އިސްރާއީލުން ދިވެހިރާއްޖެ މިސާލެއްގެ ގޮތުގައި ބަލައިގެން ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް އިއުލާންކޮށްފިއެވެ.

އިސްރާއީލްގެ އިދާރާތަކުން އާއްމުކުރި ޕްލޭނެއްގައި ބުނެފައި ވަނީ ޑެޑް ސީ ނުވަތަ ބަޙްރުލް މައްޔިތު ގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށެވެ. އިސްރާއީލުން ފޭރިގެންފައިވާ ހުޅަނގު އައްސޭރި އާއި ގުދުސް އަކީ ޑެޑްސީގެ އައްސޭރިފަށުގައި އޮންނަ ރަށްތަކެވެ.

އިސްރާއީލުން ބުނާ ގޮތުގައި އިސްރާއީލަކީ އެންމެ ހޫނުގަދަ އެއްގައުމު ނަމަވެސް އިސްރާއީލަށް މިމަޝްރޫއު ކާމިޔާބު ކުރެވިދާނެކަމުގެ ޔަގީންކަން ލިބެނީ ދިވެހިރާއްޖެ އާއި ދުބާއީގައި ކާމިޔާބުކަމާއިއެކު ފަތުރުވެރިކަން ކުރިއަށް ގެންދާތީއެވެ.

އިސްރާއީލުން ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ރިސޯޓްތައް ހަދާފައި ހުންނަފަދަ ރަށްތަކެއް ހިއްކައިގެން ޑެޑް ސީގައި ވެސް ހަދާށެވެ. އަދި ދިވެހިރާއްޖޭގެ ރިސޯޓްތަކުގައި މޫދު ކޮޓަރިތައް ހުންނަ ގޮތައް މޫދު ކޮޓަރިތައް ހަދަން ވެސް ވަނީ ޕްލޭން ކޮށްފައެވެ. އެކަމުގެ ކުރެހުންތައް ވެސް މިހާރު ވަނީ ނިންމާފައެވެ.

އިސްރާއީލް ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި އިސްރާއީލް ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު އަހަރަކު އިސްރާއީލަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދިހަ މިލިއަނަށް އެރުވުމެވެ. މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 2026 ވަނަ އަހަރު އަންނައިރު 4000 އާއި 5000 އާއި ދެމެދުގެ ކޮޓަރި ޑެޑް ސީގައި ތަރައްގީކޮށް ނިންމަން ވަނީ އަމާޒު ހިފާފައެވެ.

ޓްއަރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި ފަތުރުވެރިކަމަށް އަލަށް ތަރައްގީ ކުރާ ސަރަހައްދުގައި ޖުމްލަ 17 ހޮޓަލެއް ހެދުމަށް ވަނީ ނިންމާފައެވެ. އޭގެތެރެއިން ހަތް ހޮޓަލެއް ތަރައްގީ ކުރުމަށް ޑެންޓާކޮށް މިހާރު ވަނީ އެވޯޑް ވެސް ކޮށްފައެވެ. މިހަތަރު ހޮޓަލުގެ އިންވެސްޓްމަންޓް އަގު 344 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ބުނެވޭ ގޮތުގައި ލޫތުގެ ފާނުގެ ގައުމުގެ މީހުން ދިރިއުޅުނީ ޑެޑްސީގެ ހުޅަނގު އައްސޭރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒަޔަނިސްޓު ނަސީމު

    ތީ އަޅުގަނޑު އިޒްރާއީލުގެ ރައީސަށް ދިން ޙިޔާލެއް،

    17
    2
  2. އަލީ

    ޔަހޫދީން އަރަބިންގެ ބިންތައް ފޭރި ގަނެ ނާޖާއިޒް ފައިދާނަގާއިރު އަރަބިން ހަނު.

    30
    2
  3. ޛުހގހޔ

    އިޒްރޭލާއި ރާއްޖެއާއި މާބޮޑު ތަފާތެއްނެތް.
    ރިސޯޓް ހުޅުވުމުން އެފަރަގު ބޮޑުތަނުން ކުޑަވާނެ.
    ޢަދި މމޕރސ އެއްވެސް އެމީހުން ހަދާނެ

    3
    1
  4. ބަތްސަމުސާ

    ޝައިތޯނުން ދިިވެހިން ކޮޕީ ކުރަން ޖެހުނީމަ، ދިވެހިންގެ ޝައިތޯނުކަން މާގަދަތާ.

  5. ލވ

    އިޒްރޭލުން ނިކަމެތި ފަލަސްތީން ރައްޔިތުން ލާއިންސާނީ ގޮތައް މަރަމުން ގެންދަންޒާ ތިތަނަށް ކޯފާއެއް އައިސް ޤާރޫން ގެންބުނުގޮތައް ގަންބަވާންދޭ

    22
    1
    • ޖުހާ.

      ހަމަ ކަމެެއްވާއިރަށް ކޯފާލެއްވުމަށް ގަންބަވައިގަތުމަށް ތިއަ ދުޢާކުރަނީ އެމީހުންގެވެސް ވެރި އިލާހަށް. އަހަރުމެންގެ އުރެދުމާ ފާފަތައް ހުރިމިންވަރު އަހަރުމެނަށްވެސް ނޭނގޭ. އެކަލާންގެއީ ހުރިހާ އަޅުންގެމައްޗަށް އޯގާވަންތަ އިލާހު. ތިއަކަހަލަ ބަދު ދުޢާ ނުކުރޭ.

    • ގައިދުރު

      މުސްލިމުން މާ ގިނަ މުސްލިމުން މަރާ

  6. ގަޓު ގަޓު

    މިރާއްޖޭގައި ހުރި ރިސޯޓު ރައްތަކާ އެއްފަދައެންމެ ތަނެއްވެސް ތިމީހުން ނަށް ނެހެދޭނޭ

  7. ރަން ރީނދޫ

    އަނިޔާވެރި ގޮތްގޮތަށް ހަތިޔާރެއް ނެތް ބަޔަކު މެރީ ދާނެ ޔަހޫދީންނަށް. އެކަމަކު ރާއްޖެ ކޮޕީއެއް ނުކުރެވޭނެ. އަހަރުމެންނަކީ މީހުންނަށް އަނިޔާވެރިވާ، ރޭސިސްޓް އަމަލު ހިންގާ ބައެއް ނޫން. އެހެންވީމާ އަހަރުމެން ގެ އިންޑަސްޓްރީ ކާމިޔާބީ. އެންމެ މޫދު ވިލާއެއް ނެތްއިރު ވެސް ހަބޭހަށް ރާއްޖެ އަށް ގެސްޓުން އާދޭ. އޭރު އަންން ޓުއަރިސްޓުން ތިބެނީ މާހިތްހަމަވެސް ޖެހިގެން.

    2
    1
  8. ބީތާ

    މި ދިވެހިރާއްޖެ އުޅޭނީ ހުރިހާ ކަމެއްގަ ވެސް އިޒްރޭލު ނަމޫނާ އަކަށް ބަލައިގެން

  9. Anonymous

    ކަލޭމެން ޔަހޫދީން ތިޔަ ހަދާ ރިސޯޓެއް ބަޙްރުލް މައްޔިތަށް ޣަރަޤު ވިއްޔާ ރަނގަޅީ!!!