އޮމާންގައި ނުރައްކާތެރި މިންވަރަކަށް އެޗްއައިވީ ޖެހޭ މީހުން އިތުރު ވަނީ

އޮމާންގައި އެއިޑްސް ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައު، ކޮންމެ ހަފުތާއަކު އެ ބަލީގެ އަށް ވޭދަނަ (ކޭސް) ރިޕޯޓް ކުރާ ކަމަށް ދައްކައެވެ.

އޮމާން ނިއުސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އޮމާންގައި 3،580 އަށް ވުރެ ގިނަ އެޗްއައިވީ ވޭދަނަ ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރެއިން 1،960 މީހުން ވަނީ މަރުވެފައެވެ.

ރޯޔަލް ހޮސްޕިޓަލްގެ ސީނިއާ އިންފެކްޝަސް ޑިޒީޒް ނަރުސް ޖަލީލާ އަލް ނޯމަނިއްޔާ ވިދާޅުވީ އޮމާންގައި އެއިޑްސް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި 2010 ވަނަ އަހަރުން ފެށިގެން، އެ ބަލޯގެ ވޭދަނަތައް 41 ޕަސެންޓަށް ވުރެ އިތުރުވެފައި ވަނީ ހޭލުންތެރިކަން ނެތުމުން ކަމަށެވެ.

އޭނާ ފަހަގަކުރެއްވިގޮތުގައި، މި ބަލި ޖެހިފައިވާ މީހުުންގެ ތެރޭގައި ރޭޕްގެ ޝިކާރައަކަށްވި 18 އަހަރުން ދަށުގެ ސްކޫލް ދަރިވަރުން ވެސް ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ބުނާ ގޮތުގައި އެޗްއައިވީ އަކީ ދުނިޔޭގެ އާންމު ސިއްހަތުގެ ބޮޑު މައްސަލައަކަށް ވާއިރު، މިހާތަނަށް 36.3 މިލިއަން މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

"2020 ވަނަ އަހަރު ނިމުނުއިރު އެޗްއައިވީ ޖެހިފައިވާ ކަމަށް ލަފާކުރެވޭ 37.7 މިލިއަން [30.2-45.1 މިލިއަން] މީހުން ތިބި އިރު އޭގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން (25.4 މިލިއަން) ތިބީ ޑަބްލިއުއެޗްއޯ އެފްރިކަން ރީޖަންގައި".