ޗައިނާއިން ކޮވިޑް-19 ޖެހިގެން އެނދުމަތިވެފައިވާ އަދި މަރުވެފައިވާ މީހުންގެ ސައްހަ މައުލޫމާތު ނުދޭ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ސީނިއާ އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯ އިން އަންނަނީ މިއަދު ވެސް ޗައިނާގެ ސައިންސްޓްވެރިންނާ ބައްދަލުކުރުމަށް ތައްޔާރުވަމުންނެވެ. މި ބައްދަލުވުމުގައި ކޮވިޑް އެގައުމުގައި ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ގޮތާއި ބެހޭގޮތުން އިތުރަށް މަޝްވަރާކުރަން ނިންމާފައިވެއެވެ. އަންގާރަ ދުވަހު ޗައިނާގެ ސައިންޓިސްޓްވެރިން ޑަބްލިއުއެޗްއޯއަށް ފޮނުވި ޑޭޓާގައި ބުނެފައިވަނީ އެ ގައުމުގެ 1.4 ބިލިއަން މީހުންގެ ތެރޭގައި އާ ވޭރިއެންޓްއެއް ނެތް ކަމަށް ބުނެފައެވެ.

ނަމަވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ބުދަ ދުވަހު ވަނީ ޗައިނާއިން މިހާރު ކޮވިޑްގެ ހާލަތާ ބެހޭގޮތުން އަމަލުކޮށްފައިވާ ގޮތަށް ފާޑު ކިޔައިފައެވެ. އެ އޯގަނައިޒޭޝަން އިން ބުނެފައިވަނީ ބެއިޖިންގްއިން ފޮނުވާފައިވާ ޑޭޓާގެ ފުރިހަމަކަމާއިމެދު ޝައްކު ކުރެވުމަކީ ދުނިޔޭގެ އެތި ތަންކޮޅުތަކުން މުޅި ޖުމްލަ 6.7 މިލިއަން މީހުން މަރުވާން ދިމާވި ބައްޔަކަށް އެހާ ފަރުވާ ނުބަހައްޓާ ކަން ހާމަވާ ކަމެއް ކަމަށެވެ.

"އަހަރުމެން މި އަދަދުތައް ގަބޫލު ކުރި ކަމުގައި ވިޔަސް ހޮސްޕިޓަލްތަކުގައި އެޑްމިޓްވި މީހުންނާއި، އައިސީއޫގައި އެޑްމިޓްވި މީހުންނާއި އަދި މަރުވި މީހުންނަށް ބަލާއިރު ޑޭޓާ ފުރިހަމަ އެއްގޮތަކަށްވެސް ފުރިހަމަ ނޫން" ޑަބްލިއުއެޗްއޯގެ އެމަޖެންސީ ޑިރެކްޓަރު ބުނެފައިވެއެވެ.

ޗައިނާއިން ވަނީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑްގައި މަރުވާ މީހުންގެ ތެރެއިން ހަމައެކަނި ކޮވިޑްގެ ސަބަބުން ނިއުމޯނިއާ ޖެހިފައިވާ ނުވަތަ ފުއްޕާމޭ ފެއިލްވެފައިވާ މީހުންގެ އަދަދު އެކަނި ގުނަން ފަށައިފައެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މީހުން ގުނާއިރު ބަލަންޖެހޭނީ އެ ބަލި ޖެހިފައިވާ ކޮންމެ މީހެއް ކަމަށް ބުނެފައެވެ.