކޮށްލައިފައެވެ. އެއީ އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލްގެ މީޑިއާ އިން ބުނީ އެ ގައުމުން ޣައްޒާ އަށް ދިން ހަމަލާގައި ހަތް މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތިން ކުޑަ ކުދިން ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި ގިނަ ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ބުނެފައިވެއެވެ.

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ އުތުރުން ޖަބައިލާއަށެވެ.

ބައެއް ރިޕޯޓުތަކުން މިސްކިތެއް ކައިރި އަށް ހަމަލާ ދިން ކަމަށް ރިޕޯޓު ކުރި ނަމަވެސް ބައެއް އެހެން ރިޕޯޓުތައް ބުނާ ގޮތުގައި ހަމަލާ ދިނީ ބޭންކެއް ކައިރިއަށެވެ.އިސްރާއީލްގެ މީޑިއާ އިން ބުނީ އެ ހަމަލާއާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ވަކި އެއްޗެއް ނުބުނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ

    ކޮބާ ތިބުނާ ޕޫޓިން؟ އަނގައިން އެކައްޗެއްވެސް ނުބުނޭ ދޯ؟؟ތިރަޝިއާ އާއި އިސްރާއީލް އަކީވެސް 2 ރައްޓެހިން

  2. އަބުދުﷲ

    ހަމްދަރުދީގެ ނަމުގަ ނޫސް ވިއްކާ މޫސުމްއައީ.!!!! ސުއްނީ މުސްލިމުން ފަލަސްތީނައްވުރެ ބޮޑައް ލޯބިވާނީ ވެސް ވަނީވެސް އިސްރާއީލުދެކެ.!!!!!!! ދަޅަދައްކަން ބާކީވެފަހުރި ފައިސާއިން އެތިކޮޅެއްދީފާނެ.