މި ދުނިޔެ މަތީގައި މިހާރު ހުރި ކަމަށް ބެލެވޭ އެންމެ ވަރުގަދަ ޑިކްޓޭޓާރ، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އޭނާގެ ބައްޕަ ބްރެޒިލްގެ ފޭކް ޕާސްޕޯޓެއް ގެންގުޅުނުކަން ފަޅާ އަރައިފިއެވެ.

ކިމްގެ ބައްޕަ މިހާރު މަރުވެފައި ވީ ނަމަވެސް، އޭނާ މަރުވުމުގެ ކުރިން އެ އާއިލާގެ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޭކް ޕާސްޕޯޓް ބޭނުން ކޮށްގެން ދަތުރު ކުރާ ކަމުގެ އަޑުތައް ވަނީ އިވިފައެވެ. ނަމަވެސް، އެކަން ކަށަވަރުވެފަ އެއް ނުވެއެވެ.

އެހެންނަމަވެސް ޔޫރަޕްގެ ސަލާމަތީ ކަންކަމުގައި އިސްކޮށް ހަރާކާތް ތެރިވާ މީހަކު ރިއުޓާސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި ކިމް އާއި އޭނާގެ އާއިލާ މީހުން އެހެން ގައުމު ތަކުގެ ވިސާ ހޯދަމުން އައީ ބްރެޒިލްގެ ފޭކް ޕާސްޕޯޓްތައް ބޭނުން ކޮށްގެންނެވެ.

ކިމް ގެންގުޅުނު ކަމަށް ބުނާ ބްރެޒިލްގެ ޕާސްޕޯޓް

ސްވިޒަލޭންޑުން ތައުލީމް ހާސިލް ކޮށްފައިވާ ކިމް އަކީ ޗީސް އަށް ލޯބި ކުރާ މީހެއް ކަން އެންމެނަށްވެސް އެނގޭ އިރުގައި، ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ކިމްގެ ބަލި ހާލަތު މިހާރު ވަނީ ވަރަށް ސީރިއަސްވެފައެވެ. މިއީ މާ ގިނައިން ޗީސް ކެއުމުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ އިރުގައި އަނެއް ބަޔަކު ބުނަމުން އަންނަނީ އެއީ އޭނާގެ ކިޑްނީގެ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

ސްވިޒަލޭންޑުން ގިނަ އަދަދަކަށް ޗީސް އެތެރެ ކުރާ ކިމް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާ ދިރާސާ ކޮށް ހަދާ މީހެކެވެ. ނިއުކްލިއާ ހަތިޔާރު އުފައްދައު ދުނިޔޭގެ އެހެން ޤައުމުތަކަށް ބިރު ދައްކަމުން އަންނަ ކިމް ފޭކް ޕާސްޕޯޓްތައް ބޭނުންކޮށްގެން ދުނިޔޭގައި ދަތުރު ކުރާ ކަމަށް ބެލެވޭ އިރުގައި، ޔޫރަޕްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް ގޮވައިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު