ޖާސޫސީ ސެޓްލައިޓެއް ޖައްވަށް ފޮނުވަން އުތުރު ކޮރެއާ އިން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. މިއީ އުތުރު ކޮރެއާ އިން ޖައްވަށް ސެޓްލައިޓެއް ފޮނުވަން ކުރި މަސައްކަތް ފެއިލްވި ދެވަނަ ފަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުތުރު ކޮރެއާ އިން ޖައްވަށް ފޮނުވަން މަސައްކަތް ކުރި ޖާސޫސީ ސެޓްލައިޓަށް އޯބިޓަށް ނުވަދެވި ބުރާސްފަތި ދުވަހު ވެއްޓިފައިވާ ކަމަށެވެ. ސެޓްލައިޓް ޖައްވަށް ފޮނުވަން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެކަން އުތުރު ކޮރެއާ އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އުތުރު ކޮރެއާގެ ހުރިހާ ކަމަކަށް ވެސް ފާރަވެރިވެ އޮންނަ ދެކުނު ކޮރެއާ އިން ބުނީ އުތުރު ކޮރެއާ އިން ސެޓްލައިޓް ޖައްވަށް އުދުއްސާލީ އެގައުމުގެ ގަޑިން މެންދަމު 03:50 ކަންހާއިރު ކަމަށެވެ. ސެޓްލައިޓް ޖައްވަށް ގެންދަން ރޮކެޓް އުދުއްސާލީ އުތުރު ކޮރެއާގެ އުތުރުގެ އައްސޭރި ފަށުގައި އޮންނަ ރަށަކުންނެވެ.

ޖައްވަށް ސެޓްލައިޓެއް ފޮނުވުމުގައި އުތުރު ކޮރެއާއަށް އަދި ކާމިޔާބެއް ނުލިބުނު ނަމަވެސް އުތުރު ކޮރެއާއަކީ ނިއުކްލިއާ ބާރެކެވެ. އެގައުމުން ވަރަށް ގިނައިން ބެލިސްޓިކް މިސައިލްތަކާއި ކްރޫޒް މިސައިލްތައް ވެސް ޓެސްޓް ކުރެއެވެ.

އުތުރު ކޮރެއާ އިން ޖައްވަށް ސެޓްލައިޓެއް ފޮނުވަން ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވީ މިދިޔަ މެއި މަހުއެވެ. އެގައުމުން ބުނެފައިވާ ގޮތުގައި އަންނަ އޮކްޓޯބަރ މަހު ވެސް ސެޓްލައިޓެއް ޖައްވަށް ފޮނުވަން މަސައްކަތް ކުރާނެއެވެ.

ނިއުކްލިއާ ހަތިޔާރު އުފައްދާ އަދި މިސައިލްތައް ޓެސްޓް ކުރަމުން ގެންދާތީ އުތުރު ކޮރެއާ އާއި ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް އިސްވެ ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އެފިޔަވަޅުތަކުގެ ސަބަބުން ވެސް އުތުރު ކޮރެއާ އަކީ