އަންނަ ހޯމަ ދުވަހު ބާއްވާ ރާނީގެ ރަސްމީ ޖަނާޒާއަށް ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕޫޓިންނަށް ދައުވަތުދީފައި ނުވާނެކަމަށް އިނގިރޭސި ޝާހީ އާއިލާގެ މަސްދަރުތަކުން ހާމަކޮށްފިއެވެ.

ރާނީގެ ޝާހީ ޖަނާޒާއަށް ދައުވަތު ނުލިބޭ ތިން ގައުމުގެ ތެރޭގައި ރަޝިއާ ހިމެނޭ ކަމަށް ވައިޓްހޯލް ގެ މަސްދަރުތަކުން ވަނީ ބުނެފައެވެ.

ރައީސް ވްލަޑިމިއަރ ޕޫޓިން ރާނީ އެލިޒަބަތު 2 ގެ ޖަނާޒާގައި ބައިވެރިވެވަޑައި ނުގަންނަވާނޭ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވެސް ވަނީ ހުކުރު ދުވަހު ވިދާޅުވެފައެވެ. ޕެސްކޯވް ވިދާޅުވީ، ރަޝިޔާއިން ރާނީއަށް "އިހްތިރާމް" ކުރައްވާ ނަމަވެސް، ޖަނާޒާގައި ޕޫޓިން ބައިވެރިވެވަޑައިގަތުން އެއީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ, މި ރަސްމިއްޔާތުގައި ރަޝިޔާ ތަމްސީލު ކުރައްވާނީ ކޮން ބޭފުޅެއްކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވި ދުނިޔޭގެ ލީޑަރުންގެ ތެރޭގައި ރައީސް ޕޫޓިން ވެސް ހިމެނިވަޑައިގެންނަވައެވެ.

ރަޝިޔާގެ ރައީސް ރާނީއަށް ތައުރީފް ކުރައްވައި ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، "އެތައް ޒަމާނެއް ވަންދެން އެލިޒަބަތު 2، އެކަމަނާގެ ތަހުތައް ނިސްބަތްވާރައްޔިތުންނަށް ލޯތްބާއި އިޙްތިރާމް ކުރުމުގެ އިތުރުން ދުނިޔޭގެ މައިދާނުގައި އެކަމަނާއަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރުގެ ބޭނުން ހެޔޮގޮތުގައި ލިބިވަޑައިގެންނެވި" ކަމަށެވެ.

ރާނީ ވަނީ 2003 ވަނަ އަހަރު ބަކިންހަމް ޕެލަސްގައި ޕޫޓިން އާއި އަނބިކަނބަލުންނަށް މެހެމާންދާރީ އަދާކުރައްވާފައެވެ.

ރާނީގެ ޖަނާޒާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ވެސްޓްމިންސްޓާ އެބީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރެފްރީ

    ތިޔައީވަރަށްދެރަކަމެއް. ސަބަބަކީ ޕޫޓިންއަށް ޖަނާޒާގަބައިވެރިނުވެވިއްޖެއްޔާ ޕޫޓިންގެ އަނބިދަރިންތިބޭނީ ނުކައި ނުބެއެ ..

    35
  2. ދަރަނި ދަންތުރަ

    ތިޔަވީގޮތުން ދެން ޕުޓިން އަވަހާރަވެސް ނުވާނެ ، މަރުވާނީ

  3. މަރީ

    ރަޝިޔާ އިނދަ ޖައްސާލީތާ

    8
    1
  4. މަސްދަރު

    ބޮލުގެ ރިހުމެއް ދުނިޔޭގެ އެބަތިއްބޭ މުސްލިމް ވަރުގަދަ ލީޑަރުންނާއި ޢިލްމުވެރިން އެމީހުންގެ ޖަނާޒާއެއް ތި ސޯލިހައް މުހިންމެއްނުވޭ؟

    • ޢަހުމަދުވަގާރު

      ތިޔަ މުސްލިމު ވެރިންނަކީ އިންސާނިޔަތަށް ކޮން ކަމެއް ކޮއްދިން ބައެއްބާ

  5. ކަޅޭ

    ތިޔަ ޖަނާޒައިގަ ބައިވެރި ނުކޮއްގެން ޕުޓިން ހޭވެސް ނެތޯ

  6. އަހަންމަދު

    އިޚްތިޔާރުގެ ބޭނުން ހެޔޮގޮތުގައި ލިބިވަޑައިގެންނެވި؟؟؟ ¿؟!!!