ފްލައިޓްގައި އިން އަންހެނެއްގެ ގަޔަށް މީހަކު ކުޑަކަމު ދިޔަ މައްސަލައިގައި އެއާ އިންޑިއާއިން އަޅާފައިވާ ހަރުކަށި ނޫން ފިޔަވަޅާއި ދޭތެރޭ ހިތްހަމަނުޖެހުމުގެ ސަބަބުން އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)އިން އެ މައްސަލަ ބެލުމަށްފަހު އެ އެއަރލައިން 49،000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

މިހާދިސާ ހިނގާފައިވަނީ ނިއުޔޯކުން ދިއްލީއަށް ދަތުރު ކުރަމުން ދިޔަ މަތިންދާ ބޯޓެއްގެ ތެރޭގައެވެ.

މީޑިއާ ރިޕޯޓްތަކުން ބުނި ގޮތުގައި މިމައްސަލަ ފެންމަތިވެފައިވަނީ އެއާއިންޑިއާގެ ފްލައިޓުގެ ބިޒްނަސް ކްލާހުގައި ހުރި އަންހެނެއްގެ ގަޔަށް އެމީހާ ކުޑަކަމު ދިޔުމުން އެ އަންހެން މީހާ މައްސަލަ ޖެއްސުމުންނެވެ. އަންހެން މީހާ އާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ އެ ފިރިހެން މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

މިދިޔަ ނޮވެމްބަރ 26 ވަނަ ދުވަހުގައި މި ހާދިސާ ހިނގި ފްލައިޓް ދުއްވަން އިން ޕައިލެޓްގެ ކޮމާންޑްގެ ލައިސަންސް ވެސް ތިން މަސް ދުވަހަށް މެދުކަނޑާލާފައިވާއިރު އެއާ އިންޑިއާގެ ޑިރެކްޓަރ އިން ފްލައިޓް ސާވިސަސް ވަނީ 300،000 ރުޕީސްއިން ޖޫރިމަނާކޮށްފައެވެ.

"ގަވާއިދާ ހިލާފު ފަސިންޖަރުންނާ ގުޅޭ ހާދިސާތައް ބެލެހެއްޓުމާ ބެހޭ ސިޔާސަތުތަކަށް އަޅުގަނޑުމެންގެ ކްރޫންގެ ހޭލުންތެރިކަމާއި އެއަށް އަމަލުކުރުން ހަރުދަނާ ކުރަމުން މި ދަނީ", އެއަރ އިންޑިޔާގެ ތަރުޖަމާނު ބުނެފައިވެއެވެ.

މިދިޔަ ނޮވެމްބަރ 26 ވަނަ ދުވަހުގައި މި ހާދިސާ ހިނގިއިރު، އެ ފްލައިޓް ދުއްވަން އިން ޕައިލެޓްގެ ކޮމާންޑްގެ ލައިސަންސް ވެސް ތިން މަސް ދުވަހަށް ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެއާ އިންޑިއާގެ ޑިރެކްޓަރ އިން ފްލައިޓް ސާވިސަސް ވަނީ 300،000 ރުޕީސްއިން ޖޫރިމަނާކޮށްފައެވެ.

"ގަވާއިދާ ހިލާފު ފަސިންޖަރުންނާ ގުޅޭ ހާދިސާތައް ބެލެހެއްޓުމާ ބެހޭ ސިޔާސަތުތަކަށް އަޅުގަނޑުމެންގެ ކްރޫންގެ ހޭލުންތެރިކަމާއި އެއަށް އަމަލުކުރުން ހަރުދަނާ ކުރަމުން މިގެންދަނީ", އެއަރ އިންޑިޔާގެ ތަރުޖަމާނު ބުނެފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހިނގާދިޔަ ހާދިސާއެއް ނަމަވެސް އަންހެން މީހާ އެމައްސަލަ ރިޕޯޓްކުރި ތާރީހެއް ރިޕޯޓްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތަކުން ބުނީ އެމައްސަލަ ހުށަހަޅާފައިވަނީ އެއާއިންޑިއާގެ ޗެއާމަނަށް ކަމަށެވެ. މިއާއެކު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެފައި ވެއެވެ.