އުތުރު ކޮރެއާގައި ބަރަހަނާ ވީޑީއޯ ބަލާ ކޮންމެ މީހަކަށް ވެސް މަރުގެ އަދަބު ދޭން ނިންމައިފިއެވެ. މިކަން ކުރާނީ އެ ގައުމުގެ ލީޑަރު ކިމް ޖޮން އުންގެ އާ ސިއްރު ސްކޮޑްތަކުންނެވެ.

މިއީ އެ ގައުމުން "ބޭރުގެ ނުފޫޒުތައް" ހުއްޓުވަން ކުރާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަަމަށް ވެއެވެ.

މީގެ އިތުރުން އެ ގައުމުގައި ބޭރުގެ ޓީވީ ޗެނަލްތައް ބެލުމާއި، އިސްތަށިގަނޑަށް ގޮތްގޮތް ހެދުމާއި، އުފަންދުވަހުގެ ޕާޓީތައް ބާއްވާ ފަރާތްތަކަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ރިޕޯޓެއްގައި ބުނެފައި ވެއެވެ.

"ނޮން-ސޯޝަލިސްޓް ގްރޫޕްސް" ގެ ނަމުން ނަން ދީފައިވާ މި ސްކޮޑްތަކަކީ ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ވިސްނުމާ ހިލާފަށް ކުރިއަށް ދިއުމަށް ޕިޔޮންގްޔަންގް އިން ހަވާލުކުރާ ސްކޮޑެކެވެ.

ސޯލްގައި ހުންނަ ޑޭޓާބޭސް ސެންޓަރ ފޯ ނޯތު ކޮރެއާ ހިއުމަން ރައިޓްސް (އެންކޭޑީބީ)ގެ ރިޕޯޓުގައިވާ ގޮތުން ކިމް ގެންދަވަނީ އެ ސްކޮޑާއެކު އޭނާގެ ބާރު އިތުރަށް ހަރުކަށި ކުރައްވަމުންނެވެ.

އެގޮތުން، މަސްތުވާތަކެތީގެ މުއާމަލާތްކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، މަކަރާއި ހީލަތް ހެދުމާއި، މަސައްކަތަށް ހާޒިރުނުވުމާއި، ޓްރެފިކް ކުށްތަކާއި، ޒިނޭކުރުމާއި، އިސްތަށިގަނޑު ކޮށުމާއި، ދީނީ އާދަކާދަތައް ފަދަ ކަންކަމާއި ގުޅިގެން އާއްމު މީހާގެ މައްޗަށް ދައުވާ ކުރެއެވެ.

"މިއީ ކިމް ޖޮން 2ގެ ޒަމާނަށް ވުރެ ވެސް ގޯސް ކަމެއް". ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

އޭގެ އިތުރުން އެ ރިޕޯޓްގައިވާގޮތުން، ބޯޑަރު އިތުރަށް ވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން ބޯޑަރު ހުރަސްކުރާ ކޮންމެ މީހެއްގެ ގަޔަށް ބަޑި ޖެހުމަށް ވެސް ވަނީ އިރުޝާދާފައެވެ.

"ނުބައި ސަގާފީ އެއްޗެހި ބަލައިފިނަމަވެސް މީހުންގެ ގަޔަށް ބަޑިޖަހާ ވާހަކަ އަޑު އިވިއްޖެ. ކިމް ޖޮން އުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އޭނާ ދިރިއުޅުއްވާ ތަނެއްގައި ޕޯނޯގްރަފީ ބެލުމާއި ވައްކަން ކުރުމުގެ ކުށުގައި އެކަކަށް މަރުގެ އަދަބު ދިން".

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަނެ

    ކިމް ޖުން އޮން ގެންނަންވީ ރާއްޖޭގެ ވެރިކަމަށް. ބުއްލަބޭ އާއި ވަގު ޔާންޓޭގެ ބޮލެއް ނީންނާމެ

    12
    4
    • ހުސޭނު

      ސޯލިހުގެ ހަތަރެސްފައިވެސް ނީންނާނެ

  2. އައްޔަ

    އުތުރު ކޮރެޔާގައި ބަރަހަނާ ފިލްމު ބަލާ ހަމަ އެކަނި މީހަކީ އެ ޤައުމުގެ ރައީސް

    16
    10
  3. ނަނަނަ

    ދުނިޔޭގައި ބަރަހަނާ ވިޑިއޯ ހުއްދަ އެއް ގައުމަކީ ޖަޕާން.. ނިސްބަތުން ރޭޕް އެންމެ މަދީވެސް ޖަޕާނުގަ..

    5
    13
    • ޢަހުމަދުވަގާރު

      މުސްލިމު ގައުމުތަކުގަ އެންމެ ގިނަ ބަރަހަނާ ފިލްމްބަލަނީ. އެންމެ ރޭޕް ކޭސް ވެސް ގިނަޔީ

      1
      1
  4. ތިހެން

    އުތުރު ކޮރެއާއޭ ކިޔައިގެން ކިތަންމެ ވާހަކައެއްވެސް ހަދާނެ. ފަހަތުގައި އަބަދުވެސް އޮންނާނީ އެމެރިކާ.

  5. ހުސެން

    ކެނެރީގޭ ނަޟީދު ނޫރާނީގެ އިބްރާހީމް ކާމިނީގެ ޔާމީނަށް މިވަރު ވެސް ނުކުރެވޭނެ.100 ޕަސެންޓް އެކަމަކު މި ނޯތިކޮރެއާ އިން އެ ދެނީ ކަމަށް އެކަށޭނެ އަދަބު ،ކޮންމެ ނިޔަތެއް ގައިވިޔަސް މިއީ މިފަދަ ކުއްތަށް މަދުކުރެވޭނެ ގޮތް

    5
    1
    • ޢަހުމަދުހުސޭނު

      100 ޕަސެންޓްގަ ކިހިނެއް ބަރަހަނާ ބަލައިގެން މަރަނީ. ކަލޭ އޯލެވެލް އާ ހަމަޔަށް ވެސް އިސްލީމް ނުކިޔަވާ ހުރެ ދޯ ކޮމެންޓް ތި ކުރަނީ