ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިންގެ ސިއްހަތާމެދު އަނެއްކާވެސް ސުވާލު އުފައްދައިފި އެވެ.

ޕުޓިންގެ ސިއްހަތާމެދު މި ފަހަރު ސުވާލު އުފެއްދީ ޕުޓިންގެ އަތް ތިލައިން ކަޅުތަންގަނޑެއް ހުރެގެން ނެވެ.

ކުރިން އިނގިރޭސިވިލާތުގެ ސިފައިނެއްގެ ގޮތުގައި މަސައްކަތް ކުރި އަދި މިހާރު ހައުސް އޮފް ލޯޑްސްގެ މެމްބަރެއް ކަމަށްވާ ރިޗާޑް ޑަނެޓް ސްކައި ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕުޓިންގެ އަތްތިލައިން ފެނުނު ކަޅުތަންގަނޑާއެކު އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތާއިމެދު ބަހުސް ކުރެވިދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕުޓިންގެ އަތް ތިލަ ކަޅުވެފައި ހުރުމުން އެއީ އެ ތަނަށް އިންޖަކްޝަން ޖަހަނީ ކަމަށް ބެލެވޭ ކަމަށާއި އަދި އެއާއެކު ޕުޓިންގެ ހަށިކޮޅުގެ އެހެން ބައިތަކަށް އިންޖެކްޝަން ނުޖެހެނީ ކަމަށް ބެލެވޭ ކަމަށެެވެ.

ޕުޓިންގެ ހާލުކޮޅު ރަނގަޅުކަމަށް ބުނާ ބުނުންތަކާއި ފެންނަ ނިޝާންތަކާއި ގުޅިގެން ޕުޓިންގެ ކަންކަން ގާތުން މީޑިއާއިން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ މަސްތަކެއް ކުރިން އެމެރިކާގެ އިނެްޓެލިޖެންސް ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޕުޓިން އަށް ވަނީ ވަރަށް ނުރައްކާތެރި ވައްތަރެއްގެ ކެންސަރެއް ޖެހިފަ އެވެ. ޕުޓިން އަވަހާރަކޮށްލަން މިދިޔަ މާޗު ހަަމަލާއެއް ދިން ކަަމަށާއި އެެހެން ނަމަވެސް ސަލާމަތްވެވަޑައިގެންނެވި ކަމަށް ވެސް ބުނެފައި ވެއެވެ.

މި މަހު ޕުޓިންއަށް ވަނީ 70 އަހަރު ފުރިފައެވެ. އެހެން ނަމަވެސް ޕުޓިން ފެންނަނީ އަދިވެސް ވަރަށް ރަނގަޅު ސިއްހަތެއްގައި ހުންނަވަނިކޮށެެވެ.

ޕުޓިންއަށް މިހާރު ދިމާވެފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކުރިމަތިލާން ޖެހޭ އެންމެ ވަރުގަދަ ގޮންޖެހުންތަކާ އެވެ. ޔުކްރޭންގެ ފަރާތުން ރަޝިއާއަށް ނުރައްވާކަމަށް ވިދާޅުވެ އެމަނިކުފާނުގެ އަމުރަށް ރަޝިއާއިން ސިފައިން މިދިޔަ ފެބްރުއަރީ މަހު ވަނީ ޔުކްރޭންއަށް އަރައިގެންފަ އެވެ. އެ ހަނގުރާމަ ވަރަށް ބޮޑަށް ފުޅާވެ ނޭޓޯއިން ނުސީދާ ގޮތުން ދަނީ ބައިވެރިވެ ޔުކްރޭންއަށް ހަތިޔާރު ފޯރުކޮށްދެމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުހާ.

    ޔަހޫދީ ޕުރޮޕެގެންޑާ. ސޫރިއާ ހަނގުރާމައިގަވެސް ބައްޝާރު އަބަދު އުޅުނީ ކެންސަރު ބަލީގަ. މިހާރު އެވާހަކަވެސް އޮބުނީ.

  2. ރެފްރީ

    ޔަހޫދީންގެ އާވައްތަރެއްގެ ހަނގުރާމައެއް..